02 ޖޫން 2024
ލަންޑަން (ޖޫން 2) - ފައިނަލްގައި ހިތްވަރުގަދަ ބޮރޫޝިއާ ޑޯޓްމެންޓްގެ މައްޗަށް ކާމިޔާބު ހޯދައި، ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފި އެވެ.
ލަންޑަން (ޖޫން 2) - ފައިނަލްގައި ހިތްވަރުގަދަ ބޮރޫޝިއާ ޑޯޓްމެންޓްގެ މައްޗަށް ކާމިޔާބު ހޯދައި، ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފި އެވެ.
އަބަދު ވެސް ޗެމްޕިއަންސް ލީގާ ރައްޓެހި ރެއާލުން ދެވަނަ ހާފުގައި ޖެހި ލަނޑުތަކުން އެ ޓީމުން ވަނީ ޔޫރަޕްގެ ފުޓްބޯޅައިގެ ރަސްގެފާނަކީ އެ ޓީމުކަން ސާބިތުކޮށްދީފަ އެވެ.
ފުރަތަމަ ހާފުގައި ޑޯޓްމެންޑުން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ދެންމެ ދެންމެ ލަނޑެއް ޖަހާފާނެ ހެން ހީވާ ފަހަރު ވެސް ފުރަތަމަ ހާފުގައި އެ ޓީމުގެ ފަރާތުން ފެނުނެވެ.
ދެވަނަ ހާފުގައި ރެއާލުން ތަފާތު ދެއްކީ ޖެހި ދެ ލަނޑާ އެކު އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 74 ވަނަ މިނެޓްގައި ޑެނީ ކާވަހާލް ޖެހީ ޓޯނީ ކްރޫޒް ނަގައި ދިން ބޯޅައިންނެވެ. އޭގެ ނުވަ މިނެޓް ފަހުން ޖޫޑެ ބެލިންހަމް ތަނަވަސްކޮށް ދިން ފުރުސަތަކުން ވިނީޝިއުސް ޖޫނިއާ އެ ޓީމު ދެވަނަ ލަނޑު ޖަހައި އެ ޓީމަށް ތަށި ޔަގީންކޮށް ދިނެވެ.
މި މެޗު އެންމެ ހާއްސަ ކުޅުންތެރިޔަކީ މިރޭގެ މެޗަށް ފަހު ކްލަބް ފުޓްބޯޅައިން ރިޓަޔާ ކުރި ޓޯނީ ކްރޫޒެވެ. މިއީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި އޭނާ ކާމިޔާބުކުރާ ހަ ވަނަ ފަހަރެވެ. ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރަތަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން އޭނާ ވަނީ ނިންމައިފަ އެވެ.
ޑޯޓްމެންޑުން ފުރަތަމަ ހާފުގައި ކުޅުނު ގޭމާ އެކު ރެއާލް އަށް ޕްރެޝަރު ކުރިމަތިވި އެވެ. ނަމަވެސް މިދިޔަ 43 އަހަރުތެރޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަލިވެފައި ނެތް ރެއާލުގެ ތަޖުރިބާ ދެވަނަ ހާފުގައި ފެނުނެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ރެއާލް އެންމެ ފަހުން ބަލިވީ 1981 ގެ މުބާރާތުގެ ފައިނަލްގައި ލިވަޕޫލް އަތުންނެވެ.
ރެއާލްގެ މި ކާމިޔާބާ އެކު އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ޗެމްޕިއަންސް ލީގު ފަސް ފަހަރު ހޯދައި އެ މުބާރާތް އެންމެ ގިނައިން ކާމިޔާބު ކުރި ކޯޗުގެ އެވޯޑް ހޯދައިފަ އެވެ. ރެއާލާ އެކު އޭނާ ވަނީ ތިން ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭސީ މިލާނާ އެކު ދެ ފަހަރު ހޯދި އެވެ.
ޑޯޓްމަންޑްގެ ސްޓައިލް ކޮޕީކުރަން އުނދަގޫވާނެ: ކޯޗު
ވިނީގެ ހެޓްރިކުން ރެއާލް ފަހަތުން އަރައި މޮޅުވެއްޖެ
"ފައިނަލްގެ ކުރިން ކުޅުންތެރިންނަށް ބިރު އިހްސާސްވޭ"
ޑޯޓްމެންޑުންތިބީ ރެއާލް ބަލިކުރެވޭނެކަމަށް ގަބޫލުކޮށްގެން
ގޯލްކީޕަރުގެ މަގާމު، އަންޗެލޮޓީއަށް ބޮލުގެ ރިހުމަކަށް
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރޮއިސްއާ އެކު 11 އަހަރުފަހުން ޑޯޓްމެންޑް ފައިނަލަށް
ސްޓާރެއް ބޭނުމެއް ނުވޭ ޑޯޓްމެންޑުން އެކަން ދައްކައިފި
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް