Roadha Mihaaru
"ފައިނަލްގެ ކުރިން ކުޅުންތެރިންނަށް ބިރު އިހްސާސްވޭ"

ފައިނަލުގެ ކުރިން ރެއާލްގެ ކުޅުންތެރިންނަށް ބިރުވެރިކަން އިހުސާސް ކުރެވޭނެ: އަންޗެލޮޓީ

01 ޖޫން 2024

ލަންޑަން (ޖޫން 1) - ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލަށް ނުކުންނައިރު ރެއާލް މެޑްރިޑްގެ ކުޅުންތެރިން ޖެހިލުން ވާނެ ކަމަށް އެޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ލަންޑަން (ޖޫން 1) - ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލަށް ނުކުންނައިރު ރެއާލް މެޑްރިޑްގެ ކުޅުންތެރިން ޖެހިލުން ވާނެ ކަމަށް އެޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެކޯޑް 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރެއާލް، ފައިނަލަށް ނުކުންނާނީ ސްޕެނިޝް ލީގު ޗެމްޕިއަނުންގެ ގޮތުގަ އެވެ. މީގެ 27 އަހަރު ކުރިން ޗެމްޕިއަންސް ލީގު ނެގި ޑޯޓްމަންޑް މި ސީޒަންގެ ޖަރުމަން ލީގު ނިންމާލީ ފަސްވަނައިގަ އެވެ.

"ޗެމްޕިއަންސް ލީގު ފައިނަލަކީ އެންމެ މުހިއްމު މެޗު، އަދި އެންމެ ނުރައްކާ ވެސް މެޗު،" ފައިނަލެއްގައި އެއްގޮތަކަށް ވެސް ފަސޭހަ ނުވާނެކަން ހާމަ ކުރަމުން ކޯޗެއްގެ ގޮތުގައި ރެކޯޑް ހަތަރު ފަހަރު ލީގުގެ ތަށި އުފުލާލައިފައިވާ އަންޗެލޮޓީ ބުންޏެވެ.

"ނަސީބު ވެސް އެހީ ވާނެ، ރަނގަޅަށް ކުޅެން ވާނެ އެއްގޮތަކަށް ވެސް ދޫދީގެން ނުވާނެ، އެކަމަކު ފައިނަލަކާ ހަމައަށް އާދެވުމުން އެއީ ކާމިޔާބަކާ ވަރަށް ގާތްވީ. އެހެންވެ ހާސްކަން ވެސް ބޮޑުވާނެ."

ޖަރުމަން ލީގުގައި މި ސީޒަންގައި އުނދަގޫތަކާ ކުރިމަތިލީ ޑޯޓްމަންޑް ޗެމްޕިއަންސް ލީގު ފައިނަލާ ހަމައަށް ދަތުރު ކުރީ ވަރުގަދަ އެތުލެޓިކޯ މެޑްރިޑާއި ޕީއެސްޖީ ކަޓުވާލައިފަ އެވެ.

އެހެން ނަމަވެސް ރެއާލުން ފައިނަލަށް ދަތުރު ކުރީ އެންމެން ހައިރާން ކޮށްލާވަރުގެ ނަތީޖާތަކަކާ އެކު އެވެ. ކުއާޓާގައި މިދިޔަ އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކުރަން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި ސެމީގައި ބެޔާން މިއުނިކްގެ މައްޗަށް ކުރި ހޯދުނީ ދެވަނަ ލެގުގައި މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބު ކުރި ދެ ގޯލުންނެވެ.

"ކަނޑީގެ ދެ މިޔަ ވެސް ވަރަށް ތޫނު. އެހެންވެ އަހަރެމެން އެބަ ޖެހޭ އެންމެ ފުރިހަމައަށް އުފާ ކުރަން. ދެން ކަންބޮޑުވުންތައް އަންނާނެ ކަމެއް ގޯސްވެދާނެތީ، އެއީ އަހަރެމެން މިތިބީ ފުޓްބޯޅައިގެ އެންމެ މުހިއްމު ތައްޓާ ވަރަށް ގާތުގަ،" ރެއާލަށް ދެ ފަހަރު ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ބުންޏެވެ.

"ކުޅުންތެރިންނަށް ބިރުވެރިކަން އިހުސާސް ކުރެވޭނެ އެކި މިންވަރަށް، އެއީ އެކަމު ނޯމަލް ކަމެއް. ބޮޑަށް ބިރުގަނެގެން ހުއްޓާ މޮޅުވުމުން ލިބޭ އުފާވެރިކަން މާ ބޮޑު ވާނެ."

ޗެމްޕިއަންސް ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރެވެ.