Roadha Mihaaru
ސިޓީ އާއި ރެއާލްގެ ކޯޗު ވެސް ހިތްހަމަ ޖެހިފައި

ސިޓީ އާއި ރެއާލްގެ ކޯޗު ވެސް ހިތްހަމަ ޖެހިފައި

10 އެޕްރީލް 2024

މެޑްރިޑް (އޭޕްރީލް 10) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ 3-3 އިން އެއްވަރުވި ނަމަވެސް ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށް ދެ ޓީމުގެ ކޯޗުން ވެސް ބުނެފި އެވެ.

މެޑްރިޑް (އޭޕްރީލް 10) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ 3-3 އިން އެއްވަރުވި ނަމަވެސް ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށް ދެ ޓީމުގެ ކޯޗުން ވެސް ބުނެފި އެވެ.

ރެއާލްގެ ކޯޗު އަންޗެލޮޓީ ބުނީ ފެނުނީ އާދަޔާ ހިލާފު ދެ ޓީމުގެ ކުރިމަތިލުން ކަމަށާއި ނަމަވެސް މެޗުގައި ދެއްކި ހިތްވަރު ތަކުރާރު ކުރެވިއްޖެ ނަމަ މެންޗެސްޓާގައި ކުޅޭ އަވޭ ލެގު މެޗުގައި ނަތީޖާ ނެރެވިދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"ފެނިގެން ދިޔައީ އާދަޔާ ހިލާފު ދެ ޓީމުގެ ކުރިމަތިލުމެއް، ކޮލިޓީއާ މެދު ޝައްކެއް ނެތް. އަހަރެމެންނަށް މިއީ ހިތްހަމަ ޖައްސާލެވޭވަރުގެ ނަތީޖާއެއް. މިރޭ ފެނުނު ކަންކަން މެންޗެސްޓާގައި ތަކުރާރު ކުރެވޭނެ ކަމަށް އުންމީދު ކުރަން،" އަންޗެލޮޓީ ބުންޏެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޑްރިޑުގައި އަބަދުވެސް ތަފާތު ވާނެ ކަމަށާއި ދެން އޮތީ ދެވަނަ ލެގަށް ރަނގަޅަށް ތައްޔާރު ވެގެން ސެމީ ފައިނަލުގެ ޖާގައެއް ހޯދަން މަސައްކަތް ކުރުން ކަމަށެވެ.

"މިއީ މެޑްރިޑް، މިތާ އަބަދުވެސް ތަފާތު. އަހަރެމެން ކުރީގައި އޮތަސް އެމީހުން އެއްވަރު ކުރާނެ، މިމުމެއް ނެތް މީގަ. މި ނަތީޖާއާއިގެން ކުރިއަށް ދާނީ. އަންނަ ހަފްތާ އަހަރެމެންގެ ސަޕޯޓަރުންގެ ވެސް އެހީތެރިކަމާ އެކު ގޯލެއް ޖަހައިގެން ސެމީއަށް ދާން މަސައްކަތް ކުރުން ދެން އޮތީ،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ސިޓީ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރުގެ ޗެމްޕިއަން ސިޓީން ރޭ ލީޑު ނެގީ ދެވަނަ މިނިޓުގައި ބެނާޑޯ ސިލްވާ ހިލޭޖެހުމަކުން ޖަހައިދިން ގޯލުންނެވެ. ނަމަވެސް ރެކޯޑް 14 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ރެއާލުން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ.

އެޑުއާޑޯ ކަމަވިންގާގެ ހަމަލާއެއް ރުބެން ޑިއާޒްގެ ފައިގައި ޖެހިފައި ވަން ގޯލުން 12 ވަނަ މިނިޓުގައި އެއްވަރު ވިއިރު ލީޑު ނެގީ ދެ މިނިޓު ފަހުން ރޮޑްރީގޯ ފޮނުވާލި ހަމަލާއެއް މެނުއެލް އަކަންޖީގެ ފުންނާބުގައި ޖެހިފައި ވަން ގޯލުންނެވެ.

ސިޓީން ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް އެޓޭކުތައް ވަރުގަދަވީ ފިލް ފޮޑެން ކުޅެން ނުކުތް ހިސާބުންނެވެ. އޭނާ ވަނީ 66 ވަނަ މިނިޓުގައި ގޯލެއް ޖަހައި ސިޓީ އަށް ލީޑު ހޯދައިދީފަ އެވެ. ނަމަވެސް ފެޑެރިކޯ ވެލްވާޑޭގެ ގޯލަކުން ރެއާލް ވަނީ އެއްވަރު ކޮށްފަ އެވެ.