Roadha Mihaaru
މެޑްރިޑާއި ވިޔަރެއާލް ސެމީއަށް ދާނެކަމަކަށް ހީއެއްނުކުރޭ

މެޑްރިޑާއި ވިޔަރެއާލް ސެމީ އަށް ދާނެކަމަކަށް މީހުން ހީއެއްނުކުރޭ: އަންޗެލޮޓީ

26 އެޕްރީލް 2022

މެންޗެސްޓާ (އޭޕްރީލް 26) - ސްޕެއިންގެ ރެއާލް މެޑްރިޑާއި ވިޔަރެއާލް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދާނެ ކަމަކަށް ގިނަ މީހުން ހީނުކުރާ ކަމަށް،. ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

މެންޗެސްޓާ (އޭޕްރީލް 26) - ސްޕެއިންގެ ރެއާލް މެޑްރިޑާއި ވިޔަރެއާލް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދާނެ ކަމަކަށް ގިނަ މީހުން ހީނުކުރާ ކަމަށް،. ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގް މެޗުގައި، މިރޭ ރެއާލް ނުކުންނާނީ މެންޗެސްޓާ ސިޓީއާ އާދެކޮޅަށެވެ. މެޗާ ގުޅިގެން ބޭއްވި ޕްރެސް ކޮންގފަރެންސްގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ވަނީ މުބާރާތުގެ ކުރީ ކޮޅު އޭނާގެ ޓީމުގެ ނަތީޖާތައް ދަށްވުމުން ކުރިމަތިވި ފާޑުކިއުންތަކަށް އިޝާރާތް ކޮށްފަ އެވެ.

"ސެމީ ފައިނަލަށް ނުދާނެ ކަމަށް ކަނޑައެޅި ޓީމުތަކުގެ ތެރެއިން ދެ ޓީމު އޮތީ ސެމީގައި. އެއީ ރެއާލް މެޑްރިޑާއި ވިޔަރެއާލް،" އަންޗެލޮޓީ ބުންޏެވެ.

"އަހަރެން ހަނދާން އެބަހުރި އޭރު ދެއްކި ވާހަކައާއި ނޫސްތަކުގައި ލިޔެފައި ހުރި ވާހަކަތަކާއި ޢާންމުންގެ ޚިޔާލު. އަހަރެމެން މިތަނަށް އައިސް މިތިބީ ވަރަށް އުފަލުން، ރެއާލް މެޑްރިޑް އަބަދުވެސް ވާދަ ކުރާނެ."

ކުއާޓާ ފައިނަލުގައި، އެތުލެޓިކޯ މެޑްރިޑުން ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅުނު އިރު ވެސް މެންޗެސްޓާ ސިޓީގެ ކިބައިން ސަލާމަތެއް ނުވި އެވެ. އަންޗެލޮޓީ ބުނިގޮތުގައި ސިޓީއާ ދެކޮޅަށް ކުޅޭއިރު ޑިފެންސިވް ވިސްނުމެއްގައި ކުޅުމަކީ ވެސް މުހިންމު ކަމެކެވެ.

"ވަރުގަދަ އަށް ޑިފެންސް ނުކުށް ކުރިއަށްދާނަމަ ގެއްލުން ވާނެ. މެންޗެސްޓާ ސިޓީ އަށް ބޯޅަ ލިބޭ އިރު ޑިފެންސަށް ވިސްނުމަކީ ވަރަށް މުހިންމު ކަމެއް،" އަންޗެލޮޓީ ބުންޏެވެ.

ރެއާލް އަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތި ވެފަ އެވެ. އެޓީމުގެ ޑިފެންޑަރު ޑޭޥިޑް އަލަބާ އާއި ޑިފެންސިވް މިޑްފީލްޑާ ކާލޯސް ކަސެމީރޯ އަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފަ އެވެ. އެކަމަކު އަލަބާ އާމެދު އުންމީދެއް އެބައޮތް ކަމަށް އަންޗެލޮޓީ ބުންޏެވެ. ޑިފެންޑަރު ފާލެންޑް މެންޑީ އަނިޔާއިން ރަނގަޅުވެ މެޗުގައި ކުޅެވޭނެކަން ވަނީ ކަށަވަރު ވެފަ އެވެ.

"އަލަބާ އާ މެދު އުންމީދެއް އެބައޮތް. އެކަމަކު ކަސެމީރޯ ނުކުޅެވިއްޖެނަމަ ދެން އަންނަ މެޗަށް އޭނާ ހުންނާނީ ފިޓްކޮށް،" އަންޗެލޮޓީ ބުންޏެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.