29 މެއި 2024
ޑޯޓްމެންޑް (މެއި 28) – ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރާ ކޮންމެ ފަހަރަކު ރެއާލުން ހޯދަމުން އަންނަ ކާމިޔާބީ އަށް ނިމުމެއް ގެނެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ބޮރޫޝިއާ ޑޯޓްމެންޑުގެ ކޯޗު އެޑިން ޓާޒިކް ބުނެފި އެވެ.
ޑޯޓްމެންޑް (މެއި 28) – ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރާ ކޮންމެ ފަހަރަކު ރެއާލުން ހޯދަމުން އަންނަ ކާމިޔާބީ އަށް ނިމުމެއް ގެނެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ބޮރޫޝިއާ ޑޯޓްމެންޑުގެ ކޯޗު އެޑިން ޓާޒިކް ބުނެފި އެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި، ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތް ރެކޯޑް 14 ފަހަރު ކާމިޔާބު ކޮށްފައިވާ ރެއާލާ ދެކޮޅަށް ޑޯޓްމެންޑުން ނުކުންނަ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ. ޔޫރަޕިއަން ކަޕުން ޗެމްޕިއަންސް ލީގަށް މުބާރާތުގެ ނަން ބަދަލު ކުރި ފަހުން ރެއާލުން ވަނީ ފައިނަލް ކުޅުނު އަށް ފަހަރު ވެސް ކާމިޔާބު ހޯދައިފަ އެވެ.
"އަހަރެމެންނަށް ބޮޑެތި ކާމިޔާބީ ހޯދޭނެ ކަމަށް އަހަރެން ގަބޫލު ކުރަން. މި ތަށި އަލުން ޑޯޓްމެންޑަށް ގެންނަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން އެބަ ޖެހޭ. އެންމެ މުހިއްމު ކަމަކީ، ޗެމްޕިއަންސް ލީގު ތަށި ހޯދަން އަހަރެމެން އެބަ ޖެހޭ ޗެމްޕިއަނުން ބަލިކުރަން. މިފަހަރު އަހަރެމެން މި ނުކުންނަން ޖެހެނީ ހަގީގީ ޗެމްޕިއަނުންނާ ދެކޮޅަށް،" ރެއާލްގެ ރެކޯޑް ނިމުމަކަށް ގެނެވޭނެ ކަން ގަބޫލުކުރާ ކަމަށް ބުނަމުން ޓާޒިކް ބުންޏެވެ.
"އެމީހުން 14 ފަހަރު ތަށި ނަގައިފި. ފާއިތުވި 10 އަހަރު ތެރޭ ފަސް ފަހަރު ތަށި ހޯދި. އެކަމު އަހަރެމެންގެ އަމާޒަކީ އެއް މެޗުން ވެސް ކަންކަން ބަދަލު ކޮށްލުން. ޗެމްޕިއަންސް ލީގުގައި ކުޅުނު އަށް ފައިނަލުން ވެސް ރެއާލް ބައްޔެއް ނުވޭ. އެކަމު އެއީ އެހާ މުހިއްމު ވާހަކައެއް ކަމަށް ނުދެކެން. މުހިއްމީ ކުރިއަށް އޮތް މެޗު. މިއީ އެ ރެކޯޑް ނިމުމަކަށް ގެންނަންވީ ވަގުތު."
ޑޯޓްމެންޑުން ވަނީ 1997 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އެއަށް ފަހު 2013 ވަނަ އަހަރު ފައިނަލަށް ދަތުރު ކުރި ނަމަވެސް ވާދަވެރި ބެޔާން މިއުނިކާ ވާދަކޮށް ކާމިޔާބު ހޯދޭގޮތެއް ނުވި އެވެ.
ވިނީގެ ހެޓްރިކުން ރެއާލް ފަހަތުން އަރައި މޮޅުވެއްޖެ
15 ވަނަ ފަހަރު: ޔޫރަޕްގެ ކިންގަކީ ރެއާލް މެޑްރިޑް
"ފައިނަލްގެ ކުރިން ކުޅުންތެރިންނަށް ބިރު އިހްސާސްވޭ"
ލައިޕްޒިގުން ރެއާލްގެ ބަލި ނުވުމުގެ ރެކޯޑް ނިންމާލައިފި
ސިޓީ، ޕީއެސްޖީ އަދި ރެއާލްވެސް ފަހުހާފުގައި މޮޅުވެއްޖެ
ޑޯޓްމަންޑް ބަލިވެ، ރެއާލް އާއި އިންޓަ މޮޅުވެއްޖެ
އަޔަކްސް އަތުން ރެއާލަށް އުނދަގޫ މޮޅެއް
ރެއާލާއި ޑޯޓްމަންޑް އަދި ޓޮޓެންހަމް އެއް ގްރޫޕަކަށް
ފަހު ވަގުތު ރެއާލާ އެއްވަރުކޮށް ޑޯޓްމަންޑަށް އެއް ވަނަ
ޑޯޓްމަންޑްގެ ސްޓައިލް ކޮޕީކުރަން އުނދަގޫވާނެ: ކޯޗު