26 އޮކްޓޯބަރ 2022
ލައިޕްޒިގް ( އޮކްޓޫބަރު 26) - އަމިއްލަ ދަނޑުގައި ޖަރުމަންގެ އާރުބީ ލައިޕްޒިގުން ޗެމްޕިއަން ރެއާލް މެޑްރިޑް 3-2 އިން ބަލިކޮށް، އާ ސީޒަންގައި ރެއާލުން މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް ގެނެސްފި އެވެ.
ލައިޕްޒިގް ( އޮކްޓޫބަރު 26) - އަމިއްލަ ދަނޑުގައި ޖަރުމަންގެ އާރުބީ ލައިޕްޒިގުން ޗެމްޕިއަން ރެއާލް މެޑްރިޑް 3-2 އިން ބަލިކޮށް، އާ ސީޒަންގައި ރެއާލުން މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް ގެނެސްފި އެވެ.
މިއީ ރެއާލުން މި ސީޒަންގައި މިހާތަނަށް ކުޅުނު 17 މެޗުން ބަލިވި ފުރަތަމަ މެޗެވެ. ފުރަތަމަ 16 މެޗުގެ ތެރެއިން ދެ މެޗު އެއްވަރު ވިއިރު، 14 މެޗު ކާމިޔާބު ކުރި އެވެ.
ލައިޕްޒިގުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ރެއާލް ކޮޅަށް ދެ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ 13 ވަނަ މިނިޓުގައި ޖޮސްކޯ ގްވާޑިއޯލް ލީޑު ނަގައިދިން އިރު، އެ ލީޑް ފުޅާ ކޮށްދިނީ 18 ވަނަ މިނިޓުގައި ކްރިސްޓޮފާ އެންކޫންކޫ އެވެ. ނަމަވެސް ހާފް ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ވިނީޝިއުސް ޖޫނިއާ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްދީފަ އެވެ.
ރެއާލް ބަލިކުރި ލަނޑު ލައިޕްޒިގުން ޖެހީ 81 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޗެލްސީ އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، އެނބުރި މި ސީޒަންގައި ލައިޕްޒިގަށް ބަދަލުވި ޓިމޯ ވާނާ އެވެ. ވާނާ ކުޅެން ނުކުތީ ދެ ވަނަ ހާފުގަ އެވެ.
ވާނާ ވަނީ ޗެމްޕިއަންސް ލީގު ނެގި ސީޒަން؛ 2020/2021 ގެ ސެމީ ފައިނަލާއި، މިދިޔަ ސީޒަންގެ ކުއާޓާ ފައިނަލްގައި ވެސް ޗެލްސީގެ ޖޯޒީގައި ރެއާލް ބަލިކުރަން ލަނޑު ޖަހައިފަ އެވެ.
އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ރެއާލްގެ ދެވަނަ ލަނޑު ޖަހައިދިނީ ރޮޑްރިގޯ އެވެ.
ރެއާލާއި ލައިޕްޒިގާ އެކު މި ގުރޫޕުގައި ހިމެނޭ ސްކޮޓްލެންޑްގެ ސެލްޓިކާއި ޔޫކްރޭންގެ ޝަކްތާ ޑޮނެސްކް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
މި ނަތީޖާތަކާ އެކު ވެސް ރެއާލް މެޑްރިޑަށް ވަނީ 10 ޕޮއިންޓާ އެކު ދެވަނަ ބުރުގެ ޖާގައެއް ޔަގީން ވެފަ އެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގަށް ނުވަ ޕޮއިންޓް ލިބިފައި ވާއިރު، ޝަކްތާ ޑޮނެސްކަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.
ސެލްޓިކަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ. މި ގުރޫޕުން ދެ ވަނަ ބުރަށް ދާ ދެވަނަ ޓީމެއް ޔަގީން ވާނީ ގުރޫޕްގެ ފަހު މެޗުގައި ލައިޕްޒިގާއި ޝަކްތާ ޑޮނެސްކް ބައްދަލުކުރާ މެޗަށް ފަހު އެވެ.
ހާލަންޑް އޭނާގެ ކުރީގެ ޓީމު ޑޯޓްމަންޑް ދެވަނަ ބުރަށް ދިޔުމުން، މެޗު ނިމުމަށް ފަހު އެޓީމުގެ ކޯޗު އެޑިން ޓާޒިކް އަށް މަރުހަބާ ކިޔަނީ، ހާލަންޑް ވަނީ މި މެޗުގައި ވެސް ސިޓީގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައި.-- ފޮޓޯ: އޭއެފްޕީ
ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް ވެސް ވަނީ މެންޗެސްޓާ ސިޓީއާ 0-0 އިން އެއްވަރު ކޮށްގެން، ދެ ވަނަ ބުރުގެ ޖާގައެއް ޔަގީން ކޮށްފަ އެވެ.
މި މެޗުގެ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ސިޓީ އަށް ލީޑު ނަގަން ފުރުސަތު ލިބުނު ނަމަވެސް، ރިޔާދު މަހްރޭޒް ފޮނުވާލި ޕެނަލްޓީ ޑޯޓްމަންޑުގެ ކީޕަރު ގްރޭގޯ ކޯބެލް ދިފާއު ކުރި އެވެ. ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން އެމްރޭ ޗޭން، މަހްރޭޒް އަށް ފައުލް ކޮށްގެންނެވެ.
މިއީ 2016 ވަނަ އަހަރު ޕެޕް ގާޑިއޯލާ މެންޗެސްޓާ ސިޓީއާ ހަވާލުވި ފަހުން އެޓީމަށް މިހާތަނަށް ލިބުނު 80 ޕެނަލްޓީ އިން ކާމިޔާބު ނުކުރެވުނު 25 ވަނަ ޕެނަލްޓީ އެވެ.
"އަހަރެން އައި ފަހުން 25 ޕެނަލްޓީ ނާކާމިޔާބު ވެއްޖެ. ގިނައީ ޗެމްޕިއަންސް ލީގުގައި. އެއީ ވަރަށް ގިނަ އަދަދެއް. ހިތްވަރަށް އަބަދުވެސް ތައުރީފް ކުރަން ޖެހޭ، އެކަމަކު މާ ގިނަ ޕެނަލްޓީ ނާކާމޔާބު ވާނަމަ އެއީ މައްސަލައެއް،" ގާޑިއޯލާ ބުންޏެވެ.
"އަހަރެމެން މިކަން ރަނގަޅު ކުރަން ޖެހޭ. މުބާރާތުގައި މިކަހަލަ ހަނި ފުރުސަތުތައް ލިބޭއިރު، (ކާމިޔާބު ވެއްޖެ ނަމަ) ބައެއް ހާލަތްތަކުގައި (ނަތީޖާގެ) ތަފާތު ދައްކާނެ."
ގުރޫޕް ޖީ ގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 11 ޕޮއިންޓް ހޯދައިގެންނެވެ. ޑޯޓްމަންޑް ދެ ވަނައިގައި އޮތީ އަށް ޕޮއިންޓާ އެކު އެވެ. ފަސް ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ސެވިއްޔާ އަށް، ގުރޫޕްގެ ފަހު މެޗުތަކަށް ފަހު ޑޯޓްމަންޑާއި ސެވިއްޔާ ޕޮއިންޓްގެ ގޮތުން އެއްވަރު ވިއަސް، ހެޑް-ޓު-ހެޑް ޕޮއިންޓުން ކުރި ލިބެނީ ޑޯޓްމަންޑަށެވެ.
ޑޯޓްމަންޑުން ވަނީ ސެވިއްޔާއާ ދެކޮޅަށް ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ކާމިޔާބުކޮށް، ދެ ވަނަ މެޗު އެއްވަރު ކޮށްފަ އެވެ.
ސެވިއްޔާ އިން ވަނީ ރޭ އަމިއްލަ ދަނޑުގައި ޑެންމާކްގެ ކޯޕަންހޭގަންއާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.
ސިޓީ، ޕީއެސްޖީ އަދި ރެއާލްވެސް ފަހުހާފުގައި މޮޅުވެއްޖެ
ވިނީގެ ހެޓްރިކުން ރެއާލް ފަހަތުން އަރައި މޮޅުވެއްޖެ
15 ވަނަ ފަހަރު: ޔޫރަޕްގެ ކިންގަކީ ރެއާލް މެޑްރިޑް
"ފައިނަލްގެ ކުރިން ކުޅުންތެރިންނަށް ބިރު އިހްސާސްވޭ"
ޑޯޓްމެންޑުންތިބީ ރެއާލް ބަލިކުރެވޭނެކަމަށް ގަބޫލުކޮށްގެން
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ސިޓީ އާއި ރެއާލްގެ ކޯޗު ވެސް ހިތްހަމަ ޖެހިފައި
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
މިއީ ކަންކަން ކުރެވޭނެކަން ގަބޫލުކުރާ ޓީމެއް: ގާޑިއޯލާ