27 ނޮވެމްބަރ 2019
ލަންޑަން (ނޮވެމްބަރު 27) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ބަޔާން މިއުނިކާއި ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އަދި ޔުވެންޓަސް ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ލަންޑަން (ނޮވެމްބަރު 27) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ބަޔާން މިއުނިކާއި ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އަދި ޔުވެންޓަސް ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ގްރޫޕް އޭ އިން ޕީއެސްޖީ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުގެ ފުރުސަތު ހޯދީ ރޭ ރަށުން ބޭރުގައި ފަހަތުން އަރައި ރެއާލް މެޑްރިޑާ 2-2 އިން އެއްވަރުކުރުމަށް ފަހު އެވެ. ބަޔާން މިއުނިކުން ވަނީ ރަށުން ބޭރުގައި ރެޑްސްޓާ ބެލްގްރޭޑް އަތުން 6-0 އިން މޮޅުވެ، ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ކަށަވަރުކޮށްފަ އެވެ. އަދި ޕައޮލޯ ޑިބާލާގެ ހަމައެކަނި ގޯލާ އެކު 1-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ޔުވެންޓަސް އިން ގްރޫޕް ޑީގެ އެއް ވަނަ ހޯދިއިރު، މެންޗެސްޓާ ސިޓީން ގްރޫޕް ސީގެ އެއް ވަނަ ޔަގީންކުރީ އަމިއްލަ ދަނޑުގައި ރޭ ޝަހުތަރު ޑޮނެސްކާ 1-1 އިން އެއްވަރުކުރުމަށް ފަހު އެވެ.
ރެއާލްގެ ދަނޑުގައި ރޭ އެ ޓީމުން ކަރިމް ބެންޒެމާގެ ދެ ގޯލާ އެކު ލީޑެއް ނަގާފައިވަނިކޮށް ޕީއެސްޖީން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 81 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ ޕީއެސްޖީ އަށް ފުރަތަމަ ގޯލު ޖަހައިިދިންއިރު، އޭގެ ދެ މިނިޓް ފަހުން އެއްވަރުކޮށްދިނީ ޕަބްލޯ ސަރާބިއާ އެވެ. ރޭ މި ގްރޫޕްގެ އަނެއް މެޗުން ގަލަސަތަރާއި އާއި ކްލަބް ބްރޫޖް 1-1 އިން އެއްވަރުވުމުން މި ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ރެއާލަށް ވަނީ ދެ ވަނަ ބުރުގެ ޖާގަ ލިބިފަ އެވެ.
ރެޑްސްޓާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ ރޭގެ މެޗުގައި ހަތަރު ގޯލު ޖަހައި ރެކޯޑެއް ގާއިމުކޮށްފަ އެވެ. އޭނާ ހަތަރު ގޯލު ޖެހީ 14 މިނިޓާއި 31 ސިކުންތުގެ ތެރޭގަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ މަދުވަގުތުކޮޅެއްގެ ތެރޭގައި ކުޅުންތެރިޔަކު ހަތަރު ގޯލު ޖެހި ފުރަތަމަ ފަހަރެވެ. ބަޔާންގެ އަނެއް ދެ ގޯލު ކާމިޔާބުކުރީ ލެއޯން ގޮރެޓްޒްކާ އާއި ކޮރެންޓިން ޓޮލީސޯ އެވެ.
ބަޔާން ހިމެނޭ ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދީ ރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި އޮލިމްޕިއާކޯސް އަތުން 4-2 އިން މޮޅުވި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ޓޮޓެންހަމް ކޮޅަށް މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭ އޮލިމްޕިއާކޯސް އިން ދެ ގޯލު ޖެހި އެވެ. މި ދެ ގޯލު ޖެހީ ޔޫސެފް އަލް އަރާބީ އާއި ރުބެން ސެމޭޑޯ އެވެ. ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ޓޮޓެންހަމުން ޔޫރަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލުމުގައި ލަނޑުތައް ޖެހީ ހެރީ ކޭން ދެ ގޯލާއި ދެލޭ އަލީ އަދި ސާޖް އޯރިއޭ އެވެ. ރޭގެ ނަތީޖާއާ އެކު މޮރީނިއޯ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ނޮކައުޓު ބުރުގައި ހަ ވަނަ ޓީމަކަށް އިރުޝާދުދޭނެ ފުރަތަމަ ކޯޗަށެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ އިލްކާއި ގުންޑޮގާން އެވެ. ޝަހުތަރަށް އެއްވަރުކޮށްދިނީ މަނޯ ސަލޯމޮން އެވެ. މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުން އެޓަލަންޓާ ވަނީ 2-0 އިން ޑިނަމޯ ޒަގްރެބް ބަލިކޮށްފަ އެވެ. ގްރޫޕްގެ ފަހު މެޗުތަކަށްދާއިރު، މި ގްރޫޕުން ނޮކައުޓު ބުރުގެ އަނެއް ޖާގަ ލިބުމުގެ ފުރުސަތު ބޮޑީ ދެ ވަނައިގައި އޮތް ޝަހުތަރު އެވެ.
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
މޮޅަކާ އެކު ޕީއެސްޖީ، ރެއާލް އަދި ބަޔާން ބުރު ނިންމާލައިފި
ބެޔާނާއި ރެއާލް ވެސް ޗެމްޕިއަންސް ލީގުގައި ބަލިވެއްޖެ
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ޔޫރަޕުގައި ޕީއެސްޖީގެ އުއްމީދުތައް ފެނަށް