30 އޮކްޓޯބަރ 2023
ނޭޕްލްސް (އޮކްޓޫބަރު 30) - އިޓަލީގެ ޗެމްޕިއަން ނަޕޯލީން އަމިއްލަ ދަނޑުގައި ރޭ އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި 2-2 އިން އެއްވަރު ކޮށްފި އެވެ.
ނޭޕްލްސް (އޮކްޓޫބަރު 30) - އިޓަލީގެ ޗެމްޕިއަން ނަޕޯލީން އަމިއްލަ ދަނޑުގައި ރޭ އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި 2-2 އިން އެއްވަރު ކޮށްފި އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނުނު މި މެޗުގައި އޭސީ މިލާނުން ފުރަތަމަ ހާފު ނިންމާލީ އޮލިވިއޭ ޖިރޫ ކާމިޔާބުކުރި ދެ ގޯލާ އެކު ލީޑުގަ އެވެ. ނަމަވެސް ދެވަނަ ހާފުގެ ފުރަތަމަ 20 މިނިޓު ތެރޭ މަޓެއޯ ޕޮލިޓާނޯގެ ގޯލަކާއި ޖިއަކޯމޯ ރަޕްސަޑޯރީ ހިލޭޖެހުމަކުން ކާމިޔާބު ކުރި ގޯލަކުން ނަތީޖާ އެއްވަރު ކުރި އެވެ.
މެޗުގެ 89 ވަނަ މިނިޓުގައި ނަޕޯލީގެ ބްރެޒިލް ޑިފެންޑަރު ނޭތަން އަށް ވަނީ ރެފްރީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
ރޭގެ މެޗުގައި މިލާނަށް ދެ ގޯލު ޖަހައިދިން ޖިރޫ، މެޗަށް ފަހު މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ
މެޗުން މޮޅު ނުވެވުމުން ލީގު ތިންވަނައިގައި އޮތް އޭސީ މިލާނަށް ވަނީ ދެވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. މިލާން މިހާތަނަށް ކުޅުނު 10 މެޗުން އެޓީމަށް ލިބިފައި ވަނީ 22 ޕޮއިންޓެވެ. ދެވަނައިގައި އޮތީ 23 ޕޮއިންޓް ހޯދާފައިވާ ޔުވެންޓަސް އެވެ.
ލީގު އެއްވަނައިގައި އޮތީ ރޭ 1-0 އިން ރޯމާ ބަލިކޮށް 25 ޕޮއިންޓް ހަމަކުރި އިންޓަ މިލާނެވެ. މެޗުގެ އެންމެ ފަހު ފަސް މިނިޓު ތެރޭ އިންޓަ އަށް ގޯލު ޖަހައި ދިނީ މާކަސް ތުރާމް އެވެ.
އޭސީ މިލާނާ އެއްވަރު ކޮށްގެން ނަޕޯލީ އޮތީ 18 ޕޮއިންޓާ އެކު ލީގު ތާވަލްގެ ހަތަރުވަނައިގަ އެވެ.
ލީގު ފަސްވަނައިގައި އޮތް ފިއޮރެންޓީނާ އަށް 17 ޕޮއިންޓް ލިބިފައި ވާއިރު، ހަވަނައިގައި އޮތް އެޓަލާންޓާ އަށް ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. ދެ ޓީމު ވެސް މިރޭ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ނަޕޯލީ، ފަހަތަށް ވެއްޓޭނެ އެވެ.
އެޓަލާންޓާ މިރޭ ރަށުން ބޭރުގައި އެމްޕޯލީއާ ދެކޮޅަށް ނުކުންނައިރު، ފިއޮރެންޓީނާ ރަށުން ބޭރުގައި ނުކުންނާނީ ނުވަވަނައިގައި އޮތް ލާޒިއޯއާ ދެކޮޅަށެވެ.
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީ 12 ޕޮއިންޓްކުރީގައި، 50 ޕޮއިންޓް ހަމަކޮށްފި
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި
އޭސީ މިލާނުން އެއްވަނައިގައި ލީޑު ދަމަހައްޓައިފި
ޓޮރީނޯ އަތުން މޮޅު ނުވިޔަސް އޭސީ މިލާން އެއްވަނައިގައި
އިންޓަ އާއި ނަޕޯލީ މޮޅުވެ، ޕްރެޝަރު އޭސީ މިލާނަށް
އަލަށް ގެނައި ކުޅުންތެރިން ޔުވެންޓަސް މޮޅުކޮށްދީފި
ރޯމާ ބަލިކޮށް އޭސީ މިލާނުން ފަރަގު ކުޑަކޮށްފި
ލީގުގައި ނަޕޯލީ އާއި އޭސީ މިލާން ބަލިވެއްޖެ