22 ޖެނުއަރީ 2023
ސެލާނޯ (ޖެނުއަރީ 22) - އިޓާލިއަން ސެރީ އޭ ގައި އެއްވަނައިގައި އޮތް ނަޕޯލީ އިން ސެލާނިޓާނާ އާ ވާދަކޮށް 2-0 އިން މޮޅުވެ، ޓޭބަލްގެ އެއްވަނައިގައި 12 ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.
ސެލާނޯ (ޖެނުއަރީ 22) - އިޓާލިއަން ސެރީ އޭ ގައި އެއްވަނައިގައި އޮތް ނަޕޯލީ އިން ސެލާނިޓާނާ އާ ވާދަކޮށް 2-0 އިން މޮޅުވެ، ޓޭބަލްގެ އެއްވަނައިގައި 12 ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.
ނަޕޯލީގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޖިއޮވާނީ ޑި ލޮޒާނޯ އެވެ. އަދި ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ދެވަނަ ލަނޑު ޖެހީ ވިކްޓާ އޮސީމެން އެވެ.
އޮސީމެން ރޭ ޖެހި ލަނޑާ އެކު އޭނާ ވަނީ ލީގުގައި މިހާތަނަށް 13 ގޯލު ޖަހައިފަ އެވެ. އަދި ރަން ބޫޓު ހޯދުމުގެ ރޭހުގައި އޭނާ އެއްވަނައިގައި އޮތީ އިންޓަ މިލާނުގެ ލައުޓާރޯ މާޓިނޭޒް އާއި އެޓަލާންޓާގެ އަޑެމޯލާ ލުކްމަން އަދި ސްޕީޒިއާގެ އެމްބާލާ އެންޒޯލާ އަށް ވުރެ ހަތަރު ގޯލު ކުރީގަ އެވެ.
މި ނަތީޖާއާ އެކު ނަޕޯލީ ވަނީ މިހާތަނަށް ލީގުގައި ކުޅުނު 19 މެޗުން 50 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް 18 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ. އަދި އިންޓަ މިލާން ތިންވަނައިގައި އޮތީ 18 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ.
އެއްވަނައިގައި 12 ޕޮއިންޓްގެ ލީޑަކާއެކު އޮތް ނަމަވެސް، އަންގާރަ ދުވަހުގެ ރޭ އޭސީ މިލާނުން ހަތަރު ވަނައިގައި އޮތް ލާޒިއޯ ބަލި ކޮށްފި ނަމަ އެ ފަރަގު ނުވަ ޕޮއިންޓަށް ކުޑަ ކުރެވޭނެ އެވެ.
މި ސީޒަން ގައި ނަޕޯލީ މިހާތަނަށް ލީގުގައި ބަލިވީ އެންމެ މެޗަކުންނެވެ. އެއީ މި އަހަރުގެ ފުރަތަމަ މެޗުގައި އިންޓަ މިލާން އަތުން 1-0 އިންނެވެ. އަދި 16 މެޗު ކާމިޔާބު ކޮށްފައި ވާއިރު މޮޅުވީ ދެ މެޗުންނެވެ.
ނަޕޯލީ މިހާތަނަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްފައި ވަނީ ދެ ފަހަރު އެވެ. އެއީ 1986/1987 ސީޒަނާއި 1989/1990 ސީޒަންގަ އެވެ. އެ ދެ ސީޒަން ގައި ވެސް އެޓީމުގެ އެންމެ ނުފޫޒު ގަދަ ކުޅުންތެރިއަކީ އެ ޓީމުގެ ލެޖެންޑް އަދި އޭރުގެ ކެޕްޓަން ޑިއޭގޯ މަރަޑޯނާ އެވެ.
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ލީގުގައި ނަޕޯލީ އާއި އޭސީ މިލާން ބަލިވެއްޖެ
އިބްރަހިމޮވިޗްގެ 400 ވަނަ ގޯލާއެކު ރޯމާ ބަލިކޮށްފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީ އެއްވަރު، މޮންޒާ އަތުން އިންޓަ ބަލިވެއްޖެ
ނަޕޯލީ ލީޑު ފުޅާކޮށްފި، މިލާނާއި އިންޓަ އަށް ޕޮއިންޓެއް
މިލާނުން ދެ ވަނައިގައި ތަފާތުކުޑަކޮށްފި
އޮރިގީގެ ފުރަތަމަ ލަނޑާއެކު މިލާނުން މޮންޒާ ބަލިކޮށްފި
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި