22 ނޮވެމްބަރ 2021
މިލާން (ނޮވެމްބަރު 22) - އިޓާލިއަން ސެރީއާ ގައި 12 ހަފްތާގެ ކުޅުން ނިމުނުއިރު ވެސް ބަލި ނުވެ އޮތް ދެ ޓީމު، ނަޕޯލީ އާއި އޭސީ މިލާން މި ހަފްތާގެ މެޗުތަކުން ބަލި ވެއްޖެ އެވެ.
މިލާން (ނޮވެމްބަރު 22) - އިޓާލިއަން ސެރީއާ ގައި 12 ހަފްތާގެ ކުޅުން ނިމުނުއިރު ވެސް ބަލި ނުވެ އޮތް ދެ ޓީމު، ނަޕޯލީ އާއި އޭސީ މިލާން މި ހަފްތާގެ މެޗުތަކުން ބަލި ވެއްޖެ އެވެ.
ނަޕޯލީން ރަށުން ބޭރުގައި ރޭ އިންޓަ މިލާނާ ވާދަކުރި މެޗު 3-2 އިން ބަލިވިއިރު، އޭސީ މިލާން ވަނީ ހޮނިހިރު ދުވަހުގެ ރޭ ފިއޮރެންޓީނާ އަތުން 4-3 އިން ބަލިވެފަ އެވެ.
އިންޓައާ ދެކޮޅަށް އެންމެ ފުރަތަމަ ލީޑު ނެގީ ވެސް ނަޕޯލީންނެވެ. މެޗުގެ 17 ވަނަ މިނިޓުގައި ޒިލެންސްކީ ޖެހި ލަނޑަށް ފަހު އިންޓަ އިން އެއްވަރުކުރީ 25 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ހަކަން ކަލްހަނޮގްލޫ އެވެ. އެއްވަރުވެގެން ފުރަތަމަ ހާފު ނިމެން ދަނިކޮށް އިންޓަ އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އިވާން ޕެރިސިޗެވެ.
އިންޓަގެ ތިންވަނަ ލަނޑު 61 ވަނަ މިނިޓުގަ ޖަހައިދިނީ ލައޮޓާރޯ މާޓިނޭޒް އެވެ. ނަޕޯލީގެ ދެވަނަ ލަނޑު 79 ވަނަ މިނިޓުގައި ޖެހީ ޑްރީސް މާޓެންސް އެވެ.
ފިއޮރެންޓީނާ އަތުން އޭސީ މިލާން ބަލިވި މެޗަކީ މި ސީޒަނުގެ ލީގުގައި އެޓީމު ވެސް ބަލިވި ފުރަތަމަ މެޗެވެ. ފުރަތަމަ 60 މިނިޓުތެރޭ ފިއޮރެންޓީނާ ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އެއަށް ފަހު ގާތްގާތުގައި ޒްލަޓާން އިބްރަހިމޮވިޗް ޖެހި ދެ ގޯލުން ފަރަގު ކުޑަކުރި ނަމަވެސް ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަަށް ވެފައި ވަނިކޮށް ފިއޮރެންޓީނާއިން ހަތަރުވަނަ ލަނޑު ޖެހިއެވެ. މިލާނުގެ ތިންވަނަ ލަނޑަކީ އިތުރު ވަގުތުގައި ފިއޮރެންޓީނާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ހަމަ އެރޭ ޔުވެންޓަސް ވެސް ވަނީ ލާޒިއޯއާ ދެކޮޅަަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްފަ އެވެ. ޔުވެންޓަސްގެ ދެ ގޯލު ވެސް ލިއެނާޑޯ ބޮނޫޗީ ޖެހީ ޕެނަލްޓީއިންނެވެ.
އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗުން ވެސް ބަލިވި އޭއެސް ރޯމާ ވަނީ ރަށުން ބޭރުގައި ރޭ ޖެނޯއާ 2-0 އިން ބަލި ކޮށްފަ އެވެ. ޔޫކްރޭންގެ ލެޖެންޑް އަންޑްރޭ ޝެވްޗެންކޯގެ އިރުޝާދުގެ ދަށުން ޖެނޯއާ ކުޅުނު ފުރަތަމަ މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް ހޯސޭ މޮރީނިއޯގެ ރޯމާއަށް ތިން ޕޮއިންޓް ޔަގީން ކޮށްދިނީ، 74 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގާނާއަށް އުފަން 18 އަހަރުގެ ފޯވަޑް ފީލިކްސް އަފޭނާ ޖިޔާން އެވެ.
ފުރަތަމަ ލަނޑު ހެންރިކް މިކިތާރްޔަންގެ ޕާހަކުން 82 ވަނަ މިނިޓުގައި ޖެހިއިރު، އިތުރު ވަގުތުގައި އޭނާ ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ސީދާ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.
މޮރީނިއޯ ޗެލްސީ އަށް ކޯޗު ކޮށްދިންއިރު 2006 ވަނަ އަހަރު އެ ޓީމުގެ ރެކޯޑް ޓްރާންސްފާއަކަށް 30 މިލިއަން ޕައުންޑަށް އޭސީ މިލާނުން ގެނައި ފޯވަޑް ޝެވްޗެންކޯއާ ދެކޮޅަށް މޮރީނިއޯ ހޯދި މި މޮޅާ އެކު ރޯމާ ލީގު ފަސްވަނައަށް ޖެހިލި އެވެ. ލީގުގައި މިހާތަނަށް އެންމެ މޮޅެއް ހޯދިފައިވާ ޖެނޯއާ އޮތީ 18 ވަނައިގަ އެވެ.
މި ނަތީޖާއާ އެކު ވެސް ފައިދާ ގޯލުގެ ތަފާތުން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ނަޕޯލީ އެވެ. ނަޕޯލީ އާއި ދެވަނައިގައި އޮތް އޭސީ މިލާނަށް ވެސް 13 މެޗުން ލިބެނީ 32 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އިންޓަ އަށް ލިބެނީ 28 ޕޮއިންޓެވެ. ޔުވެންޓަސް އޮތީ 21 ޕޮއިންޓާ އެކު ހަތްވަނައިގަ އެވެ.
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
އިބްރަހިމޮވިޗްގެ 400 ވަނަ ގޯލާއެކު ރޯމާ ބަލިކޮށްފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ނަޕޯލީ 12 ޕޮއިންޓްކުރީގައި، 50 ޕޮއިންޓް ހަމަކޮށްފި
ރޯމާއިން އިންޓަ ބަލިކޮށްފި، މިލާނަށް ވެސް މޮޅެއް
ޓޮރީނޯ އަތުން މޮޅު ނުވިޔަސް އޭސީ މިލާން އެއްވަނައިގައި
ރޯމާ ބަލިކޮށް އޭސީ މިލާނުން ފަރަގު ކުޑަކޮށްފި
އިތުރު ވަގުތުގެ ގޯލުތަކުން ރޯމާ އާއި މިލާން އެއްވަރު
ނަޕޯލީ އެއްވަރު، މޮންޒާ އަތުން އިންޓަ ބަލިވެއްޖެ