30 އެޕްރީލް 2023
ރޯމް (އޭޕްރީލް 30) - އިޓާލިއަން ލީގުގައި ރޯމާ އިން އަމިއްލަ ދަނޑުގައި އޭސީ މިލާނާ ދެކޮޅަށް ރޭ ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމިއްޖެ އެވެ.
ރޯމް (އޭޕްރީލް 30) - އިޓާލިއަން ލީގުގައި ރޯމާ އިން އަމިއްލަ ދަނޑުގައި އޭސީ މިލާނާ ދެކޮޅަށް ރޭ ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމިއްޖެ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި ޓެމީ އަބްރަހަމް، ރޯމާ އަށް ގޯލު ޖަހައިދީ ލީޑު ހޯދައިދިން ނަމަވެސް، އޭގެ ތިން މިނިޓު ފަހުން މިލާނުގެ އެލެކްސިސް ސެލެމެކާސް ވަނީ ގޯލެއް ޖަހައިދީ މެޗުން ޕޮއިންޓެއް ހޯދައިދީފަ އެވެ.
މި ނަތީޖާއާ އެކު ލީގު ތާވަލުގައި ދެ ޓީމު ވެސް އޮތީ މަގާމަށް ބަދަލެއް ނައީހެވެ. ދެ ޓީމަށް ވެސް 32 މެޗުން 57 ޕޮއިންޓް ލިބިފައި ވާއިރު، މިލާން އޮތީ ހަތަރުވަނައިގަ އެވެ. ރޯމާ އޮތީ ފަސްވަނައިގަ އެވެ. ފައިދާ 14 ގޯލުން ދެ ޓީމު ވެސް އެއްވަރު ވެފައި ވާއިރު މިލާނަށް ކުރި ލިބެނީ ޖެހި ގޯލުންނެވެ.
މިލާނުން ލީގުގައި މިހާތަނަށް 52 ގޯލު ޖަހައިފައި ވެއެވެ. ރޯމާ އަށް ކާމިޔާބު ކުރެވިފައި ވަނީ 44 ގޯލެވެ.
ރޯމާގެ ފަހަތުން ލީގު ތާވަލްގެ ހަވަނައިގައި އޮތީ 32 މެޗުން 55 ޕޮއިންތް ހޯދާފައިވާ އެޓަލާންޓާ އެވެ. އެޓަލާންޓާ ވަނީ ރޭ ފަހުވަގުތު ކާމިޔާބު ކުރި ގޯލާ އެކު 2-1 އިން ޓޮރީނޯ ބަލިކޮށްފަ އެވެެ.
ހަތްވަނައިގައި އޮތް އިންޓަ މިލާނަށް ވަނީ 31 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ. އަދި ފައިދާ ގޯލުގެ ގޮތުން ވެސް އިންޓަ އުޅެނީ މިލާނާއި ރޯމާ އަށް ވުރެ ތިން ގޯލު ކުރީގަ އެވެ. މިއާ އެކު، ލީގު ދެވަނައިގައި އޮތް ލާޒިއޯއާ ދެކޮޅަށް މިއަދު އިންޓަ ކުޅޭ މެޗު ކާމިޔާބު ކޮށްގެން، އިންޓަ އަށް ލީގު ހަތަރު ވަނައަށް ޖެހިލުމުގެ ފުރުސަތު އެބަ އޮތެވެ.
ލީގުގެ ތިންވަނައިގައި މިވަގުތު އޮތީ ޔުވެންޓަސް އެވެ. ޔުވެންޓަސް އަށް ވަނީ 31 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ލާޒިއޯ އަށް 31 މެޗުން 61 ޕޮއިންޓް ލިބިފައި ވާއިރު އެއްވަނައިގައި އޮތީ 31 މެޗުން 78 ޕޮއިންޓް ހޯދާފައިވާ ނަޕޯލީ އެވެ.
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ލީގުގައި ނަޕޯލީ އާއި އޭސީ މިލާން ބަލިވެއްޖެ
އިބްރަހިމޮވިޗްގެ 400 ވަނަ ގޯލާއެކު ރޯމާ ބަލިކޮށްފި
މިލާންގެ ޖޯޒީގައި ކުޅުންތެރިންގެ މަންމަގެ ނަން
މޮންޒާ؛ ވަރުގަދަ މިލާނަށް ލަނޑުދީ ހިތްދަތި ކޮށްލައިފި
ތިއޯއަށް އާ މަގާމެއް، އެއީ އޭނާ ބޭނުންވި ގޮތް: ކޯޗު
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
"ވާހަކައެއް ނުދައްކާނަން، ޖަވާބު ދޭނީ ދަނޑުމަތިން"
ޖިރޫ ގޯލުގައި ތަފާތު ދައްކައި މިލާން މޮޅުކޮށްދީފި