09 އޮކްޓޯބަރ 2023
ކަލިއަރީ (އޮކްޓޫބަރު 9) - ފާޑުކިޔުންތަކާ ގުޅިގެން މާ ގިނަ ވާހަކައެއް ނުދައްކައި، އެ ކަންކަމަށް ޖަވާބު ދޭނީ ދަނޑުމަތީގައި ޓީމަށް ފައިދާހުރި ކުޅުމެއް ކުޅެދީގެން ކަމަށް އިޓަލީގެ ރޯމާ އަށް ކުޅެމުން އަންނަ ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.
ކަލިއަރީ (އޮކްޓޫބަރު 9) - ފާޑުކިޔުންތަކާ ގުޅިގެން މާ ގިނަ ވާހަކައެއް ނުދައްކައި، އެ ކަންކަމަށް ޖަވާބު ދޭނީ ދަނޑުމަތީގައި ޓީމަށް ފައިދާހުރި ކުޅުމެއް ކުޅެދީގެން ކަމަށް އިޓަލީގެ ރޯމާ އަށް ކުޅެމުން އަންނަ ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.
ލުކާކޫ މިހެން ބުނީ، އޭނާގެ ދެ ގޯލާ އެކު 4-1 ގެ ނަތީޖާ އަކުން ރޭ ރަށުން ބޭރުގައި ކަލިއަރީ ބަލިކުރި މެޗަށް ފަހު އެވެ. ލުކާކޫ ދެ ގޯލު ޖެހިއިރު، ހޮސެމް އައުއާ އާއި އަންޑްރެއާ ބެލޮއްޓީ ވެސް ރޯމާ އަށް ގޯލެއް ޖަހައިދިނެވެ. ކަލިއަރީ އިން ސުން ކަނޑުވާލީ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުންނެވެ.
"އަހަރެންނަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް، ހޫނު މޫސުމުގައި [ޕްރީސީޒަންގައި] އަހަރެން ބުރަކޮށް މަސައްކަތް ކުރަން. އަހަރެންގެ ހާލަތާ މެދު ބައިވަރު މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކާ. އެކަމަކު އަހަރެން ވާހަކައެއް ނުދައްކާނަން. އަހަރެންގެ ގާބިލްކަން ދައްކައިދޭނީ ދަނޑުމަތިން،" ރޭގެ މެޗަށް ފަހު ލުކާކޫ ބުންޏެވެ.
ޗެލްސީގެ ލޯނު އުސޫލުން މި ސީޒަންގައި ރޯމާ އަށް ކުޅެމުން އަންނަ ލުކާކޫ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ފަސް ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން ޔޫރޮޕާ ލީގުގައި ރޯމާ ކުޅުނު ދެ މެޗުން އޭނާ ވަނީ ދެ ގޯލު ޖަހައިދީފަ އެވެ.
ބޮޑު އަގުގައި ޗެލްސީއަށް ބަދަލު ވުމަށް ފަހު އެންމެ ރަނގަޅު ކުޅުން ނުދެއްކި، އޭނާ މިދިޔަ ސީޒަންގައި ވަނީ ލޯނު އުސޫލުން އިންޓަ މިލާނަށް ބަދަލުވެފަ އެވެ. އިންޓަ ގައި ސީޒަންގެ ކުރީކޮޅު އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް ސީޒަންގެ ފަހުކޮޅު އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައި ގޯލުތަކެއް ވެސް ޖަހައިދީފަ އެވެ.
މި ސީޒަންގައި ލުކާކޫ ރޯމާ އަށް ބަދަލުވީ އިންޓަ އަދި ވާދަވެރި ޔުވެންޓަސްގެ ހުށަހެޅުމަށް ވެސް ފުރަގަސް ދީފަ އެވެ.
ސީޒަންގެ ކުރީކޮޅު އުނދަގޫ ހާލަތެއްގައި އޮތް ރޯމާ، ރޭގެ މެޗު ކާމިޔާބު ކުރުމާ އެކު އެ ޓީމު ވަނީ 11 ޕޮއިންޓް ހަމަކޮށްގެން ލީގު ތާވަލްގެ 10 ވަނައަށް ޖެހިލައިފަ އެވެ.
މެޗުން މޮޅުވުމުން ރޯމާ އަށް ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް އެ ޓީމަށް އޮތް ނުތަނަވަސްކަމަކީ ރޭގެ މެޗުގައި އެޓީމަށް ކުޅޭ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑިބާލާ އަށް އަނިޔާ ވުމެވެ.
އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ ވަނީ ރޭ ފިއޮރެންޓީނާއާ ވާދަކޮށް 3-1 އިން ބަލިވެފަ އެވެ. މި އާ އެކު ފިއޮރެންޓީނާ 17 ޕޮއިންޓާ އެކު ލީގު ތާވަލްގެ ހަތަރުވަނައަށް ޖެހިލިއިރު، ނަޕޯލީ ފަސްވަނައިގައި އޮތީ 14 ޕޮއިންޓާ އެކު އެވެ.
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
އިތުރު ވަގުތުގެ ގޯލުތަކުން ރޯމާ އާއި މިލާން އެއްވަރު
ކްރެމޮނީސޭ ފުރަތަމަ މޮޅު ހޯދިއިރު މޮރީނިއޯއަށް ރަތެއް
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރޯމާ އަށް ހަނި މޮޅެއް
ލީގުގައި ނަޕޯލީ އާއި އޭސީ މިލާން ބަލިވެއްޖެ
އިބްރަހިމޮވިޗްގެ 400 ވަނަ ގޯލާއެކު ރޯމާ ބަލިކޮށްފި
ރޯމާއާ އިން ނަޕޯލީ މޮޅުވުމުގެ ސިލްސިލާ ހުއްޓުވައިފި
ޓެމީގެ ހަމައެކަނި ގޯލުން ރޯމާ އަށް މުހިއްމު މޮޅެއް
ލުކާކޫގެ ގޯލާ އެކު އިންޓަ އަށް ފުރިހަމަ ފެށުމެއް