03 ޑިސެމްބަރ 2023
މިލާން (ޑިސެމްބަރު 3) - ފްރޮޒިނޯން ކަލްސީއޯ އާ ދެކޮޅަށް ކުޅުނު މެޗުގައި ތިއޯ ހެނާންޑޭޒް މައި ޑިފެންޑަރަކަށް ކުޅެ އޭނާގެ މޮޅު ކުޅުމާ އެކު 3-1 ން މިލާން މޮޅުކޮށްދީފި އެވެ.
މިލާން (ޑިސެމްބަރު 3) - ފްރޮޒިނޯން ކަލްސީއޯ އާ ދެކޮޅަށް ކުޅުނު މެޗުގައި ތިއޯ ހެނާންޑޭޒް މައި ޑިފެންޑަރަކަށް ކުޅެ އޭނާގެ މޮޅު ކުޅުމާ އެކު 3-1 ން މިލާން މޮޅުކޮށްދީފި އެވެ.
އާންމުކޮށް ވިންގް ބެކަށް ކުޅޭ ތިއޯ ޑިފެންސްގެ މައި މަގާމު ދިނީ، އޭޏާ އެގޮތަށް ބޭނުންވުމުން ކަމަށް، މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުންޏެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ފްރާންސްގެ ގައުމީ ޓީމުގެ ޑިފެންޑަރު ހޯދި އެވެ.
ތިއޯ ހެނާންޑޭޒް ސެންޓަ ބެކަށް ކުޅެން ޖެހުނު ނަމަވެސް ރަނގަޅު ވަގުތުގައި ޕޮޒެޝަންތަކަށް އޭނާ އަރަ އެވެ. އޭނާ ކުރިއަށް އަރާ ވަގުތު ފަހަތް ބަލަހައްޓަން އަލެސެންޑްރޯ ފްލޮރެންޒީ ދެމިހިުރެ އެވެ.
"އޭނާގެ ފަރާތުން ވެސް އެ ހިޔާލު އައީ، އޭނާ އަހަރެންނާ ވާހަކަދައްކާފަ ބުނި ބުނީ އަހަރެން ބޭނުންވެއްޖެ ނަމަ އެ މަގާމަށް ކުޅެވިދާނެ ކަމަށް،" ސްމެޗަށް ފަހު ދިން އިންޓަވިއުއެއްގައި ޕިއޯލީ ބުންޏެވެ.
"އޭނާ ވަރަށް ރަނގަޅަށް ޑިފެންސްކޮށް، ވާތުފައިގެ ހުނަރު ވަރަށް ރަނގަޅަށް ދެއްކި. އަހަންނަށް ވަރަށް ގިނަ ކަންތައްތަކެއް އޭނާ ދައްކައިދިން. ސެޓް ޕްލޭއެއްގައި އޮތީ ކުޑަ ކުޑަ ވަގުތުކޮޅެއްގައި އަތުން ދުވެފަ. ގިނަ އަނިޔާތަކެއް ޓީމަށް ކުރިމަތިވެފައި އޮތް އުނދަގޫ ދަނޑިވަޅެއްގައި ހަގީގަތުގައި ޓީމަށް އެހީވުމުގެ ޝައުގުވެރިކަން އޭނާ ދައްކައިދިނީ."
މެޗަށް މިލާނު ނުކުތް އިރު އެ ޓީމަށް އޮތީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ކޫޑަވެފަ އެވެ. ބޮރޫޝިއާ ޑޯޓްމަންޑް އަތުން މިދިޔަ ހަފުތާގައި ބަލިވި، މިލާނަށް ރޭ ގެ މެޗުގައި ލަނޑުތައް ޖަހައި ދިނީ ލުކަ ޔޫވިޗް، ކްރިސްޓިއަން ޕުލުސިޗް އަދި ފިކަޔޯ ޓޮމާރީ އެވެ. ފްރޮޒިނޯންގެ ލަނޑު ޖެހީ މާކޯ ބްރެސްޗިއަނީނީ އެވެ.
މިލާންގެ ޖޯޒީގައި ކުޅުންތެރިންގެ މަންމަގެ ނަން
މޮންޒާ؛ ވަރުގަދަ މިލާނަށް ލަނޑުދީ ހިތްދަތި ކޮށްލައިފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ޖިރޫ ގޯލުގައި ތަފާތު ދައްކައި މިލާން މޮޅުކޮށްދީފި
އިތުރު ވަގުތުގެ ގޯލުތަކުން ރޯމާ އާއި މިލާން އެއްވަރު
ނަޕޯލީ 12 ޕޮއިންޓްކުރީގައި، 50 ޕޮއިންޓް ހަމަކޮށްފި
އޮރިގީގެ ފުރަތަމަ ލަނޑާއެކު މިލާނުން މޮންޒާ ބަލިކޮށްފި
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި