Roadha Mihaaru
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި

ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި

09 އޮކްޓޯބަރ 2022

މިލާން (އޮކްޓޫބަރު 9) - އިޓާލިއަން ސެރީއޭ ގެ އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިލާން (އޮކްޓޫބަރު 9) - އިޓާލިއަން ސެރީއޭ ގެ އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށްފި އެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ޔުވެންޓަސް އިންނެވެ. ނަމަވެސް ހުއާން ކުއަޑްރާޑޯ ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ.

އިރުކޮޅެއް ފަހުން ސަންޑްރޯ ޓޮނާލީ ނެގި ކޯނަރެއްގައި ރަފައެލް ލެއާއޯ ޖައްސާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހުނު އިރު، އޭނާ ދެން ފޮނުވާލި ހަމަލާ ބްލޮކް ކުރީ ޑޫސާން ވްލަހޯވިޗް އެވެ. އަދި އޭރިއާ ބޭރުން ލެއާއޯ ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލުގެ ދަނޑިއަށް އަމާޒު ވެފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މިލާނަށް ލީޑު ނަގައިދިން ލަނޑު ޖެހީ ފިކަޔޯ ޓޮމޯރީ އެވެ. ކޯނަރުން ލިބުނު ބޯޅަ އޮލިވިއޭ ޖިރޫ ކުރިއަށް ފޮނުވާލި ނަމަވެސް ކުރިމަތީ ހުރި އެޓީމުގެ ޓޮމޯރީ ގައިގައި ޖެހިފައި ބޯޅަ ބްލޮކް ވިއެވެ. ނަމަވެސް ޓޮމޯރީ ވަނީ އެއްފަހަރުން އެނބުރިލާފައި މަތަވި ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފުގައި މެޗުގެ 54 ވަނަ މިނިޓުގައި މިލާނުގެ ދެވަނަ ލަނޑު ޖެހީ ބްރަހީމް ޑިއާޒް އެވެ. ވްލަހޯވިޗް ޔުވެންޓަސްގެ ކުޅުންތެރިއަކަށް ދޭން ސެންޓަ ސާކަލް އާ ދިމާއަށް ފަހަތަށް ޖައްސާލި ބޯޅަ އަމިއްލަ ހާފް ތެރެއިން ހޯދައި، ޑިއާޒް ވަނީ އެކަނި މާ އެކަނި ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއިން ލީޑު ފުޅާ ކޮށްދީފަ އެވެ.

ޔުވެންޓަސް އިން ވެސް ފަހު ވަގުތު ގޯލު ޖަހަން މަސައްކަތް ކުރި އެވެ. އާކަޑިއޫޒް މިލިކް ބޮލުން ފޮނުވާލި ބޯޅަ މިލާނުގެ ކީޕަރު ދިފާއު ކުރިއިރު، މޮއިސް ކީން ކުރިއަށް އަރައި ފޮނުވާލި ބޯޅަ ބްލޮކް ކުރީ ޕިއެރޭ ކަލޫލޫ އެވެ.

މިލާނުން އިތުރު ލަނޑެއް ޖަހަން ހޯދި ފުރުސަތުތަކުގައި އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. ތެއޯ ހެނާންޑޭޒް އަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ހަމަލާ ގޯލު ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު، ޑިވޮކް އޮރިގީ ފޮނުވާލި ހަމަލާއެއް ކީޕަރު ވޮއިޒެކް ޝެޒްނީ ދިފާއު ކުރި އެވެ.

މި ނަތީޖާއާ އެކު މިލާނަށް ވަނީ ކުޅުނު ނުވަ މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. އަދި އެޓީމު މިވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އުނދަގޫ ފައްތަރެއްގައި އޮތް ޔުވެންޓަސް ވަނީ މިދިޔަ ހަފްތާ ލީގުގައި ބޮލޯނިއާ ބަލިކޮށް، އޮގަސްޓް މަހަށް ފަހު ފުރަތަމަ ފަހަރަށް ލީގުގައި މޮޅެއް ހޮދައިފަ އެވެ.

ބޮލޯނިއާ ވަނީ އަމިއްލަ ދަނޑުގައި ރޭ ސަމްޑޯރިއާއާ ވާދަކޮށް 1-1 އިން އެއްވަރު ކޮށްފަ އެވެ.

މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު އެލެގްރީ ބުނީ، ޓީމުން ހެދޭ ކުދިކުދި ގޯސްތައް މަދުކުރެވެން ޖެހޭނެ ކަމަށާއި، އޮތް ގޮތަކީ ހިތްވަރު އެލުވާނުލައި ގަދައަޅާ މަސައްކަތް ކުރުން ކަމަށެވެ.

"އަހަރެމެންނަށް މި ސީޒަނުގައި ވަރަށް ބައިވަރު އުސްގަނޑުތަކާއި އަޑިގުޑަންތައް އެބަ ކުރިމަތިވޭ، އެކަމަކު ގޯސްކޮށް ދިޔަ ކަންކަމުން އަރައިގަނެވުނު ކަމަށް އަހަރެންނަށް ހީކުރެވުނީ،" މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު އެލެގްރީ ބުންޏެވެ.

"އެންމެ ފުރަތަމަ ވަން ގޯލަކީ އެއީ އަހަރެމެންގެ ޓެކްނިކަލް މައްސަލައެއް. އޭގެ ގޯސް މާ ގިނައިން އަހަރެމެންގެ ކުޅުންތެރިންނަށް ހެދެނީ. އަހަރެމެންނަށް ޖެހޭނީ މަޑުމައިތިރި ކަމާ އެކު އަތުކުރި އޮޅާލައިގެން ކުރިއަށް އޮތް މަކާބީ މެޗަށް ރަނގަޅު ވިސްނުން ބަހައްޓަން."

އިންޓަ މިލާން ވަނީ ރަށުން ބޭރުގައި ރޭ 2-1 އިން ސަސުއޮލޯ ބަލިކޮށްފަ އެވެ.

ފުރަތަމަ ހާފް ނިމެން މިނިޓަކަށް ވެފައި ވަނިކޮށް އިންޓަ އަށް ލީޑު ނަގައިދިނީ އެޑިން ޒެކޯ އެވެ. ނަމަވެސް ދެ ވަނަ ހާފުގެ 15 ވަނަ މިނިޓުގައި ސަސުއޮލޯ އިން ނަތީޖާ އެއްވަރު ކުރި އެވެ. އަދި އޭގެ 10 މިނިޓް ފަހުން އިންޓަ އަށް ދެ ވަނަ ފަހަރަށް ލީޑު ހޯދައިދިނީ ވެސް ޒެކޯ އެވެ.