07 ފެބުރުއަރީ 2022
ޓިއުރިން (ފެބްރުއަރީ 7) - ނިމިދިޔަ ފިނިމޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޔުވެންޓަސް އަށް ގެނައި ކުޅުންތެރިންގެ ލަނޑުތަކުން އިޓާލިއަން ސެރީ އާގައި ވެރޯނާއާ ދެކޮޅަށް ރޭ ކުޅުނު މެޗު 2-0 އިން ޔުވެންޓަސް ކާމިޔާބު ކޮށްފި އެވެ.
ޓިއުރިން (ފެބްރުއަރީ 7) - ނިމިދިޔަ ފިނިމޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޔުވެންޓަސް އަށް ގެނައި ކުޅުންތެރިންގެ ލަނޑުތަކުން އިޓާލިއަން ސެރީ އާގައި ވެރޯނާއާ ދެކޮޅަށް ރޭ ކުޅުނު މެޗު 2-0 އިން ޔުވެންޓަސް ކާމިޔާބު ކޮށްފި އެވެ.
ޔުވެންޓަސްގެ ފުރަތަމަ ލަނޑު ޖަހައިދިނީ، 75 މިލިއަން ޔޫރޯ އަށް ފިއޮރެންޓީނާ އިން ޔުވެންޓަސް އަށް ގެނައި ސާބިއާގެ ޒުވާން ފޯވާޑް ޑޫސާން ވްލަހޯވިޗެވެ. މި ސީޒަނުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުން އެ ހުސްވެފައިވާ ހަތް ނަމްބަރު ޖޯޒީގައި ވްލަހޯވިޗްގެ ފުރަތަމަ ލަނޑު ޖަހަން މާ އިރެއް ނުނަގަ އެވެ. ޕައުލޯ ޑިބާލާ، ވެރޯނާގެ ޑިފެންސް ފަހަތަށް، މަތިން ވައްޓާލި ބޯޅަ ހޯދައި، ވްލަހޯވިޗް ވަނީ އެއްފަހަރުން ކީޕަރުގެ ބޯ މަތިން ގޯލަށް ފޮނުވާލައިފަ އެވެ.
ވްލަހޯވިޗް އޭނާ ޔުވެންޓަސް އަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
ޔުނެވްޓަސް އަށް ސޮއިކުރި އިރު ވެސް 17 ލަނޑު ޖަހައިގެން ވްލަހޯވިޗް އޮތީ ލީގުގެ ލަނޑު ލިސްޓުގެ ކުރީގަ އެވެ. ޔުވެންޓަސް އަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑަކީ މި ސީޒަނުގައި ލީގުގައި އޭނާ ޖެހި 18 ވަނަ ލަނޑެވެ.
ޔުވެންޓަސްގެ ދެވަނަ ލަނޑު 61 ވަނަ މިނިޓުގައި ޖަހައިދިނީ ޓްރާންސްފާ ޑެޑްލައިންޑޭގައި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކުން ފަސް މިލިއަން ޔޫރޯއަށް ގެނައި ސްވިޒަލެންޑް ފޯވާޑް ޑެނިސް ޒަކަރިއާ އެވެ. ޔުވެންޓަސްގެ ހާފް ތެރެއިން އެކަނި މާއެކަނި ބޯޅަ ހިފައިގެން ގޮސް އިދިކޮޅު ޕެނަލްޓީ އޭރިޔާއާ ދިމާލުން ހުސް ކޮށްލާފައި ޒަކަރިއާ އަށް ދިން ބޯޅަ އޭނާ ވަނީ ކޮންޓްރޯލް ކޮށްލާފައި ތިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.
މިއީ މި ދެ ކުޅުންތެރިން ވެސް ޔުވެންޓަސްގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ. މި ނަތީޖާއާ އެކު ޔުވެންޓަސް ވަނީ 24 މެޗުން 45 ޕޮއިންޓް ހޯދައިގެން ލީގު ޓޭބަލްގެ ހަތަރުވަނަ އަށް ޖެހިލައިފަ އެވެ.
އިންޓަ އާއި އޭސީ މިލާން ކުޅުނު މެޗަށް ފަހު ޖިރޫޑ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
އިޓާލިއަން ލީގުގެ އެއްވަނައިގައި މި ވަގުތު އޮތީ އިންޓަ މިލާނެވެ. އެ ޓީމު ވަނީ 23 މެޗުން 53 ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް އެންމެ ފަހުން ހޮނިހިރު ދުވަހުގެ ރޭ އޭސީ މިލާން ވަނީ ލީގުގައި ފަހަތުން އަރައި 2-1 އިން އިންޓަ ބަލިކޮށްފަ އެވެ.
ފުރަތަމަ ހާފުގައި އިންޓަ އަށް އިވާން ޕެރިސިޗް ލީޑު ނަގައިދީފައި ވަނިކޮށް، ދެވަނަ ހާފުގެ ފަހު 15 މިނިޓުތެރޭ ދެ ލަނޑު ޖަހައި އޭސީ މިލާން މެޗުން މޮޅުކޮށްދިނީ އޮލިވިއޭ ޖިރޫ އެވެ.
ތިންވަނައިގައި އޮތް އޭސީ މިލާނާއި ދެވަނައިގައި އޮތް ނަޕޯލީ އަށް ވެސް ވަނީ 24 މެޗުން 52 ޕޮއިންޓް ލިބިފަ އެވެ. ނަޕޯލީން ރޭ ރަށުން ބޭރުގައި ވެނީޒިއާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
އޭސީ މިލާނުން އެއްވަނައިގައި ލީޑު ދަމަހައްޓައިފި
ޓޮރީނޯ އަތުން މޮޅު ނުވިޔަސް އޭސީ މިލާން އެއްވަނައިގައި
އިންޓަ އާއި ނަޕޯލީ މޮޅުވެ، ޕްރެޝަރު އޭސީ މިލާނަށް
ރޯމާ ބަލިކޮށް އޭސީ މިލާނުން ފަރަގު ކުޑަކޮށްފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީ އެއްވަރު، މޮންޒާ އަތުން އިންޓަ ބަލިވެއްޖެ
ނަޕޯލީ 12 ޕޮއިންޓްކުރީގައި، 50 ޕޮއިންޓް ހަމަކޮށްފި
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި