Roadha Mihaaru
ނަޕޯލީ އެއްވަރު، މޮންޒާ އަތުން އިންޓަ ބަލިވެއްޖެ

ނަޕޯލީ އެއްވަރު، މޮންޒާ އަތުން އިންޓަ ބަލިވެއްޖެ

16 އެޕްރީލް 2023

މިލާން (އޭޕްރީލް 16) - ރެލިގޭޝަންގައި އޮތް ހަލެސް ވެރޯނާއާ ވާދަކޮށް އިޓާލިއަން ލީގު އެއްވަނައިގައި އޮތް ނަޕޯލީ އަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެން ޕޮއިންޓަކުން ފުއްދާލަން ޖެހުނުއިރު، މޮންޒާ އަތުން 1-0 އިން އިންޓަ މިލާން ބަލިވެއްޖެ އެވެ.

މި މެޗުގައި ނަޕޯލީގެ އެއްވަނަ ގޯލް ސްކޯރާ ވިކްޓާ އޮސިމްހެން ވަނީ އަނިޔާއިން ރަނގަޅުވެގެން ފަހު ހާފުގައި ކުޅެން އަރައިފަ އެވެ. އޭނާގެ ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒުވި ނަމަވެސް، ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

ނަޕޯލީ ވަނީ މިދިޔަ ހަފްތާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ވާދަވެރި އޭސީ މިލާން އަތުން ރަށުން ބޭރުގައި 1-0 އިން ބަލިވެފަ އެވެ. އަދި މި މަހު ކުރީކޮޅު އިޓާލިއަން ލީގުގައި އަމިއްލަ ދަނޑުގައި އޭސީ މިލާން އަތްދަށުވީ 4-0 އިންނެވެ.

ނަޕޯލީ އަށް ދެން އޮތީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރެއެވެ.

ނަޕޯލީގެ އޮސިމްހެން ބޯޅަ ކުރިއަށް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ނަޕޯލީގެ އޮސިމްހެން ބޯޅަ ކުރިއަށް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ލީގުގައި ވެރޯނާއާ ކުޅެ އެއްވަރު ވުމާ އެކު ނަޕޯލީ އެއްވަނައިގައި އޮތީ 30 މެޗުން 75 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ 30 މެޗުން 61 ޕޮއިންޓް ހޯދާފައިވާ ލާޒިއޯ އެވެ.

އޭސީ މިލާން ވަނީ ރަށުން ބޭރުގައި ބޮލޯނިއާ އާ 1-1 އިން އެއްވަރުކޮށް، 30 މެޗުން 53 ޕޮއިންޓް ހޯދައިފަ އެވެ. ތިންވަނައިގައި އޮތް ރޯމާ ވަނީ އެއް މެޗު މަދުން ކުޅެގެން 53 ޕޮއިންޓް ހޯދައިފަ އެވެ.

މޮންޒާ އަތުން ބަލިވެގެން އިންޓަ އަށް ވަނީ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. ލީގުގެ ފަސްވަނައިގައި އިންޓަ އޮތީ 30 މެޗުން 51 ޕޮއިންޓް ހޯދައިގެނެނެވެ.

މެޗުގެ 78 ވަނަ މިނިޓުގައި އިންޓަ ބަލިކުރި ލަނޑު މޮންޒާ އަށް ޖަހައިދިނީ، އިންޓަ ގެ އެކަޑަމީއިން ތަމްރީނުވި ކުޅުންތެރިޔާ ލޫކާ ކަލްޑިރޯލާ އެވެ.

އިޓާލިއަން ލީގުގައި އިންޓަ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. މި މުއްދަތުގައި އެއް މެޗުން އެއްވަރުވެ، ފަސް މެޗުން ވަނީ ބަލިވެފަ އެވެ.