23 އޮކްޓޯބަރ 2022
މިލާން (އޮކްޓޫބަރު 23) - ގިނަ ދުވަސްތަކެއް ވަންދެން އޭސީ މިލާން ހިންގެވި އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ، މިހާރު ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި މޮންޒާ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރޭ 4-1 އިން މިލާން މޮޅު ވެއްޖެ އެވެ.
މިލާން (އޮކްޓޫބަރު 23) - ގިނަ ދުވަސްތަކެއް ވަންދެން އޭސީ މިލާން ހިންގެވި އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ، މިހާރު ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި މޮންޒާ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރޭ 4-1 އިން މިލާން މޮޅު ވެއްޖެ އެވެ.
ސެން ސީރޯ ސްޓޭޑިއަމްގައި އޭސީމިލާނުން ފުރަތަމަ ހާފު ނިންމާލީ، ރެއާލް މެޑްރިޑުގެ ލޯނު އުސޫލުން ކުޅޭ ބްރަހީމް ޑިއާޒް ގެ ގޯލުތަކުން، ދެ ގޯލުގެ ލީޑަކާ އެކު އެވެ.
މިލާނުގެ ރޮމޭނިއާ ކީޕަރު ސިޕްރިއަން ޓަޓަރުސާނޫ 16 ވަނަ މިނިޓުގައި ސައްޕު ޖަހައި ކުރިއަށް ފޮނުވާލި ބޯޅަ، އަމިއްލަ ހާފުގައި ސެންޓަ ސާކަލް ތެރެއިން ބޯޅަ ހޯދައިގެން އޭނާ ވަނީ އެކަނި މާ އެކަނި އޭރިއާ ތެރެއަށް ވަދެ، ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. އަދި ދެ ވަނަ ލަނޑު ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ އޮރީގީ ދިން ޕާހެއް ކޮންޓްރޯލް ކޮށްލައިފަ އެވެ.
ދެ ވަނަ ހާފު ފެށިގެން މެޗުގެ 65 ވަނަ މިނިޓުގައި މިލާންގެ ތިން ވަނަ ލަނޑު ޖަހައިދިނީ، ލިވަޕޫލް ދޫކޮށް މި ސީޒަންގައި އެޓީމާ ގުޅުނު ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ އެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިފަ އެވެ.
އޭގެ ފަސް މިނިޓު ފަހުން ލިބުނު ހިލޭ ޖެހުމަކުން މޮންޒާ ގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފިލިޕޯ ރަނޯކިއާ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާޏް ހަ މިނިޓަށް ވެފައި ވަނިކޮށް މިލާނުގެ ހަތަރު ވަނަ ލަނޑު، ތިއޯ ހެނާންޑޭޒް ދިން ޕާހަކުން ޖަހައިދިނީ ޕޯޗުގަލް ވިންގާ ރަފައެލް ލެއާއޯ އެވެ.
މި ނަތީޖާއާ އެކު މިލާން ވަނީ 11 މެޗު ކުޅެގެން އެއް ވަނައިގައި އޮތް ނަޕޯލީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފަ އެވެ. މިލާނާއި ނަޕޯލީ އަށް ވެސް ލިބިފައި ވަނީ 26 ޕޮއިންޓެވެ. ނަޕޯލީ އެއް ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ.
މިލާނުގެ ވާދަވެރި އިންޓަ މިލާން ވެސް ވަނީ ރޭ އެޓީމު ރަށުން ބޭރުގައި ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފަ އެވެ.
އިތުރު ވަގުތުގައި ލަނޑު ޖަހައިގެން އިންޓަ އިން ފިއޮރެންޓީނާ ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެ ވަނަ މިނިޓުގައި ނިކޯލޯ ބަރެއްލާ އިންޓަ އަށް ލީޑު ނަގައިދީފައި ވަނިކޮށް، 15 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ ލައުޓޭރޯ މާޓިނޭޒް އެވެ. އެހެން ނަމަވެސް އާތޫރު ކަބްރާލް ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ފިއޮރެންޓީނާ އަށް ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްދީފަ އެވެ.
ދެ ވަނަ ހާފު ފެށިގެން 15 ވަނަ މިނިޓުގައި ފިއޮރެންޓީނާ އަށް ނަތީޖާ އެއްވަރު ކޮށްދިނީ ޖޮނަތަން އިކޯނޭ އެވެ. އަދި އޭގެ 13 މިނިޓު ފަހުން ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން މާޓިނޭޒް ވަނީ އަލުން އިންޓަ އަށް ލީޑު ހޯދައިދީފަ އެވެ.
ފޯރި ގަދަވި މި މެޗުގެ 90 ވަނަ މިނިޓުގައި ފިއޮރެންޓީނާގެ ލޫކާ ޖޮވިޗް ލަނޑެއް ޖަހައި ދެ ވަނަ ފަހަރަށް ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް، އިތުރު ވަގުތުގެ ފަސް ވަނަ މިނިޓުގައި އިންޓަ އަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިނީ ހެންރިކް މިކިތާރިއަން އެވެ.
މި ނަތީޖާއާ އެކު އިންޓަ ވަނީ 11 މެޗުން 21 ޕޮއިންޓް ހަމަކޮށް، ޓޭބަލްގެ ހަތް ވަނައަށް ޖެހިލައިފަ އެވެ. އިންޓަގެ ކުރީގައި، ލީގުގެ ފަސް ވަނަ އަދި ހަ ވަނައިގައި އޮތް ލާޒިއޯ އާއި އުޑިނޭޒީ ވަނީ 10 މެޗުން 21 ޕޮއިންޓް ހަމަކޮށްފަ އެވެ.
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ނަޕޯލީ 12 ޕޮއިންޓްކުރީގައި، 50 ޕޮއިންޓް ހަމަކޮށްފި
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ލެއާއޯގެ ދެ ލަނޑާއެކު މިލާނުން އިންޓަ ބަލި ކޮށްފި
ޓޮރީނޯ އަތުން މޮޅު ނުވިޔަސް އޭސީ މިލާން އެއްވަނައިގައި
ލީގުގައި ނަޕޯލީ އާއި އޭސީ މިލާން ބަލިވެއްޖެ
އިބްރަހިމޮވިޗްގެ 400 ވަނަ ގޯލާއެކު ރޯމާ ބަލިކޮށްފި
އިންޓަ ލީޑު ދެމެހެއްޓިއިރު، މިލާނަށް މުހިއްމު މޮޅެއް