Roadha Mihaaru

އެވަޓަންގެ ސްޓޭޑިއަމްގެ މިލްކުވެރިކަން އަންހެން ޓީމަށް ބަދަލުކޮށްފި

އެވަޓަން ފުޓްބޯލް ކްލަބުން އެ ކްލަބުގެ ތާރީހީ ގޫޑިސަން ޕާކް ސްޓޭޑިއަމްގެ މިލްކުވެރިކަން އެ ކްލަބުގެ އަންހެން ޓީމު، އެވަޓަން ވިމެން އަށް ބަދަލުކޮށްފި އެވެ.

އެވަޓަންގެ ސްޓޭޑިއަމްގެ މިލްކުވެރިކަން އަންހެން ޓީމަށް

އެވަޓަން ފުޓްބޯލް ކްލަބުން އެ ކްލަބުގެ ތާރީހީ ގޫޑިސަން ޕާކް ސްޓޭޑިއަމްގެ މިލްކުވެރިކަން އެ ކްލަބުގެ އަންހެން ޓީމު، އެވަޓަން ވިމެން އަށް ބަދަލުކޮށްފި އެވެ.

މި ބަދަލާ އެކު އަންނަ ސީޒަނުން ފެށިގެން އެވަޓަންގެ އަންހެން ޓީމުގެ ހޯމް މެޗުތައް ކުޅޭނީ ގޫޑިސަންޕާކުގަ އެވެ. ޑޭވިޑް މޮއިސް ކޯޗުކޮށް ދޭ އެވަޓަންގެ ފިރިހެން ޓީމު މިހާރު ވަނީ އަލުން އިމާރާތް ކުރި ހިލް ޑިކިންސަން ސްޓޭޑިއަމަށް ބަދަލުވެފަ އެވެ.

މި ހަފުތާގައި އެވަޓަން އިން ވަނީ އަންހެން ޓީމު، އެ ކްލަބުގެ ވެރިޔާ ޑޭން ފްރައިޑްކިންގެ ކުންފުންޏަކަށް ވިއްކާލައިފަ އެވެ.

އިނގިރޭސިވިލާތުގެ ކުންފުނިތަކާ ބެހޭ ރަސްމީ އިދާރާ ކޮމްޕެނީސް ހައުސްއިން އާންމު ކުރި ލިޔުންތަކުން އެނގޭ ގޮތުގައި އެވަޓަން ޓީމު ވިއްކާލީ ކްލަބް ފްރީޑްކިންގެ ހިއްސާ އޮންނަ އަދި ކޮންޓްރޯލް ކުރާ ރައުންޑްހައުސް ކެޕިޓަލް ހޯލްޑިންގްސް އަށެވެ. މި އެއްބަސްވުމުގައި އެވަޓަން އެފްސީގެ ތާރީހީ ސްޓޭޑިއަމް ގުޑިސަން ޕާކްގެ މިލްކުވެރިކަން ބަދަލުކުރުން ވެސް ހިމެނެ އެވެ.

އަންހެން ފުޓްބޯޅަ ޓީމު ވަކި ކުންފުންޏެއްގެ ނަމަށް ބަދަލު ކުރުމުގެ ބޭނުމަކީ އަންހެން ފުޓްބޯޅައިގެ މަގުބޫލުކަން ބޮޑު އެމެރިކާގެ އިންވެސްޓަރުންގެ ޝައުގުވެރި ކުރުވުމެވެ. މި ފިޔަވަޅުގެ އަނެއް ބޭނުމަކީ ފިރިހެން ޓީމަށް ޓްރާންސްފާ އަށް ހަރަދުކުރާނެ ފައިސާ ހޯދުމާއި އަންހެން ޓީމު އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމެވެ.

އަންހެން ޓީމުގެ ހިއްސާއިން ބައެއް ވިއްކާލައިގެން ޗެލްސީން ވެސް ވަނީ އިންވެސްޓްމެންޓެއް ހޯދައިފަ އެވެ. ޗެލްސީގެ އަންހެން ޓީމުގެ 8 ޕަސަންޓް ހިއްސާ އެ ކްލަބުން ވިއްކާލީ ރެޑިޑިޓްގެ ފައުންޑަރު އެލްކްސިސް އޮހޭނިއަން އަށެވެ. މި އަހަރު ހެދި އެ ޑީލުން ޗެލްސީން 240 މިލިއަން ޕައުންޑް ހޯދި އެވެ.

އެކަމަކު ޗެލްސީގެ އަންހެން ޓީމަށް ވުރެ އެވަޓަންގެ އަންހެން ޓީމުގެ ވެލިއު ދަށެވެ. އެވަރުގެ އިންވެސްޓްމެންޓެއް އެ ކްލަބަށް ހޯދިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.