މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ބޮޑު ސަމާލުކަމެއް ހޯދި ކްރޮއޭޝިއާގެ މޮޑެލް އިވާނާ ކޮނޯލް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
18 ޖެނުއަރީ 2023
މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ބޮޑު ސަމާލުކަމެއް ހޯދި ކްރޮއޭޝިއާގެ މޮޑެލް އިވާނާ ކޮނޯލް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
އުމުރުން 30 އަހަރުގެ އިވާނާ އޭނާގެ އިންސްޓަގްރާމްގައި ރާއްޖޭގެ ރިސޯޓެއްގައި ނަގާފައި ހުރި ފޮޓޯތަކެއް އިއްޔެ ޕޯސްޓުކޮށްފައިވެ އެވެ. އެއީ ކޮން ރިސޯޓެއް ކަމެއް އެނގޭކަށް ނެތެވެ.
ވޯލްޑް ކަޕްގައި "އެންމެ ރީތި ފޭން" ގެ ގޮތުގައި މަޝްހޫރުވި އިވާނާ
ވޯލްޑްކަޕުގައި އޭނާ މަޝްހޫރު ވެފައިވަނީ "އެންމެ ރީތި ފޭން" ގެ ގޮތުގަ އެވެ. އޭނާގެ ގައުމުގެ ދިދަ ރަމްޒުކޮށްދޭ ކުރު ޓޮޕްތަކެއް ލައިގެން ގައުމީ ޓީމަށް ސަޕޯޓުކުރަން ދަނޑަށް ގޮސް ހުރި ފޮޓޯތައް އޭރު މުޅި ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ.
އެ ފޮޓޯތައް މައްސަލަގަނޑަކަށް ވެ އެއްބަޔަކު ދެކޮޅަށް އަޑު އުފުލި އެވެ. އެއީ ގަތަރުގައި ހުއްދަ ނޫން މިންވަރަށް އޭނާ ނިވާކަން ކުޑަކޮށް ހުންނާތީ އެވެ.
ވޯލްޑް ކަޕަށް ފަހު އިވާނާ އަށް ވަނީ މިލިއަނުން އިންސްޓަގްރާމް ފޮލޯވަރުން އިތުރުވެފަ އެވެ. މުބާރާތުގެ ކުރިން މިލިއަނަކާ ގާތްކުރާ ވަރަށް ވެސް ފޮލޮވަރުން ނެތް އިވާނާގެ އިންސްޓަގްރާމަށް ފޮލޯކުރާ މީހުންގެ އަދަދު މިހާރު އުޅެނީ 3.6 މިލިއަންގަ އެވެ.
ޖަޕާން ހިތްދަތިކޮށްލުމަށް ފަހު ކްރޮއޭޝިއާ ކުއާޓާ އަށް
ކެނެޑާ ކަޓައިފި، ކްރޮއޭޝިއާމޮޅުވެ ބެލްޖިއަމަށް ޕްރެޝަރު
ކެނަޑާ ކޯޗުގެ ބަހުގެ ހަމަލާ ވިހަވެއްޖެ
ގޯރީގެ ރެސްޓޯރެންޓުގައި ދަރިންނަށް "ސިއްރު ދޮރެއް"
ފަރާއާ އެކު އޭނާގެ ކައްކާ ވެސް ރާއްޖޭގައި
އީދު ކުޅިވަރު ބަލައިލަން ފަރާ ޚާން ރާއްޖެ އަތުވެއްޖެ
ހީނާ އާއި ރޮކީ ކައިވެނިކޮށްފި
ޖަސްޓިންއަށް ކުރި ދެ ދައުވާއެއް އަނބުރާ ގެންގޮސްފި
މަސައްކަތު ވަގުތު 8 ގަޑިއިރަށް ކުޑަކުރަން ގޮވާލަނީ
ކާފަ ދަރިފުޅު އުރަން ސުނިލް ކަސްރަތު ބަދަލުކޮށްފި