24 ނޮވެމްބަރ 2022
އަލް ރައްޔާން (ނޮވެމްބަރު 24) - ގާތްގަނޑަކަށް 36 އަހަރުގެ މެދުކެނޑުމަކަށް ފަހު ވޯލްޑް ކަޕަށް އައި ކެނެޑާގެ އަތުން އެންމެ ފަހުގެ މުބާރާތުގައި ބްރޯންޒް މެޑަލް ހޯދި ބެލްޖިއަމުން އުނަދގޫ މޮޅަކާ އެކު މުބާރާތް ފަށައިފި އެވެ.
އަލް ރައްޔާން (ނޮވެމްބަރު 24) - ގާތްގަނޑަކަށް 36 އަހަރުގެ މެދުކެނޑުމަކަށް ފަހު ވޯލްޑް ކަޕަށް އައި ކެނެޑާގެ އަތުން އެންމެ ފަހުގެ މުބާރާތުގައި ބްރޯންޒް މެޑަލް ހޯދި ބެލްޖިއަމުން އުނަދގޫ މޮޅަކާ އެކު މުބާރާތް ފަށައިފި އެވެ.
ބެލްޖިއަމް މޮޅުވީ 1-0 އިންނެވެ. ވޯލްޑް
ވޯލްޑް ކަޕްގެ ތަޖުރިބާ އެއްގޮތަކަށް ވެސް ނެތް ކެނެޑާގެ ސްކްޑްގައި ބެލްޖިއަމާ އަޅާ ބަލާއިރު މަޝްހޫރު ތަރިން އެއް ގޮތަކަށް ވެސް ނެތެވެ. އެކަމަކު ކެނެޑާގެ ފަރާތުން ވަނީ ބެލްޖިއަމަށް ނުރައްކާ ކޮށްފަ އެވެ.
ލަނޑު ޖަހާނެ ފުރަތަމަ ރަނުގެ ފުރުސަތު ލިބުނީ ކެނެޑާ އަށެވެ. ބެލްޖިއަމްގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހުމުން، ވީއޭއާރް މެދުވެރިކޮށް ބަލައި ރެފްރީ ދިނީ ޕެނަލްޓީ އެކެވެ.
މެޗުގެ 10 ވަނަ މިނެޓްގައި ލިބުނު އެ ޕެނަލްޓީ ކެނެޑާގެ ސްޓާ ފޯވާޑް އަލްފަންސޯ ޑާވިސް ފޮނުވައިލުމުން، ބެލްޖިއަމްގެ ކީޕަރު ކޯޓްއާ ދިފާއު ކުރި އެވެ. ބެލްޖިއަމްގެ ލަނޑު މިޝީ ބަޓްޝުއާއި ޖެހީ 44 ވަނަ މިނެޓްގަ އެވެ. '
ދެވަނަ ހާފުގައި ވެސް ބެލްޖިއަމްގެ އެޓޭކިން ތާޑްގައި ކެނެޑާއިން ނުރައްކާ ކުރި އެވެ. މެޗުގައި ގިނަ ހަމަލާތައް އުފެއްދީ ވެސް ކެނެޑާގެ ޓީމުންނެވެ. އެކަމަކު އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ލިބުނު ފުރުސަތުތައް ނިންމައި ނުލެވުމެވެ. ދެވަނަ ހާފުގައި ކުޅެން ނުކުތް ލާރިން އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. ޖޮނަތަން ޑޭވިޑް ނަގައިދިން ހުރަހަކުން ލާރިން ބޮލުން ފޮނުވައިލި ބޯޅަ ނުރައްކާކޮށް ދިޔަ ނަމަވެސް ކީޕަރު ކޯޓްއާ އެ ބޯޅަ ދިފާއު ކުރި އެވެ.
ބެލްޖިއަމްގެ ކެވިން ޑިބްރޮއިނާ ވަނީ ދެވަނަ ހާފުގައި ބަޓްޝު އަށް ދެތިން ފުރުސަތެއް ތަނަވަސްކޮށް ދީފަ އެވެ. ނަމަވެސް އެ ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ.
މޮރޮކޯ އަށް އެއްވަނަ ކްރޮއޭޝިއާ އަށް ދެވަނަ
ކެނަޑާ ކޯޗުގެ ބަހުގެ ހަމަލާ ވިހަވެއްޖެ
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
ބަދު ނަސީބު ބެލްޖިއަމަށް ސައްހަ ގޯލެއްނުޖެހި މާޔޫސްކަން
ބެލްޖިއަމްގެ ކޯޗަކީ ނޫސްވެރިއެއް، ފުޓްބޯޅަ އެކްސްޕާޓެއް
ބެލްޖިއަމްގެ މީޑިއާއިން މަސައްކަތްކުރަނީ ޓީމުގެ ހަލާކަށް
ކެނެޑާ ކަޓައިފި، ކްރޮއޭޝިއާމޮޅުވެ ބެލްޖިއަމަށް ޕްރެޝަރު
މޮރޮކޯއިން ދެވަނަ ބުރުގެ އުންމީދު ބޮޑު ކޮށްފި
ޗޮކްލެޓްގެ ވިޔަފާރިން ރަޝިއާ އަށް ބޮޑު ކުރިއެރުމެއް
ޓީމް ޕްރޮފައިލް: ބެލްޖިއަމް