09 ފެބުރުއަރީ 2023
ބްރަސަލްސް (ފެބްރުއަރީ 9) - ބެލްޖިއަމްގެ އާ ކޯޗަކަށް، ބިޒްނަސް އިންޖިނިއަރެއް އަދި ކުޅިވަރު ނޫސްވެރިކަމުގެ ތަޖުރިބާ ކުރި އަދި ފުޓްބޯޅައިގައި ވެސް ތަޖުރިބާ ކޯޗު ޑޮމެނީކޯ ޓެޑެސްކޯ ހަމަޖައްސައިފި އެވެ.
ބްރަސަލްސް (ފެބްރުއަރީ 9) - ބެލްޖިއަމްގެ އާ ކޯޗަކަށް، ބިޒްނަސް އިންޖިނިއަރެއް އަދި ކުޅިވަރު ނޫސްވެރިކަމުގެ ތަޖުރިބާ ކުރި އަދި ފުޓްބޯޅައިގައި ވެސް ތަޖުރިބާ ކޯޗު ޑޮމެނީކޯ ޓެޑެސްކޯ ހަމަޖައްސައިފި އެވެ.
އޭނާ ވަނީ ކުރިން ރެޑްބުލް ލައިޕްޒިގްގެ ކޯޗުކޮށް ދީ، މިދިޔަ ސީޒަންގެ ޖަރުމަން ކަޕް ކާމިޔާބު ކޮށް ދީފަ އެވެ. އޭގެ އިތުރުން އޭނާ މަޝްހޫރު ވެފައި ވަނީ ތަފާތު އެކި ދާއިރާއިން ތަޖުރިބާ ހޯދާފައިވާ ފަންނުވެރި ހުނަރުވެރިއެއްގެ ގޮތުގަ އެވެ.
ބިޒްނަސް އިންޖިނީރިން އިން ބެޗެލާސް ޑިގްރީ އަދި އިނޮވޭޝަން މެނޭޖްމަންޓުން މާސްޓާސް ފުރިހަމަ ކޮށްފައިވާ ޓެޑެސްކޯ ވަނީ ކުރިން ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި ވެސްއެއް މަސްދުވަހު މަސައްކަތް ކޮށްފަ އެވެ. އަދި އޭނާ އަކީ އިނގިރޭސި އާއި ޖަރުމަން، އިޓާލިއަން، ފްރެންޗް، ސްޕެނިޝް އަދި ރަޝިއަން ބަހުން ފަރިތަ ކަމާއެކު ވާހަކަ ދައްކަން އެނގޭ ކޯޗެކެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ނާކާމިޔާބީ އަށް ފަހު ރޮބާޓޯ މާޓިނޭޒް ވަނީ ހަ އަހަރަށް ފަހު ބެލްޖިއަމްގެ ކޯޗުގެ މަގާމް ދޫކޮށްލައިފަ އެވެ. އިޓާލިއަން ޖަރުމަން ކޯޗު ޓެޑެސްކޯ، 37، މަގާމާ ހަވާލުވީ އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށެވެ.
ބެލްޖިއަމް އާއެކު އޭނާގެ މަސައްކަތަކަށް ވާނީ އަންނަ އަހަރު ޖަރުމަން ގައި އޮންނަ ޔޫރޯ އަށް ކޮލިފައި ކޮށްދިނުމެވެ. އެޓީމުން ކޮލިފައިން ފަށާނީ އަންނަ މަހު ސްވިޑެން އާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ކޮލިފައިން ގައި ބެލްޖިއަމް އާ އެއް ގުރޫޕެއްގައި ހިމެނެނީ ސްވިޑެންގެ އިތުރުން އޮސްޓްރިއާ އާއި އަޒަރުބައިޖާން އަދި އެސްޓޯނިއާ އެވެ.
ޓެޑެސްކޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2017 ވަނަ އަހަރު ޖަރުމަންގެ ދެވަނަ ޑިވިޝަންގެ ކުލަބް އާޒްގެބިރްގާ އިންނެވެ. އެ ކުލަބް ރެލިގޭޝަނުން ސަލާމަތް ކޮށްދިނުމަށް ފަހު ޝާލްކާ އާއި ރަޝިއާގެ ސްޕާޓަކް މޮސްކޯ އަށް ވެސް އޭނާ ވަނީ ކޯޗު ކޮށްދީފަ އެވެ.
މީގެ އިތުރުން ބެލްޖިއަމް އިން ވަނީ އެޓީމުގެ ސްޕޯޓްސް ޑިރެކްޓަރުގެ މަގާމަށް ކުރިން ގައުމީ ޓީމަށް ކުޅުނު ވިންގާ ފްރޭންކް ވާކޯޓަރެން ހަމަޖައްސައިފަ އެވެ. ވާކޯޓަރެން ވަނީ 2009 ވަނަ އަހަރު ފަސް މަސް ދުވަހު ބެލްޖިއަމް ގައުމީ ޓީމުގެ ކެއާޓޭކާ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
ޔޫކްރޭން ރޮއްވާލުމަށްފަހު އަނެއް ތިން ޓީމުން އުފާކުރަނީ
ބަދު ނަސީބު ބެލްޖިއަމަށް ސައްހަ ގޯލެއްނުޖެހި މާޔޫސްކަން
ބެލްޖިއަމްގެ ކޯޗު ދެކެ ކޯޓްއާ ހިތްހަމަނުޖެހިއްޖެ
އާ ޖީލަށް ފުރުސަތު ދޭން ހަޒާޑް ގައުމީ ޓީމާ ދުރަށް
މޮރޮކޯ އަށް އެއްވަނަ ކްރޮއޭޝިއާ އަށް ދެވަނަ
ކެނެޑާ އަތުން ބެލްޖިއަމަށް އުނދަގޫ މޮޅެއް
ހަޒާޑަކީ އަދިވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެއް
ޓީމް ޕްރޮފައިލް: ބެލްޖިއަމް
ބެލްޖިއަމްގެ ޗެމްޕިއަންކަން ބްރޫޖަށް ދޭން ފާސްކޮށްފި