Roadha Mihaaru
އާ ޖީލަށް ފުރުސަތު ދޭން ހަޒާޑް ގައުމީ ޓީމާ ދުރަށް

އާ ޖީލަށް ފުރުސަތު ދޭން ހަޒާޑް ގައުމީ ޓީމާ ދުރަށް

08 ޑިސެމްބަރ 2022

މި އަހަރުގެ ވޯލްޑް ކަޕް ގެ ނާކާމިޔާބީއާ އެކު ބެލްޖިއަމްގެ ރަން ޖީލުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، އަދި އެ ޓީމްގެ ކެޕްޓަން އެޑެން ހަޒާޑް އުމުރުން 31 އަހަރުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މި އަހަރުގެ ވޯލްޑް ކަޕް ގެ ނާކާމިޔާބީއާ އެކު ބެލްޖިއަމްގެ ރަން ޖީލުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، އަދި އެ ޓީމްގެ ކެޕްޓަން އެޑެން ހަޒާޑް އުމުރުން 31 އަހަރުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

"ހަޔާތުން ސޮފްހާއެއް މިއަދު ނިންމާލަން ޖެހިއްޖެ. އަބަދުވެސް ދިން ލޯތްބާއި އަގުނުކުރެވޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. 2008 އިން ފެށިގެން ހިއްސާ ކުރެވުނު ހުރިހާ އުފަލަކަށް ވެސް ފަށްފަށުން ޝުކުރުވެރިވަން،" ހަޒާޑް އިއްޔެ ހިއްސާކުރި ސޯޝަލްމީޑިއާ ޕޯސްޓުގައި ލިޔެފައި ވެއެވެ.

"އަހަރެންގެ އިންޓަނޭޝަނަލް ކެރިއަރަށް ނިމުމެއް ގެންނަން ނިންމައިފިން. އާ ޖީލެއް އޮތީ ތައްޔާރަށް. އެންމެން މަތިން ވެސް ވަރަށް ހަނދާން ވާނެ."

އުމުރުން 17 އަހަރުގައި ގައުމީ ޓީމަށް ކުޅެން ފެށި ހަޒާޑް ވަނީ، ގައުމީ ޖޯޒީގައި 126 މެޗު ކުޅެދީ، 33 ލަނޑު ޖަހައިފަ އެވެ.

ހަޒާޑް މިއަހަރުގެ ވޯލްޑް ކަޕްގެ މެޗަކަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ހަޒާޑް މިއަހަރުގެ ވޯލްޑް ކަޕްގެ މެޗަކަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް ގައި ބެލްޖިއަމަށް ވަނީ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭގޮތް ނުވެފަ އެވެ. ފުރަތަމަ މެޗުގައި ކެނެޑާ ކައިރިން 1-0 އިން މޮޅުވި ނަމަވެސް މޮރޮކޯ އަތުން އެޓީމު ބަލިވީ 2-0 އިންނެވެ. އަދި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ،

މި އަހަރުގެ ވޯލްޑް ކަޕަކީ ހަޒާޑް ކުޅުނު ތިންވަނަ ވޯލްޑް ކަޕެވެ. މި އަހަރުގެ އިތުރުން، 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ސްކޮޑުގެ ކެޕްޓަނަކީ ވެސް އޭނާ އެވެ. މީގެ އިތުރުން އެންމެ ފަހުން އޮތް ދެ ޔޫރޯ ވެސް ބެލްޖިއަމްގެ ކެޕްޓަނަކީ އޭނާ އެވެ. ކެޕްޓަނެއްގެ ގޮތުގައި އޭނާ ވަނީ ގައުމީ ޓީމަށް 56 މެޗު ކުޅެދީފަ އެވެ.

ކުލަބް ފުޓުބޯޅައިގައި އޭނާ މިހާރު ކުޅެމުން އަންނަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޗެލްސީގެ ކުރީގެ ފޯވާޑް ވަނީ އެ ކްލަބަށް ކުޅުނު ހްތް ސީޒަންގައި ޕްރިމިއާ ލީގުގެ ދެ ތައްޓާއި އެފްއޭ ކަޕާއި ލީގް ކަޕް އަދި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ރެއާލް އަށް ބަދަލުވި ނަމަވެސް އަނިޔާގެ ގިނަ މައްސަލަތަކަކާ ގުޅިގެން އޭނާގެ ކުޅުން ދެއްކޭ ގޮތެއް ނުވެ އެވެ. ރެއާލާ އެކު ލަލީގާގެ ދެ ތައްޓާއި ޗެމްޕިއަންސް ލީގު ހޯދިނަމަވެސް އެ ކާމިޔާބުތަކުގައި އޭނާގެ މާބޮޑު ހިއްސާއެއް ނެތެވެ.