Roadha Mihaaru
ބެލްޖިއަމްގެ ކޯޗު ދެކެ ކޯޓްއާ ހިތްހަމަނުޖެހިއްޖެ

ކޯޗާ ވަކިން ދެއްކި ވާހަކަތައް މީޑިއާ އަށް ގެނައުމުން ކޯޓްއާ ހިތްހަމަނުޖެހިއްޖެ

20 ޖޫން 2023

ޓާލިން، އެސްޓޯނިއާ (ޖޫން 20) – ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ އާ ވާކިން ދެއްކި ވާހަކަތައް، އޭނާ މީޑިއާ އަށް ގެނައުމުން ގޯލްކީޕަރު ތިބައު ކޯޓްއާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ އެވެ.

ޓާލިން، އެސްޓޯނިއާ (ޖޫން 20) – ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ އާ ވާކިން ދެއްކި ވާހަކަތައް، އޭނާ މީޑިއާ އަށް ގެނައުމުން ގޯލްކީޕަރު ތިބައު ކޯޓްއާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ އެވެ.

ޔޫރޯ ކޮލިފައިންގައި އެސްޓޯނިއާ އާދެކޮޅަށް މިރޭ ބެލްޖިއަމް ކުޅެން ހަމަޖެހިފައިވާ މެޗުގެ ސްކޮޑުން ކޯޓްއާ ވަނީ ވަކިވެފަ އެވެ. އޭނާ ޓީމުން ވަކިވީ ކެޕްޓަން ބޭންޑްގެ މައްސަލައިގައި ކަމަށް އަޑުފެތުރިފައި ވެއެވެ.

ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޭނާ އަށް އަނިޔާވުމުން، އޭނާގެ ބަދަލުގައި ކެޕްޓަން ބޭންޑް އެޅި ރޮމެލޫ ލުކާކޫ އެވެ. ޓީމުގެ ވައިސް ކެޕްޓަނުންގެ ގޮތުގައި ލުކާކޫ އާއެކު ކޯޓްއާ ވެސް ހިމެނެ އެވެ. ޓީމުގެ ކެޕްޓަން ބޭންޑް ދިނުމަށް ކޯޓްއާ އެދުނު ކަމަށާއި ޓީމުން ވަކިވީ ކެޕްޓަން ބޭންޑް ނުދިނުމުން ކަމަށް ވެސް އަޑުފެތުރުނެވެ.

އެ ވާހަކަ އަށް އިތުރު ބާރެއް ލިބުނީ ޕްރެސް ކޮންފަރެންސްގައި ޓެޑެސްކޯ ދެއްކި ވާހަކައިންނެވެ.

"އޭނާ [ކޯޓްއާ] ޓީމުން ވަކިވީ އަނިޔާގެ މައްސަލައަކާ ހެދިއޭ ބުނަން އަހަރެން ބޭނުން. އެކަމަކު އެހެން ބުނެފިނަމަ އެވާނީ ދޮގަކަށް،" ޓެޑެސްކޯ ބުންޏެވެ.

ކޯޗުގެ ވާހަކަތަކާ ގުޅިގެން ކޯޓްއާ ވަނީ ހަރުކަށި އިބާރާތްތަކުން އެ ވާހަކަތައް ދޮގުކޮށް އޭނާގެ ވެބްޒައިޓްގައި ލިޔެފަ އެވެ.

ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ

ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ

"އަހަރެން ހައިރާންވީ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އަހަރެން ދެއްކި އަމިއްލަ ވާހަކައެއްގެ އެއްބައި ނަގައިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ވާހަކަ ކިޔައިދިނުމުން. އަހަރެން ވަރަށް ހައިރާންވި،" ކޯޓޫއާ ލިޔެފައިވެ އެވެ.

"އަހަރެން ސާފުކޮށް ދޭން ބޭނުންވަނީ ޓީމުގެ ޗޭންޖިން ރޫމްގެ މައްސަލަތަކާ ބެހޭގޮތުން ކޯޗަކާ އަހަރެން ވާހަކަ ދައްކާ ފުރަތަމަ ފަހަރު ނުވަތަ އެންމެ ފަހު ފަހަރު ވެސް ނޫންކަން. ނަމަވެސް އެ ވާހަކަ އާންމުންގެ ތެރޭގައި ކިޔައިދޭން މީހަކު ނިންމި ފުރަތަމަ ފަހަރު މީ."

ކޯޓްއާ ބުނީ ޓެޑެސްކޯގެ ވާހަކަތަކާ ގުޅިގެން ވަރަށް ބޮޑަށް މާޔޫސްވި ކަމަށެވެ. އަދި ކޯޗުގެ ވާހަކަތަކުގައި ހަގީގަތާ ނުގުޅޭ ވާހަކަތަކެއް ހުރިކަން ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ.

"އެއްވެސް ހާލަތެއްގައި އަހަރެން އެއްވެސް ކަމަކަށް ޑިމާންޑްކޮށްފައި ނުވާނެ. މި ހާލަތާ ގުޅިގެން ހަގީގަތް ސާފުކޮށްދިނުމަށް އަހަރެންގެ ޓީމުގެ ކުޅުންތެރިޔާ ރޮމެލޫ ލުކާކޫއާ ވާހަކަ ދައްކާފައިވާނެ،" ކޯޓްއާ ލިޔެފައި ވެއެވެ.

ލުކާކޫ އާއި ކޯޓްއާ

ލުކާކޫ އާއި ކޯޓްއާ

"އިއްޔެ މެންދުރު ފަހު އަހަރެންގެ ކަނާތު ކަކުލުގައި މައްސަލައެއް ހުރިތޯ ޗެކްއަޕެއް ހެދިން. އަހަރެންގެ ކްލަބް [ރެއާލް މެޑްރިޑް] ގެ މެޑިކަލް ޓީމާއި ގައުމީ ޓީމުގެ މެޑިކަލް ޓީމާ ވާހަކަ ދެއްކުމަށް ފަހު ޓްރެއިނިން ދޫކޮށްލުމަށް ނިންމީ ބަލަންޖެހޭ ކަންކަން އިތުރަށް ބެލުމަށް."

އެސްޓޯނިއާގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން 11:45 ގަ އެވެ. ކޯޓްއާގެ ބަދަލުގައި ގޯލް ބަލަހައްޓާނީ ފްރެންޗް ލީގުގެ ސްޓާސްބާގްގެ ކީޕަރު މާޓްޒް ސެލްސް އެވެ.