Roadha Mihaaru
ބަދު ނަސީބު ބެލްޖިއަމަށް ސައްހަ ގޯލެއްނުޖެހި މާޔޫސްކަން

ސްލޮވޭކިއާ ހިތްވަރުގަދަ، ބަދު ނަސީބު ބެލްޖިއަމަށް ސައްހަ ގޯލެއް ނުޖެހި މާޔޫސްވެއްޖެ

17 ޖޫން 2024

ފްރެންކްފާޓް (ޖޫން 27) – ބެލްޖިއަމްގެ ރަން ޖީލާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ސްލޮވޭކިއާއިން ބޮޑު މޮޅެއް ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފްރެންކްފާޓް (ޖޫން 27) – ބެލްޖިއަމްގެ ރަން ޖީލާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ސްލޮވޭކިއާއިން ބޮޑު މޮޅެއް ހޯދައިފި އެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ ވަރުގަދަ ބާރަކާ ދެކޮޅަށް، ސްލޮވޭކިއާ މޮޅުވުމުން، މެޗުގެ ފަހު ކަށިގަނޑާ އެކު އެ ޓީމުން ވަރަށް ބޮޑަށް އުފާފާޅު ކުރި އެވެ.

އެ ޓީމުގެ ލަނޑު އީވާން ޝުރަންޒް ޖެހީ މެޗު ފެށިގެން ހަތް ވަނަ މިނެޓްގަ އެވެ.

ލަނޑަށް ފަހު، ސްލޮވޭކިއާގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ޑިފެންސް ކުރި އެވެ. އެ ޓީމު ކުޅުނީ ވަރަށް ޑިސިޕްލިން ގޭމެކެވެ.

މިފަހަރުގެ ޔޫރޯ އަކީ ބެލްޖިއަމްގެ ރަން ޖީލްގެ އެންމެ ފަހު މުބާރާތަށް ވެދާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެ ކުޅުންތެރިންގެ މިހާރުގެ އުމުރާއި އަދި ދަށުން ރެކްރޫޓްވާން ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލައި ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނަމުން ދަނީ މިއީ އެ ގައުމުގެ މި ޖީލްގެ އެންމެ ފަހު މުބާރާތަށް ވެދާނެ ކަމަށެވެ.

ޓީމުގެ ކެޕްޓަން ކެވިން ޑި ބްރޮއިނާ، ދެން ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަކުން ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެ ގައުމުގެ މި ޖީލުގެ ފަހު މުބާރާތުގެ ފުރަތަމަ މެޗުގައި، މޮޅުވުމަށްޓަކައި ޓީމަކުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރި އެވެ. ހަމަލާ އުފެއްދި އެވެ. ގޯލްގެ ތެރެއަށް ދެ ފަހަރު ބޯޅަ ވައްދާލި އެވެ. އެކަމަކު އެ ދެ ލަނޑު ވެސް ސައްހަ ލަނޑެއް ކަމަށް ނުވި އެވެ.

ދެ ފަހަރު ވެސް، ލަނޑު ޖަހައި ރޮމެލޫ ލުކާކޫ، އުފާފާޅު ވެސް ކުރި އެވެ. އެކަމަކު ވީއޭއާރް މެދުވެރިކޮށް ބެލުމުން ލަނޑު ސައްހައެއް ނުވެ އެވެ. ސްލޮވޭކިއާގެ ގޯލްގެ ތެރެއަށް ލުކާކޫ ވައްދާލި ފުރަތަމަ ހަމަލާ ވީއޭއާރުން ގަބޫލު ނުކުރީ އޭނާ އޮފްސައިޑްވެފައި ވުމުންނެވެ.

މެޗުގެ ފަހު ކޮޅުގައި އޭނާ ލަނޑު ޖަހައި އުފާފާޅު ކުރިނަމަވެސް، އެ ހަމަލާގެ ބިލްޑްއަޕްގައި ބެލްޖިއަމްގެ ލޮއިސް އޮޕެންޑާގެ އަތުގެ އިނގިލި ކުރި ޖެހުނުކަން ވީއޭއާރުން ދެއްކި އެވެ.