Roadha Mihaaru
ނޭމާ އާޖެންޓީނާ އަށް؛ ތި ކާމިޔާބުކުރީ ވޯލްޑް ކަޕްތަ؟

ނޭމާގެ ފުރައްސާރަ އާޖެންޓީނާ އަށް؛ ތި ކާމިޔާބުކުރީ ވޯލްޑް ކަޕް ތަށިތަ؟

05 ޖޫން 2022

ސައު ޕޯލޯ (ޖޫން 5) - ފައިނަލިސިމާ ކާމިޔާބުކޮށް އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރި ގޮތުން، ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ، އާޖެންޓީނާގެ ކުޅުންތެރިންނަށް މަލާމާތްކޮށްފި އެވެ.

ސައު ޕޯލޯ (ޖޫން 5) - ފައިނަލިސިމާ ކާމިޔާބުކޮށް އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރި ގޮތުން، ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ، އާޖެންޓީނާގެ ކުޅުންތެރިންނަށް މަލާމާތްކޮށްފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި، ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ބަލިކޮށް، އާޖެންޓިނާ އިން ބުދަ ދުވަހުގެ ރޭ ހޯދި ތައްޓަކީ 11 މަސް ތެރޭ އެޓީމުން ކާމިޔާބުކުރި އިންޓަނޭޝަނަލް ދެވަނަ ޓްރޮފީ އެވެ. ފީފާގެ ރަސްމީ ހައިސިއްޔަތު ލިބިފައިވާ ފައިނަލިސިމާ ކާމިޔާބުކޮށް އާޖެންޓީނާގެ ކުޅުންތެރިން ވަނީ ދަނޑުގެ ޗޭޖިން ރޫމްގައި އުފާފާޅުކުރާ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވި ބްރެޒިލްގެ އެންމެ މުހިންމު ކުޅުންތެރިޔާ އަށް، އެކަން ހަޖަމެއް ނުވި އެވެ. އިންސްޓަގްރާމްގައި ނޭމާ ކުރީ ސުވާލެކެވެ.

"އެމީހުން އެ އުޅެނީ ވޯލްޑް ކަޕް ކާމިޔާބު ވެގެންތަ؟" މަލާމަތްކުރުމުގެ ގޮތުން ނޭމާ ސުވާލު އުފެއްދި އެވެ.

ނޭމާގެ ވާހަކަތައް އެރާގުގައި ހުރީ، ފައިނަލިސިމާ ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ، ބްރެޒިލް އަށް މަލާމާތް ރައްދުވާ ގޮތަށް ލަވައެއް ކިޔައި އިންސްޓަގްރާމަށް ލުމުންނެވެ. އެ ލަވައިގައި އޮޓެމެންޑީ ބުނެފައި ވަނީ ބްރެޒިލްގެ ރިއޯ ޑީޖެނީރޯ އަށް މެސީ ގޮސް ކޮޕާ އެމެރިކާގެ ތަށި ގެންދިޔައީ ކަމަށެވެ.

ފުޓުބޯޅައިގެ ވަރުގަދަ ދެ ބާރު ކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ އަކީ ވަރަށް ވާދަވެރި ދެ ގައުމެވެ. މިދިޔަ އަހަރުގެ އޮލިމްޕިކް ގޭމްސްގެ ފުޓުބޯޅަ މުބާރާތުން އާޖެންޓީނާ ކަޓައިގެން ދިއުމުން ވެސް ބްރެޒިލްގެ ކުޅުންތެރިން ވަނީ މަލާމާތްކޮށްފަ އެވެ.

މި އަހަރު ބާއްވާ ވޯލްޑް ކަޕަށް ބްރެޒިލް އާއި އާޖެންޓީނާ ކޮލިފައިވީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ކޮލިފައިންގައި އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ މެޗު ސެޕްޓެމްބަރު މަހު އޮންނާނެ އެވެ.