08 ޖެނުއަރީ 2025
ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑް ދެއްކުމުން، ރެފްރީގެ ނިންމުމަށް ގޮންޖެހި ވިނީޝިއުސް ޖޫނިއާ ދެ މެޗަށް ސަސްޕެންޑް ކުރި ނަމަވެސް ސްޕެނިޝް ސުޕަ ކަޕްގެ ސްކޮޑްގައި އޭނާ ހިމަނައިފި އެވެ.
ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑް ދެއްކުމުން، ރެފްރީގެ ނިންމުމަށް ގޮންޖެހި ވިނީޝިއުސް ޖޫނިއާ ދެ މެޗަށް ސަސްޕެންޑް ކުރި ނަމަވެސް ސްޕެނިޝް ސުޕަ ކަޕްގެ ސްކޮޑްގައި އޭނާ ހިމަނައިފި އެވެ.
ސްޕެނިޝް ސުޕަ ކަޕް މި އަހަރު ވެސް އޮންނާނީ ސައުދީ އަރަބިއާގަ އެވެ. އިއްޔެ ރިޔާދަށް ދިޔަ ރެއާލްގެ ޓީމުގައި ވިނިޝިއުސް ވަނީ ހިމަނައިފަ އެވެ.
ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކީޕަރު ސްޓޯލް ޑިމިޓިރިއެސްކީ، ވިނީ އަށް ޗެލެންޖު ކުރުމުން، ވީނީ ގޮސް އޭނާގެ ކަރުގައި ހިފި އެވެ.
އެ ކުށަށް، ރެފްރީ ސެޒާ ސޮޓޯ ވިނީ އަށް ދެއްކީ ސީދާ ރަތްކާޑެކެވެ. އެކަމާ ހިތްހަމަނުޖެހި ރެފްރީއާ ދިމާލަށް ދިއުމަށް ވިނީ މަސައްކަތް ކުރި އެވެ. އޭނާ ހުއްޓުވީ ރެއާލްގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އެވެ.
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ވިނީ ހެދީ ގޯހެއް ކަމަށެވެ. އެކަމަކު އެ ކުށަކީ ރަތްކާޑް ދައްކަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް އަންޗެލޮޓީ ބުންޏެވެ. އޭނާ ބުނީ ރެއާލުން އެ ރަތް ކާޑް އިސްތިއުނާފު ކުރަން ހުށަހަޅާނެ ކަމަށެވެ.
ރަތް ކާޑް ދެއްކުމުން ސަސްޕެންޑް ވި މެޗުގެ އިތުރަށް ރެފްރީއާ ދިމާ ކުރަން މަސައްކަތް ކުރުމުގެ ކުށަށް އިތުރު މެޗަކަށް ވިނީ ސަސްޕެންޑް ކުރުމަށް ލަލީގާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމި އެވެ.
އޭނާ އަށް ގެއްލޭނީ ލަލީގާގައި ރެއާލުން ދެން ކުޅޭ ދެ މެޗެވެ.
ސުޕަ ކަޕްގައި ރެއާލް މަޔާކާއާ ދެކޮޅަށް ރެއާލް ކުޅޭ މެޗުގައި ވިނީ އަށް ކުޅެވޭނެ އެވެ. އެ މެޗު ކުޅޭނީ މާދަމާ ރޭގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބާސެލޯނާއިން ނުކުންނާނީ އެތުލެޓިކް ކްލަބް ބިލްބާއޯއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާނެ އެވެ.
ފައިނަލުން ބަލިވުމުން ހިތަށް އުނދަގޫވި: އަންޗެލޮއްޓީ
ރެއާލް ބަލިކޮށް ސުޕަ ކަޕް ބާސާއިން ހޯދައިފި
ރެއާލް ސުޕަ ކަޕުގެ ފައިނަލަށް، ތަރިއަކަށްވީ ކޯޓްއާ
ފެރަން ޓޯރޭޒް ރަޖިސްޓްރީކޮށް ބާސާ ހިންދެމިލައިފި
ގަވީ އާއި ޔަމާލްގެ ލަނޑުތަކުން ބާސާ ފައިނަލަށް
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
70 އަހަރަށްފަހު ރެއާލުން ސްޓޭޑިއަމްގެ ނަންބަދަލުކުރަނީ
އިންޓަކޮންޓިނެންޓަލް ކަޕުގެ ތަށި ރެއާލުން ހޯދައިފި
ރޮޑްރީގެ މައްޗަށް މި ފަހަރު ކުރި ހޯދީ ވިނީ
އެމްބާޕޭ ފުރުސަތު ނަގާލުމުން ރެއާލް ބަލިވެއްޖެ