Roadha Mihaaru
ފެރަން ޓޯރޭޒް ރަޖިސްޓްރީކޮށް ބާސާ ހިންދެމިލައިފި

މެޑްރިޑުގެ މެޗުގެ ކުރިން ފެރަން ޓޯރޭޒް ރަޖިސްޓްރީކޮށް ބާސާ ހިންދެމިލައިފި

12 ޖެނުއަރީ 2022

ބާސެލޯނާ (ޖެނުއަރީ 12) - ރެއާލް މެޑްރިޑާ ދެކޮޅަށް މިރޭ ކުޅުމުގެ ކުރިން، ބާސެލޯނާގެ ފަރަން ޓޯރޭޒް ޓީމުގައި ރަޖިސްޓްރީކޮށް ހިންދެމިލައިފި އެވެ.

ބާސެލޯނާ (ޖެނުއަރީ 12) - ރެއާލް މެޑްރިޑާ ދެކޮޅަށް މިރޭ ކުޅުމުގެ ކުރިން، ބާސެލޯނާގެ ފަރަން ޓޯރޭޒް ޓީމުގައި ރަޖިސްޓްރީކޮށް ހިންދެމިލައިފި އެވެ.

ސުޕަ ކަޕްގެ ސެމީ ފައިނަލްގައި މިރޭ، ރެއާލްއާ ދެކޮޅަށް ކުޅޭ މެޗުގައި ޓޯރޭޒް އަށް ކުޅެވޭނެ އެވެ. ޓޯރޭޒް ރަޖިސްްޓްރީ ކުރަން ބާސާ އަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި އެވެ. ގޮންޖެހުން ބޮޑުވި ސަބަބަކީ މާލީ ގޮތުން އެ ޓީމު ވެއްޓިފައި އޮތް ހާލަތުގެ ސަބަބުންނެވެ. ޓޯރޭޒް ރަޖިސްޓްރީކުރީ މާލީ ގޮތުން އެހެނިހެން ކަންތަތަކެއް އިންތިޒާމު ކުރުމަށް ފަހު އެވެ. އެގޮތުން މުސާރަ ބިލް ކުޑަ ކުރުމުގެ ގޮތުން ފިލިއްޕޭ ކުޓީނިއޯ، ލޯން އުސޫލުން އެސްޓަން ވިލާ އަށް ދޫކޮށްލަން ޖެހުނެވެ.

ރެއާލްގެ މެޗުގެ ކުރިން، ޓޯރޭޒް ރަޖިސްޓްރީ ކުރެވުމުން ބާސާގެ ކޯޗް ޒަވީ ހެނާންޑޭޒް ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. ސައުދީ އަރަބިއާގައި ކުޅޭ ސުޕަ ކަޕްގެ ކުރިން ވާހަކަ ދައްކަމުން، ޒަވީ ބުނީ، ރެއާލްއާ ދެކޮޅަށް ކުޅެން ޖެހިފައި ވަނީ ބާސާ އަށް އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ. އޭނާ ބުނީ، ޓޯރޭޒް އަދި މިހާތަނަށް ބާސާގެ ޓީމާ އެކު ޕްރެކްޓިސް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މެޗުން އޭނާ ފެނިދާނެ ކަމުގެ އިޝާރާތެއް ޒަވީ ދިނެވެ.

ރެއާލްގެ ކޯޗް ކާލޯ އަންޗެލޯޓީ ބުނީ، ބާސާގެ ޓީމުން ކުރިއެރުން ހޯދާފައިވާ ކަމަށެވެ.