12 ޖެނުއަރީ 2024
ރިޔާދު (ޖެނުއަރީ 12) - ސައުދީ އަރަބިއްޔާގެ ރިޔާދުގައި މިހާރު ކުރިއަށްދާ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ބާސެލޯނާ އާއި ރެއާލ މެޑްރިޑްގެ "އެލް ކްލެސިކޯ" އެއް ކުޅެން ޖެހިއްޖެ އެވެ.
ރިޔާދު (ޖެނުއަރީ 12) - ސައުދީ އަރަބިއްޔާގެ ރިޔާދުގައި މިހާރު ކުރިއަށްދާ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ބާސެލޯނާ އާއި ރެއާލ މެޑްރިޑްގެ "އެލް ކްލެސިކޯ" އެއް ކުޅެން ޖެހިއްޖެ އެވެ.
ބާސެލޯނާ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި 2-0 އިން އޮސަސޫނާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގެ 59 ވަނަ މިނިޓުގައި ބާސާ އަށް ލީޑު ނަގައިދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ. އަދި އެޓީމަށް ހިތްހަމަ ޖެހުމެއް ލިބުނީ މެޗުގެ އިތުރު ވަގުތުގައި ޒުވާޏް ފޯވާޑް ލަމީން ޔަމާލް ކާމިޔާބު ކޮށްދިން ގޯލުންނެވެ.
ރެއާލް ވަނީ ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ކުރި ހޯދައި ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.
މިދިޔަ އަހަރުގެ ސުޕަ ކަޕް ފައިނަލްގައި ވެސް ފެނުނީ އެލް ކްލެސިކޯއެކެވެ. އެ މެޗުގައި 3-1 އިން ކުރި ހޯދައި ތަށި އުފުލާލީ ބާސެލޯނާ އެވެ.
މިއަހަރުގެ ފައިނަލް މެޗަކީ މި ސީޒަންގައި ކުޅޭނެ ދެވަނަ އެލް ކްލެސިކޯ މެޗެވެ. ފުރަތަމަ މެޗު ކުޅުނީ މިދިޔަ އޮކްޓޫބަރު މަހު ސްޕެނިޝް ލީގުގަ އެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު އެ މެޗު 2-1 އިން ކާޟިޔާޞު ކުރީ ރެއާލް މެޑްރިޑެވެ.
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ، އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ކުޅޭ ފައިނަލް މެޗުގައި ވެސް އެޓީމަށް ރެއާލްގެ މައްޗަށް ކުރި ހޯދޭނެ ކަމަށެވެ.
"އަހަރެންނަށް މިކަން އަޅާ ކިޔާލެނޭވެ މިދިޔަ އަހަރުގެ ފައިނަލާ. އަހަރެން ގަބޫލުކުރަނީ އަހަރެމެންނަށް މެޗު ޑޮމިނޭޓް ކޮށް، މޮޅު ވެވޭނެ ކަމަށް،" ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލާ ގުޅޭގޮތުން ޒަވީ ބުންޏެވެ.
"ފައިނަލަކީ ކުޅޭލާ ގޭމެއް ނޫން، ފައިނަލުން ޖެހޭނީ މޮޅުވާން. އަނެއް ސެމީގައި ވަރަށް މޮޅަށް ކުޅުނު ޓީމަކާ ދެކޮޅަށް އަހަރެމެން ކުޅެން ބޭނުންވަނީ. ފޭވަރިޓުންނެއް ނެތް، މިދިޔަ އަހަރެކޭ އެއްގޮތަށް މޮޅުވުން އުންމީދަކީ."
ޒަވީގެ ފުރަތަމަ ތަށި ހޯދަން ބާސެލޯނާ ނުކުންނަނީ
ފެރަން ޓޯރޭޒް ރަޖިސްޓްރީކޮށް ބާސާ ހިންދެމިލައިފި
ވިނީޝިއަސްގެ ހެޓްރިކުން މިފަހަރު ޗެމްޕިއަންކަން ރެއާލަށް
15 އަހަރުގެ ޔަމާލްއާ މެސީއާ ޒަވީ އަޅާކިޔައިފި
ރެއާލް ބަލިކޮށް ބާސާ އަށް 12 ޕޮއިންޓްގެ ލީޑެއް
ރެއާލް ބަލިކުރެވުނަސް ކުޅުމާމެދު ޒަވީ ހިތްހަމަނުޖެހޭ
ރެއާލް ބަލިކޮށް ސުޕަ ކަޕް ބާސާއިން ހޯދައިފި
އެލް ކްލެސިކޯ: ބާސާ ކުޅޭ ސްޓައިލް ވަރަށް ސާފު
ޓީމެއްގެ ސިފަ ބާސާ އަށް، އެކަމަކު ރެއާލް ފައިނަލަށް
ރޮނާލްޑޯ ނެތި މެޑްރިޑުން ސުޕަ ކަޕް ކާމިޔާބުކޮށްފި