03 މާޗް 2023
މެޑްރިޑް (މާޗް 3) - ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭ ގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި 1-0 އިން ބާސެލޯނާ ކުރި ހޯދި ނަމަވެސް ކޯޗު ޒަވީ ހެނާންޑޭޒް ބާސެލޯނާގެ ކުޅުމާ މެޗު ހިތްހަމްނުޖެހުން ފާޅު ކޮށްފި އެވެ.
މެޑްރިޑް (މާޗް 3) - ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭ ގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި 1-0 އިން ބާސެލޯނާ ކުރި ހޯދި ނަމަވެސް ކޯޗު ޒަވީ ހެނާންޑޭޒް ބާސެލޯނާގެ ކުޅުމާ މެޗު ހިތްހަމްނުޖެހުން ފާޅު ކޮށްފި އެވެ.
ބާސެލޯނާ މޮޅުވީ މެޗުގެ 26 ވަނަ މިނިޓުގައި މިޑްފީލްޑަރު ފްރޭންކް ކެސިއޭ ފޮނުވާލި ބޯޅަ ކީޕަރު ތިބައު ކޯޓުއާ ގައިގައި ޖެހިފައި ނުކުތް ރީބައުންސް ބޯޅަ، މެޑްރިޑްގެ ޑިފެންޑަރު އެޑާ މިލިޓާއޯ ފައިގައި ޖެހިފައި ގޯލަށް ވަން ބޯޅައިންނެވެ.
ރެއާލް މެޑްރިޑުން ގިނަ ވަގުތު ބޯޅަ ހިފެހެއްޓި ނަމަވެސް ބާސެލޯނާގެ ޑިފެންސުގައި ތަފާތު ދެއްކީ ރޮނާލްޑް އަރައުހޯ އެވެ. މެޗުގެ އިތުރު ވަގުތުގައި ރެފްރީއާ ދެބަސް ވެގެން ކޯޗު ޒަވީ އަށް ވަނީ ރީނދޫ ކާޑެއް ވެސް ދައްކައިފަ އެވެ.
ބާސެލޯނާގެ އަރައުހޯ (ވ)، ރެއާލްގެ ވިނީޝިއަސް ޖޫނިއާ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
"މެޗުގައި ކުރަން ޖެހޭ ކަންތައް ކުރެވުމުން [ނަތީޖާ ނެރެވުމުން] ހިތްހަމަ ޖެހޭ. ރެއާލްގެ ދަނޑުގައި އެޓީމު ހުއްޓުވަން ޑިފެންސުން ކުރި މަސައްކަތް ފާހަގަ ކުރަން. މިއީ އުނދަގޫ މެޗެއް، މުހިއްމު މޮޅެއް. އެކަމަކު އަހަރެމެންނަށް ބޯޅަ ނުހިފެހެއްޓުނު، މެޑްރިޑްގެ ހާފުގައި ބޯޅަ ވިން ކުރަން އުނދަގޫވި،" މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ބުންޏެވެ.
"ބޯޅަ ނެތި އަހަރެމެން ވަރަށް ރަނގަޅަށް ޑިފެންސް ކުރިން. އެކަމާ ހިތްހަމަ ޖެހޭ. އެކަމަކު ބޯޅަ ގެންގުޅޭއިރު ކުޅުން މިއަށް ވުރެ ރަނގަޅު ކުރަން ޖެހޭ. އިދިކޮޅު ކުޅުންތެރިންނަށް މެޗް ޑޮމިނޭޓް ކުރަން ދީގެން ނުވާނެ. ނަތީޖާއާ މެދު ހިތްހަމަ ޖެހުނަސް މެޗުގެ ކުޅުމާ މެދު އެހާ ހިތްހަމައެއް ނުޖެހޭ."
ޒަވީ އިތުރަށް ބުނީ މިއީ އޭނާ ކުޅުވަން ބޭނުންވި ގޭމެއް ނޫން ކަމަށެވެ. އިދިކޮޅު ކުޅުންތެރިން މެޗު ޑޮމިނޭޓް ކުރާ ވަގުތު ވެސް މެޗެއްގައި އަންނާނެ ކަމަށާއި، އެކަމަކު އޭނާ ބޭނުން ވީ ގޯލު ޖަހަން ގިނަ ފުރުސަތު ތަނަވަސް ކުރަން ކަން ޒަވީ ހާމަ ކުރި އެވެ.
ޒަވީ މެޗުގައި ބާސެލޯނާ އަށް އިރުޝާދު ދެނީ.-- ފޮޓޯ: އޭއެފްޕީ
"އަހަރެންގެ ޕްލޭން މުޅިން ތަފާތު. އިދިކޮޅު ހާފުގައި ބޯޅަ ޑޮމިނޭޓް ކުރުން، ބޯޅައާ އެކު ޑިފެންސް ކުރުން. އެކަމަކު މިރޭ އަހަރެމެންނަށް އެކަމެއް ނުވި. އެހާ ރީތި ކުޅުމެއް ނުކުޅެވުނު. ރެއާލަށް ގޯލު ޖަހަން ބައިވަރު ފުރުސަތު ނުލިބުނު، އެހެންވެ ކޮންމެއަކަސް މިއީ ވަރަށް މުހިއްމު މޮޅެއް،" ޒަވީ ބުންޏެވެ.
މުބާރާތުގެ އަނެއް ސެމީގެ ފުރަތަމަ ލެގުގައި އޮސަސޫނާ ވަނީ 1-0 އިން އެތުލެޓިކޯ ބިލްބާއޯ ބަލިކޮށްފަ އެވެ.
މި ސީޒަން ގައި ބާސެލޯނާ ވަނީ ލީގުގައި ރެއާލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި 3-1 އިން ބަލި ވެފަ އެވެ. ނަމަވެސް ޖެނުއަރީ މަހު ކުޅުނު ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ހަމަ މި ނަތީޖާއިން ބާސެލޯނާ ވަނީ ރެއާލް މެޑްރިޑް ބަލި ކޮށްފަ އެވެ.
ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ބާސެލޯނާގެ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގެ ރެއެވެ. އޭގެ ކުރިން ބާސެލޯނާ ލީގުގައި ހަތަރު މެޗެއް ކުޅޭނެ އެވެ.
އެންމެ އަވަހަށް އާދިއްތަ ދުވަހުގެ ރޭ ވެލެންސިއާ އާ ދެކޮޅަށް ކުޅުމަށް ފަހު ހަފްތާއެއް ފަހުން އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ކުޅޭނެ އެވެ. އެއަށް ފަހު މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ވެސް ކުޅޭނެ އެވެ. އަދި ދެވަނަ ލެގަށް ރެއާލްގެ ދަނޑަށް ދާނީ ލީގުގައި އެލްޗޭއާ ދެކޮޅަށް ކުޅުމަށް ފަހު އެވެ.
ކޮޕަ ޑެލް ރޭ ގައި ރެއާލާ ދެކޮޅަށް ނުކުތުމުގެ ކުރިން ލީގުގައި ބާސެލޯނާ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި އަލްމެއިރާ އަތުން ބަލި ވެފަ އެވެ. ރެއާލް ވަނީ ލީގުގައި އެންމެ ފަހުން އެތުލެޓިކޯ މެޑްރިޑާ ކުޅެ އެއްވަރު ވެފަ އެވެ. ލީގުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ހަތް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
ވިލިއަމްސްގެ ދެބެއިން ބާސެލޯނާ ކަޓުވާލައިފި
ސުޕަކަޕް ފައިނަލްގައި މިއަހަރު ވެސް އެލް ކްލެސިކޯއެއް!
15 އަހަރުގެ ޔަމާލްއާ މެސީއާ ޒަވީ އަޅާކިޔައިފި
ރެއާލް ބަލިކޮށް ބާސާ އަށް 12 ޕޮއިންޓްގެ ލީޑެއް
ޒަވީގެ ފުރަތަމަ ތަށި ހޯދަން ބާސެލޯނާ ނުކުންނަނީ
ސްޕެނިޝް ކަޕުން ބާސެލޯނާ ސަލާމަތްވީ ކިރިޔާ
އެލް ކްލެސިކޯ: ބާސާ ކުޅޭ ސްޓައިލް ވަރަށް ސާފު
ކޮޕަ ޑެލް ރޭ: ބާސެލޯނާ ކަޓައިފި، ރެއާލް ކުއާޓާ އަށް
ފެރަން ޓޯރޭޒް ރަޖިސްޓްރީކޮށް ބާސާ ހިންދެމިލައިފި
ބާސާ އާއި ރެއާލް ވެސް ކޮޕަ ޑެލް ރޭގެ ގަދަ 16 އަށް