ސެވިއްޔާ (އޭޕްރީލް 27) - އިތުރު ވަގުތުގައި ލަނޑު ޖަހައިގެން 3-2 އިން ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސެވިއްޔާ (އޭޕްރީލް 27) - އިތުރު ވަގުތުގައި ލަނޑު ޖަހައިގެން 3-2 އިން ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މި ކާމިޔާބާ އެކު ބާސެލޯނާ އަށް ވަނީ މި ސީޒަނުގައި ތިން ތަށި ހޯދުމުގެ ފުރުސަތު ފަހިވެފަ އެވެ. އެ ޓީމު ސްޕެނިޝް ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރަމުން އަންނައިރު، ޗެމްޕިއަންސް ލީގުގައި ވެސް އޮތީ ސެމީ ފައިނަލުގަ އެވެ.
އަނެއްކޮޅުން ރެއާލް ހުސްއަތާ ނިންމާލަން ޖެހުމުގެ ފުރުސަތު ވެސް ވަނީ ބޮޑުވެފަ އެވެ. އެ ޓީމު ޗެމްޕިއަންސް ލީގުން ކަޓާފައިވާއިރު، ލީގުގައި ވެސް އޮތީ ދެ ވަނައިގަ އެވެ.
ސެވިލްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ ވަނީ ޕެޑްރީގެ ލަނޑަކުން ލީޑު ނަގައިފަ އެވެ. މިއީ ލަމީން ޔަމާލް ދިން ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ. އެކަމަކު ދެ ވަނަ ހާފުގައި ކިލިއަން އެމްބާޕޭ ކުޅެން އަރައި ހިލޭޖެހުމަކުން ނަތީޖާ އެއްވަރުކުރި އެވެ. އޭގެ އިރުކޮޅެއް ފަހުން އޮރޭލިއަން ޗުއަމެނީ ބޮލުން ޖެހި ލަނޑަކުން ރެއާލުން ލީޑު ނެގި އެވެ. ނަމަވެސް އިތުރު ވަގުތު ކުޅެން ޖެހުނީ ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ފެރާން ޓޮރޭޒް ލަނޑެއް ޖަހައި ބާސާ އަށް ނަތީޖާ އެއްވަރު ކޮށްދިނުމުންނެވެ
މެޗުގެ 90 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަ މިނިޓުގެ ތެރޭން އެންމެ ފަހު މިނިޓުގައި ރެފްރީ، ބާސާ އަށް ޕެނަލްޓީއެއް ދޭން ވެސް ނިންމި އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ވަނީ ބާސާގެ ރަފީނިއާ ޑައިވް ކުރީ ކަމަށް ނިންމައިފަ އެވެ.
އިތުރު ވަގުތުގެ ފަހު ހާފުގައި، 116 ވަނަ މިނިޓުގައި ބާސެލޯނާ މޮޅު ކޮށްދިން ލަނޑު ޖަހައިިދިނީ ޖޫލްސް ކޫންޑޭ އެވެ. އޭގެ ފަހުން ރެއާލާ ދެކޮޅަށް ރެފްރީ ނިންމި ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން، ބެންޗުގައި އިން އެންޓޯނިއޯ ރުޑިގާ ދަނޑަށް ފުޅިއެއް އުކުމުން އޭނާ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.
މިއީ، ސްޕެނިޝް ކަޕުގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ބާސެލޯނާ، މުބާރާތް ކާމިޔާބު ކުރި 32 ވަނަ ފަހަރެވެ.
ބާސެލޯނާ ވަނީ މި ސީޒަންގެ ސްޕެނިޝް ސުޕަ ކަޕް ފައިނަލްގައި ވެސް ރެއާލް މެޑްރިޑް ބަލިކޮށް ތަށި އުފުލާލައިފަ އެވެ. ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތް އިރު، ދެ ވަނައިގައި އޮތީ ރެއާލެވެ. ލީގުގައި ބާކީ ފަސް މެޗު އޮތް އިރު، އޭގެ ތެރޭގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ވެސް އެބަ އޮތެވެ.
ބާސެލޯނާ އަށް ދެން އެންމެ އަވަހަށް އޮތީ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ.
ވިލިއަމްސްގެ ދެބެއިން ބާސެލޯނާ ކަޓުވާލައިފި
ރެއާލް ބަލިކުރެވުނަސް ކުޅުމާމެދު ޒަވީ ހިތްހަމަނުޖެހޭ
ސްޕެނިޝް ކަޕުން ބާސެލޯނާ ސަލާމަތްވީ ކިރިޔާ
ކޮޕަ ޑެލް ރޭ: ބާސެލޯނާ ކަޓައިފި، ރެއާލް ކުއާޓާ އަށް
ބާސާ އާއި ރެއާލް ވެސް ކޮޕަ ޑެލް ރޭގެ ގަދަ 16 އަށް
ރެއާލް މެޑްރިޑާއި ބާސެލޯނާ ކަޓައިފި
ރެއާލަށް ބޮޑު މޮޅެއް، ބާސެލޯނާ އަނެއްކާ ވެސް އެއްވަރު
އަނިޔާގައި ހުރި ރުޑިގާއަށް ހަ މެޗުގެ ސަސްޕެންޝަނެއް
ރެއާލް ބަލިވެ ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
ކޮޕަ ޑެލް ރޭ ފައިނަލްގައި އެލް ކްލެސިކޯ އެއް