09 ޖެނުއަރީ 2025
ޕަބެލޯ ގަވީ އާއި ލަމީން ޔަމާލްގެ ލަނޑުތަކުން 2-0 އިން އެތުލެޓިކް ކްލަބް ބިލްބާއޯ ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ޕަބެލޯ ގަވީ އާއި ލަމީން ޔަމާލްގެ ލަނޑުތަކުން 2-0 އިން އެތުލެޓިކް ކްލަބް ބިލްބާއޯ ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ސައުދީ އަރަބިއާގެ ޖިއްދާގައި ކުޅުނު މެޗުގައި ބާސާގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ގަވީ ޖެހީ އަލްހެންޑްރޯ ބަލޭޑް ތަނަވަސްކޮށްދިން ބޯޅައިންނެވެ.
އެ ލަނޑު ޖެހުމުގެ އިތުރަށް، އަނެއް ލަނޑު ޖެހުމަށް ޔަމާލް އަށް ފުރުސަތު ތަނަވަސްކޮށް ދިނީ ގަވީ އެވެ. އެ ލަނޑު ޖެހީ 52 ވަނަ މިނެޓުގަ އެވެ.
ބާސާއިން ކުރިން ކުޅުނު ދެ މެޗުގައި ޔަމާލަށް ނުކުޅެވުނެވެ. އެއީ އޭނާގެ ފައިގެ ކުޑަހުޅަށް ލިބުނު ކުޑަ ހާނިކައަކާ ގުޅިގެންނެވެ. އެކަމަކު އޭނާ އަށް ފުރަތަމަ 11 އިން ފުރުސަތު ދޭން ކޯޗު ހެންސީ ފްލިކް ނިންމީ ކީއްވެގެންކަން، ޔަމާލް ސާބިތުކޮށް ދިނެވެ. އެހެންވިޔަސް މުޅި މެޗު ފުރިހަމަކުރަން ޔަމާލްއަށް ފުރުސަތެއް ނުދިނެވެ. މެޗުގެ 63 ވަނަ މިނެޓްގައި އޭނާ ބަދަލު ކުރި އެވެ.
"އޭނާ އެނބުރި އެ އައީ އަނިޔާގައި ހުރުމަށް ފަހު. އޭނާ އަށް ފުރަތަމަ 11 އިން ފުރުސަތު ދިނަސް، ކުރިން ވެސް ވިސްނުމަކީ 60 ވަނަ މިނެޓާ ހަމައިން އޭނާ ބަދަލު ކުރުން. އެކަމަށް އަހަރެމެން ހުރިހާ ގޮތަކުން ވެސް އެއްބަސްވެގެން މެޗަށް ނުކުތީ،" ފްލިކް ބުންޏެވެ.
ސުޕަ ކަޕްގެ ތަށި އެންމެ ގިނައިން ކާމިޔާބު ކުރި ބާސާ އާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ރެއާލް މެޑްރިޑް އާއި ރެއާލް މަޔޯކާ މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.
އަލަށް ކުޅެން ނުކުމެ ގިއޫ މިނެޓެއް ނުވަނީސް ލަނޑެއް
ރެއާލް ބަލިކޮށް ސުޕަ ކަޕް ބާސާއިން ހޯދައިފި
ފެރަން ޓޯރޭޒް ރަޖިސްޓްރީކޮށް ބާސާ ހިންދެމިލައިފި
ބިލްބާއޯ ތަށި އުފުލާލިއިރު މެސީ އަށް ރަތެއް
ސަސްޕެންޝަނުގައި ހުއްޓަސް ސުޕަ ކަޕްގައި ވިނީ ފެންނާނެ
"އޮލްމޯ ރަޖިސްޓަރީ ކުރެވޭނެކަމުގެ އުއްމީދު އެބައޮތް"
އޮލްމޯ ޓީމުގައި މަޑުކުރުވަން ބާސާއިން މަރަށް ތެޅެނީ!
އެތުލެޓިކޯ އެއްވަނަ އަށް، ތައްޓަށް ވާދަކުރާނެ
އެމްބާޕޭ ފުރުސަތު ނަގާލުމުން ރެއާލް ބަލިވެއްޖެ
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް