05 ޖެނުއަރީ 2025
ބާސެލޯނާގެ ކުޅުންތެރިޔެއްގެ ގޮތުގައި ޑެނީ އޮލްމޯ ރަޖިސްޓަރީ ކުރެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށް އެ ކްލަބްގެ ކޯޗު ހެންސީ ފްލިކް ބުނެފި އެވެ.
ބާސެލޯނާގެ ކުޅުންތެރިޔެއްގެ ގޮތުގައި ޑެނީ އޮލްމޯ ރަޖިސްޓަރީ ކުރެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށް އެ ކްލަބްގެ ކޯޗު ހެންސީ ފްލިކް ބުނެފި އެވެ.
އާރްބީ ލައިޕްޒިގަށް 61 މިލިއަން ޑޮލަރު ދިނުމަށް ފަހު މިދިޔަ ޓްރާންސްފާ ބާޒާރުގައި ބާސާއިން ގެނައި އޮލްމޯ އެ ކްލަބްގެ ކުޅުންތެރިޔެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވުނީ ސީޒަންގެ ފުރަތަމަ ހަ މަސް ދުވަހަށެވެ. އެއީ ބާސާގެ މާލީ ހާލަތު ހުރި ގޮތުންނެވެ. އެއަށްވުރެ ދިގު މުއްދަތަކަށް އޭނާ ރަޖިސްޓަރީ ނުކުރެވެނީ، ފައިނޭންޝިއަލް ފެއާޕްލޭގެ މިންގަނޑަށް ވުރެ ބާސާގެ މުސާރައިގެ ހަރަދު ބޮޑުވާތީވެ އެވެ.
އޮލްމޯގެ އިތުރުން ޕައު ވިކްޓާ ރަޖިސްޓަރީ ކުރެވޭނެ ގޮތެއް ނުވި އެވެ. އެ ދެ ކުޅުންތެރިން ރަޖިސްޓަރީ ކުރަން އިއްޔެ ވެސް ބާސާއިން ހުށަހެޅި އެވެ. އެކަމަކު ފައިނޭންޝިއަލް ފެއާޕްލޭ އަށް އަދިވެސް ނުފެތޭތީ އެ ހުށަހެޅުން ވެސް ލަލީގައިން ގަބޫލެއް ނުކުރެ އެވެ.
އެކަމަކު ފްލިކް ބުނީ ކްލަބުން އެކަން ފުރިހަމަ ކުރާނެކަމުގެ އިތުބާރު އޭނާ އަށް އެބައޮތްކަމަށެވެ. އެކަން ބާސާ އަށް ފުރިހަމަ ކުރެވޭނީ ކްލަބަށް އިތުރަށް ފައިސާ ހޯދައިގެންނެވެ. މަދުވެގެން 100 މިލިއަން ޑޮލަރު ހޯދަން ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި މިހާރު އޮތް ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގެ ބައެއް ވީއައިޕީ ބޮކްސް އަރަބި މަހުޖަނުންތަކަކަށް 100 މިލިއަން ޑޮލަރަށް ވިއްކާލުމަށް ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސްޕެނިޝް ކަޕުގައި ރޭ ބާބެސްޓްރޯއާ އަތުން 4-0 އިން މޮޅުވި މެޗަށް ފަހު ފްލިކް ބުނީ އޮލްމޯ އާއި ވިކްޓާ ރަޖިސްޓަރީ ކުރެވޭނެ މާލީ ޖާގަ އުފެއްދުމަށް ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަހަންނަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކްލަބުން އެކަން ފުރިހަމަކުރާނެ ކަމުގެ. (އިއްޔެ) ހެނދުނު ވެސް އަހަރެން އޮލްމޯއާ ވާހަކަ ދެއްކިން އޭނާ ބޭނުން ވަނީ ބާސާ އަށް ކުޅެން. އަހަރެމެންނަށް ވަރަށް މުހިންމު ދެ ކުޅުންތެރިން އެއީ. އެކަމަކު މިވަގުތު އަހަރެމެންނަށް އޮތީ އިންތިޒާރުގައި ތިބުން،" ފްލިކް ބުންޏެވެ.
ރޮބަޓް ލެވަންޑޯސްކީގެ ދެ ލަނޑު ޖެހި މެޗުން މޮޅުވެ ބާސާ ވަނީ އެ މުބާރާތުގެ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފަ އެވެ. ބާސާގެ އަނެއް ދެ ލަނޑު ޖެހީ އެރިކް ގާސިއާ އާއި ޕަބެލޯ ޓޯރޭ އެވެ.
އެތުލެޓިކޯ އެއްވަނަ އަށް، ތައްޓަށް ވާދަކުރާނެ
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް
ބާސާއާ ދެން ހަވާލުވާ ކޯޗަކަށް އުނދަގޫ ވާނެ: ޒަވީ
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް