31 ޑިސެމްބަރ 2024
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި އިއްޔެ ބެންގަލޫރުގައި ރާއްޖެ އަތުން 14-0 އިން އިންޑިއާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު މޮޅުވި މެޗުގައި ލައިންސްމަނަށް ކުޅަނދުރު ބައިގަނޑެއްގެ އުނދަގޫ ޖެހިގެން އިރުކޮޅެއް ވަންދެން މެޗު މެދުކަނޑާލަން ޖެހިއްޖެ އެވެ.
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި އިއްޔެ ބެންގަލޫރުގައި ރާއްޖެ އަތުން 14-0 އިން އިންޑިއާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު މޮޅުވި މެޗުގައި ލައިންސްމަނަށް ކުޅަނދުރު ބައިގަނޑެއްގެ އުނދަގޫ ޖެހިގެން އިރުކޮޅެއް ވަންދެން މެޗު މެދުކަނޑާލަން ޖެހިއްޖެ އެވެ.
އިންޑިއާ 8-0 އިން ކުރީގައި އޮއްވާ މެޗުގެ 43 ވަނަ މިނެޓުގައި، ފެނުނީ ލައިންސްމަން ކުއްލިއަކަށް ދަނޑު މައްޗަށް އެރި ތަނެވެ. އޭރު އޭނާ ދިޔައީ އަތުގައި އޮތް ދިދައިން ކުޅުނދުރު ފައްސަމުންނެވެ. އެންމެ ފަހުން އޭނާ ބޮލާއި މޫނުގައި އަތް އަޅައިގެން ދަނޑު މެދުގައި އޮށޯތީ އެވެ. އޭނާ ގަޔަށް ކަށި ޖެހި ކަމެއް ޔަގީނެއް ނޫނެވެ. އޭގެ ފަހުން ކުޅަނދުރު ބައިގަނޑުގެ ކިބައިން ސަލާމަތްވާން ކުޅުންތެރިން ވެސް ދަނޑުން ފައިބައި ޗޭންޖިން ރޫމާ ދިމާލަށް ދިޔަ އެވެ. މެޗު އަލުން ފެށުނީ 15 މިނެޓު ފަހުންނެވެ.
ބެންގަލޫރުގައި ހުންނަ ޕަޑުކޯނޭ-ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސެލެންސްގައި ކުޅުނު މި މެޗަކީ އިންޑިއާގެ އާ ކޯޗު ސްވިޑަން ޔޯކިމް އެލެކްސަންޑާސަންގެ އިރުޝާދުގެ ދަށުން އެ ޓީމު ނުކުތް ފުރަތަމަ މެޗެވެ. މިއީ އިންޑިއާ އިން އެންމެ ތަފާތު ބޮޑުކޮށް މޮޅުވި އެއް މެޗު ވެސް މެ އެވެ.
މި މެޗުގައި އެންމެ ބޮޑަށް ވިދާލީ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިން ލީންޑާ ކޮމް ސެޓޯ އެވެ. އޭނާ ވަނީ ހަތަރު ގޯލް ޖަހައިފަ އެވެ. އަދި ޕްޔާރީ ޒަޒާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އިންޑިއާ އިން މުޅި މެޗު ޑޮމިނޭޓްކުރި މި މެޗުގައި އެ ޓީމުގެ ބޯލް ޕޮޒެޝަންއަކީ 70 ޕަސެންޓެވެ.
މި ސިލްސިލާގެ ދަށުން ރާއްޖެ އާއި އިންޑިއާގެ ދެ ވަނަ މެޗު ބުދަ ދުވަހު ކުޅޭނެ އެވެ.
އެފްއޭއެމުން އެންމެ ފުރަތަމަ ރޭވީ ސްރީ ލަންކާއާ ދެކޮޅަށް ކުޅޭށެވެ. އެކަމަކު އެކަން ހަމަޖެހޭ ގޮތް ނުވުމުން އިންޑިއާއާ ކުޅޭ ގޮތަށް ބަދަލުކުރީ އެވެ.
ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އޭރު ބުނީ ލަންކާއާ އެކު ކުޅެން ބޭނުންވީ ވާދަވެރިކޮށް ކުޅެ ރަނގަޅު ފައިޓެއް ދެވޭނެތީ ކަމަށެވެ. އެކަމަކު އިންޑިއާ އަކީ ރާއްޖެއާ ބަލާއިރު މާބޮޑަށް ވެސް ވަރުގަދަ ގައުމަކަށްވާތީ އެ ޓީމާ ދެކޮޅަށް އެގޮތަށް ކުޅުމަކީ އުނދަގޫ ކަމަކަށްވާނެ އެވެ.
"އެހެންވެ މުޅި ޕްލޭން ބަދަލުކުރަން ޖެހިފައި މިއޮތީ. ޓީމު ތައްޔާރުވަމުން އައީ ލަންކާއާ ދެކޮޅަށް ކުޅެން،" ނިޒާމްބެ ބުންޏެވެ.
ފީފާގެ އުސޫލުގެ ދަށުން އަންހެން ޓީމު އަހަރަކު މަދުވެގެން ބައިނަލްއަގްވާމީ ހަތަރު މެޗު ކުޅެން ޖެހެ އެވެ. އެހެންވެ ހަމަޖެހެން އޮތް ކޮންމެ ގައުމަކާ ދެކޮޅަށް ވިޔަސް މެޗު ރާވަން އެފްއޭއެމް އަށް މަޖުބޫރެވެ.
އަންހެން ޓީމު އަންނަނީ މިދިޔަ އޮކްޓޫބަރު މަހު ނޭޕާލުގައި އޮތް ސާފް ޗެމްޕިއަންޝިޕަށް ފަހު ގަވާއިދުން ޕްރެކްޓިސްކުރަމުންނެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ ލަންކާ އާއި ނޭޕާލާއި، ބޫޓާން އަތުން ބަލިވެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
އަންހެން ފުޓްބޯޅައިގައި ރާއްޖެ އަންނަނީ ލަންކާ އަށް ރަނގަޅު ފައިޓެއް ދެމުންނެވެ. އެގޮތުން މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބަލިވީ 1-0 އިންނެވެ. އޭގެ ކުރިން 2019 ވަނަ އަހަރު ބަލިވީ 2-0 އިންނެވެ. އެކަމަކު އިންޑިއާއާ ވާދަކުރުމަކީ އަދި އުނދަގޫ ކަމެކެވެ. އެގޮތުން 2022 ގައި 9-0 އިން ބަލިވިއިރު 2019 ގައި ބަލިވީ 5-0 އިންނެވެ.
ކޯޗެއްގެ ގޮތުގައި ދެން ނުފެންނާނެ: ޝާޒް
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
ރެފްރީންނާ ހެދި ތުރުކީ ލީގު ވަނީ ވިހަވެފައި: މޮރީނިއޯ
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
އިޓަލީގެ ކުރީގެ ފޯވާޑް ޑިވާއިއޯގެ މެޗެއް މީދޫގައި
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
"އޮލްމޯ ރަޖިސްޓަރީ ކުރެވޭނެކަމުގެ އުއްމީދު އެބައޮތް"
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
70 އަހަރަށްފަހު ރެއާލުން ސްޓޭޑިއަމްގެ ނަންބަދަލުކުރަނީ
ޓްރާންސްފާއެއްގައި ލިވަޕޫލަށް ރިވަޕްލޭޓް ޗެލެންޖަކަށް