08 ފެބުރުއަރީ 2017
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރި 280،000 ވަނަ ކާޑު މިއަދު ހަވާލުކޮށްފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރި 280،000 ވަނަ ކާޑު މިއަދު ހަވާލުކޮށްފި އެވެ.
އެކަން ފާހަގަކުރަން، ބީއެމްއެލް އިން މިހާރު ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުން ބޭންކުގެ މައި އޮފީހުގައި މިއަދު ހެނދުނު ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފަ އެވެ. މި ހަފުލާގައި، 280،000 ވަނަ ކާޑު ނެގި ސިމް ޖާބިރުގެ ކާޑު ހިލޭ އަޕްގްރޭޑު ކޮށްދީ، ވިސާ ޕްލެޓިނަމް ކާޑެއް އޭނާއާ ހަވާލުކޮށް ދެއްވީ ބޭންކުގެ ހެޑް އޮފް ކާޑު ސާވިސަސް އަބްދުލް އަލީމް އަބްދުލް ގަފޫރެވެ.
ބީއެމްއެލް އިން ދޫކުރި 280،000 ވަނަ ކާޑު ނެގި ސިމް ޖާބިރު (މ)ގެ ކާޑު، ބޭންކުގެ ހެޑް އޮފް ކާޑު ސާވިސަސް އަބްދުލް އަލީމް މިއަދު ހަވާލުކޮށް ދެއްވަނީ.-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އިން މައިގަނޑު ގޮތެއްގައި ދޫކުރަނީ އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑާއި ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑެވެ. އަދި މާސްޓަ ކާޑުގެ ގިފްޓް ކާޑާއި ޕްރިޕެއިޑް ކާޑު ވެސް އެ ބޭންކުން ދޫކުރެ އެވެ.
ކާޑު ބޭނުންކޮށްގެން ބީއެމްއެލް އިން އަންނަނީ ތަފާތު ޒަމާނީ ހިދުމަތްތައް ފޯރުކޮށް ދެމުންނެވެ. އެ ގޮތުން، އެ ބޭންކުން ދޫކުރާ ކްރެޑިޓް ކާޑާއި ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ވިޔަފާރި ކުރެވެ އެވެ. މި ކާޑުތައް ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުގައި ބޭނުން ކުރެވެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ އެންމެ ފުޅާ ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ނެޓްވޯކު މެދުވެރިކޮށް ވެސް، މި ކާޑުތައް ބޭނުންކޮށްގެން ވިޔަފާރި ކުރެވެ އެވެ. އަދި ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ގާއިމުކޮށްފައިވާ ބީއެމްއެލްގެ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ބީއެމްއެލް އިން މިދިޔަ ހަފުތާގައި ފެށި "އަހަރެންގެ ބޭންކް" ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައު އަށް ކުރާ ފައިދާތައް ކިޔައިދިނުމެވެ. ބޭންކާއި އާއްމުންނާ އޮންނަ ގުޅުން ބަދަހި ކުރަން ހިންގާ މި ކެމްޕޭނުގެ ދަށުން މި މަހުގެ ކޮންމެ ދުވަހަކު ވެސް އާއްމުންނާ ގުޅުންހުރި ހަރަކާތެއް ހިންގަން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އަންނަނީ އާ ބްރާންޗުތަކާއި ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ބޭންކުގެ ހިދުމަތް ފުޅާ ކުރަމުންނެވެ. އެ ގޮތުން، މިހާތަނަށް ވަނީ 20 އަތޮޅުގައި 31 ބްރާންޗާއި 79 އޭޓީއެމް އާއި 4،000 ޕީއޯއެސް މާޗަންޓުންނާއި 190 ކޭޝް އެޖެންޓުންނާއި 19 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް ގާއިމްކޮށްފަ އެވެ.
ބީއެމްއެލްގެ ހިދުމަތްތައް ފުޅާކުރަން މި އަހަރު ހިންގާ 300 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން، 22 ރަށަކަށް ހިދުމަތް ފުޅާކުރަން ރަށްރަށުގައި އާ ހަތް ބްރާންޗާއި ހަތަރު ވިޔަފާރި މަރުކަޒާއި މާލޭގައި ކަސްޓަމަ ސާވިސް ސެންޓަރަކާއި އައްޑޫގައި ކޯލް ސެންޓަރެއް ގާއިމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 20 އޭޓީއެމް ބަހައްޓަން ވަނީ ނިންމައިފަ އެވެ. އަދި 150 އާ ވަޒީފާ އުފައްދައި ބީއެމްއެލްގެ މުވައްޒަފުންގެ އަދަދު 850 އިން 1،000 އަށް އިތުރު ކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެ އާ ވަޒީފާތަކުގެ ތެރޭން ދެ ބައިކުޅަ އެއް ބައި (75 ވަޒީފާ) ރަށްރަށަށް ހާއްސަކޮށްފައި ވާއިރު، ބާކީ ބައި ހުޅުވާލަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދަށެވެ.
ބީއެމްއެލްގެ އާ ކާޑު: ދައްކުވައިދެނީ ރާއްޖޭގެ ރީތިކަން
ބީއެމްއެލްގެ ކާޑު މެޝިން 4،000 ތަނަކަށް
އެމެކްސްއާ އެކު އޮތީ ބަދަހި ގުޅުމެއް: ޝަރީފު
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ކްރެޑިޓް ކާޑުގެ ބޭރުގެ މުއާމަލާތުގެ ލިމިޓް ބޮޑުކޮށްފި
ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް
ދެ ފަހަރަށް ކެނޑުނު ފައިސާ އަނބުރާ ޖަމާކޮށްދީފި
ބޭންކުން ކާޑުގެ މައުލޫމާތު ލީކެއް ނުވޭ: ބީއެމްއެލް