07 ފެބުރުއަރީ 2017
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ނެޓްވޯކު އިތުރަށް ފުޅާކޮށް، 4،000 ވަނަ ތަނުގައި ކާޑު މެޝިން ބޭނުން ކުރަން އިއްޔެ ފަށައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ނެޓްވޯކު އިތުރަށް ފުޅާކޮށް، 4،000 ވަނަ ތަނުގައި ކާޑު މެޝިން ބޭނުން ކުރަން އިއްޔެ ފަށައިފި އެވެ.
ބީއެމްއެލް އިން ރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ބޭންކުގެ ކާޑު މެޝިން ބޭނުން ކުރަން ފެށި 4،000 ވަނަ ތަނަކީ އއ. ރަސްދޫގައި ހުންނަ ރޯޔަލް އިން ގެސްޓްހައުސް އެވެ. އެކަން ފާހަގަކުރަން، ބީއެމްއެލް އިން ވަނީ އެ ބޭންކުން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުން، އެ ގެސްޓްހައުސްގައި އިއްޔެ ކުޑަ ހަފުލާއެއް ބާއްވައި އެ ތަނުގެ ވެރިންނަށް ހަނދާނީ ފިލައެއް ދީފަ އެވެ.
ބީއެމްއެލްގެ ކާޑު މެޝިން ބޭނުންކުރަން ފެށި 4،000 ވަނަ ތަން ކަމަށްވާ އއ. ރަސްދޫ ރޯޔަލް އިން ގެސްޓްހައުސްގެ އިސް ވެރިޔަކާ އިއްޔެ ހަނދާނީ ފިލައެއް ހަވާލުކުރަނީ.-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ޕީއޯއެސް ނެޓްވޯކު ފުޅާކުރުމާ ގުޅޭ ގޮތުން، އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ބީއެމްއެލް އިން ވިޔަފާރިތަކަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށް ދެމުން އަންނަ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތައް ކަމަށެވެ. މި ހިދުމަތް ރަސްދޫ އަށް ތައާރަފް ވުމުން، އެ ރަށުގެ ވިޔަފާރިވެރިންނަށާއި އިގްތިސާދަށް ކުރިއެރުން އަންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރޯޔަލް އިން ގެސްޓްހައުސް އަކީ އަޅުގަނޑުމެންގެ ޕީއޯއެސް ނެޓްވޯކާ ގުޅޭ 4،000 ވަނަ ވިޔަފާރި އަށް ވުމާ އެކު، މި މުހިއްމު ލަނޑުދަނޑި ހާސިލުވުން ރަސްދޫގައި ފާހަގަކުރެވޭ ކަމީ އަޅުގަނޑުމެންނަށް ހާއްސަ އުފަލެއް ލިބޭ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ފުޅާ ޕީއޯއެސް ނެޓްވޯކު ގެންގުޅޭ ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުން ވިސާ، މާސްޓަކާޑު އަދި އެމެރިކަން އެކްސްޕްރެސް އާއި އެ ނޫން ވެސް ދުނިޔޭގެ މަޝްހޫރު ހުރިހާ ކާޑުތަކެއް ބަލައިގަނެ އެވެ. އަދި ވިޔަފާރި ކުރުމަށް ފަހު ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ފައިސާ ދެއްކޭނެ އެވެ.
ބީއެމްއެލްގެ ކާޑު މެޝިން 4،000 ތަނެއްގައި ބޭނުންކުރަން ފެށުން އއ. ރަސްދޫ ރޯޔަލް އިން ގެސްޓްހައުސްގައި އިއްޔެ ފާހަގަކުރަނީ.-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އިން މިދިޔަ ހަފުތާގައި ފެށި "އަހަރެންގެ ބޭންކް" ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައު އަށް ކުރާ ފައިދާތައް ކިޔައިދިނުމެވެ. ބޭންކާއި އާއްމުންނާ އޮންނަ ގުޅުން ބަދަހި ކުރަން ހިންގާ މި ކެމްޕޭނުގެ ދަށުން މި މަހުގެ ކޮންމެ ދުވަހަކު ވެސް އާއްމުންނާ ގުޅުންހުރި ހަރަކާތެއް ހިންގަން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އަންނަނީ އާ ބްރާންޗުތަކާއި ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ބޭންކުގެ ހިދުމަތް ފުޅާ ކުރަމުންނެވެ. އެ ގޮތުން، މިހާތަނަށް ވަނީ 20 އަތޮޅުގައި 31 ބްރާންޗާއި 78 އޭޓީއެމް އާއި 4،000 ޕީއޯއެސް މާޗަންޓުންނާއި 190 ކޭޝް އެޖެންޓުންނާއި 19 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް ގާއިމްކޮށްފަ އެވެ.
ބީއެމްއެލްގެ ހިދުމަތްތައް ފުޅާކުރަން މި އަހަރު ހިންގާ 300 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން، 22 ރަށަކަށް ހިދުމަތް ފުޅާކުރަން ރަށްރަށުގައި އާ ހަތް ބްރާންޗާއި ހަތަރު ވިޔަފާރި މަރުކަޒާއި މާލޭގައި ކަސްޓަމަ ސާވިސް ސެންޓަރަކާއި އައްޑޫގައި ކޯލް ސެންޓަރެއް ގާއިމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 20 އޭޓީއެމް ބަހައްޓަން ވަނީ ނިންމައިފަ އެވެ. އަދި 150 އާ ވަޒީފާ އުފައްދައި ބީއެމްއެލްގެ މުވައްޒަފުންގެ އަދަދު 850 އިން 1،000 އަށް އިތުރު ކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެ އާ ވަޒީފާތަކުގެ ތެރޭން ދެ ބައިކުޅަ އެއް ބައި (75 ވަޒީފާ) ރަށްރަށަށް ހާއްސަކޮށްފައި ވާއިރު، ބާކީ ބައި ހުޅުވާލަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދަށެވެ.
ބީއެމްއެލް އިން 280،000 ކާޑު ދޫކޮށްފި
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް
ބޭންކުން ކާޑުގެ މައުލޫމާތު ލީކެއް ނުވޭ: ބީއެމްއެލް
ބީއެމްއެލްގެ ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި
ބީއެމްއެލްގެ ޑައިރެކްޓަރަކަށް އިނގިރޭސި ރައްޔިތެއް
މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި
ބީއެމްއެލަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި