16 އޮކްޓޯބަރ 2024
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމަށް އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯކަން ކުރިން ކުރެއްވި މުހައްމަދު ޝަރީފް މިއަދު އައްޔަންކޮށްފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމަށް އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯކަން ކުރިން ކުރެއްވި މުހައްމަދު ޝަރީފް މިއަދު އައްޔަންކޮށްފި އެވެ.
މިއީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ސީއީއޯގެ މަގާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.
ބީއެމްއެލް އިން މިއަދު ބުނީ ސީއީއޯގެ މަސްއޫލިއްޔަތުތަކާ ޝަރީފް ހަވާލުވެ ވަޑައިގަންނަވާނީ މާދަމާ އިން ފެށިގެން ކަމަށާއި އެ މަގާމަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަން ކުރުމަކީ ރާއްޖޭގެ ބޭންކިން ދާއިރާގައި ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
މާލީ ދާއިރާގައި 25 އަހަރު ހިދުމަތް ކުރައްވާފައިވާ ޝަރީފަކީ ބީއެމްއެލްގައި ކުރިން މަސައްކަތް ކުރެއްވިއިރު މުހިންމު ބަދަލުތަކެއް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް އެ ބޭންކުން ބުންޏެވެ. އޭގެ ތެރޭގައި ކޯ ބޭންކިން ސިސްޓަމާއި ކްރެޑިޓް ކާޑާއި ޑެބިޓް ކާޑާއި އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އާއި ސެލްފް ސާވިސް ބޭންކިން ތައާރަފް ކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އިނގިރޭސި ވިލާތުން އެމްބީއޭ ހާސިލް ކުރައްވާފައިވާ ޝަރީފް ބީއެމްއެލްގައި ހިދުމަތް ކުރެއްވުމަށް ފަހު، އޭނާ ވަކިވެވަޑައިގަތީ 2020 ގަ އެވެ. އޭގެ ފަހުން މިހާތަނަށް މަސައްކަތް ކުރެއްވީ ޕްރައިވެޓް ސެކްޓާގައި އެގްޒެކެޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގަ އެވެ.
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް މި އައްޔަންކުރީ، އެންމެ ފަހުން އެ މަގާމުގައި ހުންނެވި ކާލް ސްޓުމްކާ މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. ސައުތު އެފްރިކާ އަށް ނިސްބަތްވާ ކާލް ސްޓުމްކާ ބީއެމްއެލްގެ ހިންގުމާ ހަވާލުވެވަޑައިގަތީ އޮކްޓޫބަރު 2022 ގަ އެވެ. އެއީ ބޭންކިން ދާއިރާގެ 35 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް
ބީއެމްއެލްގެ ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި
ބީއެމްއެލްގެ ޑައިރެކްޓަރަކަށް އިނގިރޭސި ރައްޔިތެއް
މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި
ބީއެމްއެލަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުމާލޭގައި ހުޅުވައިފި
ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަނީ
ދުވާލަކު 200 މީހުންނަށް އެއާޕޯޓުން ޑޮލަރު ވިއްކާ