19 މާޗް 2020
ކޮވިޑް-19 ރޯގާ ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސްތައް މިއަދުން ފެށިގެން އެއް ހަފުތާ އަށް ބަންދުކުރުމާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ދޭ ވަގުތަށް ބަދަލު ގެނެސްފި އެވެ.
ކޮވިޑް-19 ރޯގާ ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސްތައް މިއަދުން ފެށިގެން އެއް ހަފުތާ އަށް ބަންދުކުރުމާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ދޭ ވަގުތަށް ބަދަލު ގެނެސްފި އެވެ.
ސަރުކާރު ބަންދުގައި ބޭންކުތައް ހުޅުވާފައި ހުންނަ ދުވަސްތައް، އެމްއެމްއޭ އިން ވަނީ އިއްޔެ ކަނޑައަޅައި އިއުލާނުކޮށްފަ އެވެ. އެމްއެމްއޭގެ ނިންމުމާ އެއްގޮތަށް ބީއެމްއެލް އިން ވެސް ހިދުމަތްތައް ދޭނީ މިއަދާއި އަންނަ ހަފުތާގެ ހޯމަ އަދި ބުރާސްފަތި ދުވަހު އެވެ.
މި ތިން ދުވަހު ވެސް ހިދުމަތް ދޭނީ ހެނދުނު 9:30 އިން 11:30 އަށެވެ. މި ދުވަސްތަކުގައި ބޭކިން ހިދުމަތްތައް އެ ބޭންކުގެ ހުރިހާ ބްރާންޗަކުން ވެސް ލިބޭނެ އެވެ. އެގޮތުން މެއިން ބްރާންޗާއި ބީއެމްއެލް އިސްލާމިކް ބްރާންޗާއި ވިލިމާލެ ބްރާންޗާއި އެއާޕޯޓު ބްރާންޗާއި ހުޅުމާލެ ބްރާންޗާއި ކަސްޓަމާ ސާވިސް ސެންޓަރުގެ އިތުރުން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ބްރާންޗްތަކާއި އައުޓްލެޓްތަކުން ވެސް ހިދުމަތް ދޭނެ އެވެ.
މި ދުވަސްތަކުގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޗެކް ޑިޕޮސިޓް ކުރުމާއި އިންޓަނޭޝަނަލް ޓްރާންސްފާތަކާއި ލޯކަލް ބޭންކްތަކަށް ޓްރާންސްފާ ކުރުމާއި ޕޭރޯލް ރިކުއެސްޓްތަކާއި ކާޑުގެ ހިދުމަތްތައް ވެސް ލިބޭނެ އެވެ.
މި ހިދުމަތްތައް ދޭ އިރު އެ ދުވަހެއްގެ 10:00 ގެ ކުރިން އެހެން ބޭންކްތަކުން ލިބޭ ޗެކްތައް ހަމަ އެ ދުވަހު ކްލިއާ ކުރެވޭނެ އެވެ. އަދި ލޯކަލް ބޭންކްތަކަށް ފައިސާ ޓްރާންސްފާކުރުމުގައި އެއް ލައްކަ ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ ޖަމާކުރެވޭނީ ދެން އަންނަ މަސައްކަތު ދުވަހަކު އެވެ. ނަމަވެސް އެއް ލައްކަ ރުފިޔާ އަށް ވުރެ މަތީ އަދަދެއް އެ ދުވަހެއްގެ 10:30 ގެ ކުރިން ޓްރާންސްފާ ކުރަން އެދިފައިވާ ނަމަ އެ ދުވަހު ފައިސާ ޖަމާކުރެވޭނެ އެވެ.
މީގެ އިތުރުން އިންޓަނޭޝަނަލް ޓްރާންސްފާ އާއި ޕޭރޯލް ރިކުއެސްޓްތަކަށް ހިދުމަތް ދޭ ދުވަހެއްގެ 11:00 ކުރިން ހިދުމަތަށް ރިކުއެސްޓް ކޮށްފި ނަމަވެސް އެދުވަހުން ދުވަހަށް ހިދުމަތް ދެވޭނެ ކަމަށް ބޭންކުން ބުނެ އެވެ
ބްރާންޗްތަކުން ދޭ ހިދުމަތްތަކުގެ އިތުރުން ބީއެމްއެލްގެ އޭޓީއެމް އަށް އެ ދުވަހެއްގެ 11:30 ގެ ކުރިން ޑިޕޮސިޓް ކުރާ ޗެކްތަކަށް އެ ދުވަހަކު ހިދުމަތް ދެވޭނެ އެވެ. ނަމަވެސް އެހެން ބޭންކްތަކުގެ ޗެކް ކްލިއާ ކުރާނީ ބޭންކަށް ހުށަހަޅާ ދުވަހާ ޖެހިގެން އަންނަ މަސައްކަތު ދުވަހެއްގަ އެވެ.
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް
ބީއެމްއެލްގެ ޑައިރެކްޓަރަކަށް އިނގިރޭސި ރައްޔިތެއް
މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި
ބީއެމްއެލަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުމާލޭގައި ހުޅުވައިފި
ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަނީ
ދުވާލަކު 200 މީހުންނަށް އެއާޕޯޓުން ޑޮލަރު ވިއްކާ