25 އޮކްޓޯބަރ 2019
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ރޭ ބޭއްވި މި ހާއްސަ ހަފްލާގައި އެ ބޭންކަށް 15 އަހަރާއި 20 އަހަރާއި 25 އަހަރާއި 30 އަހަރުގެ އިތުރުން 35 އަހަރު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދިނެވެ. މި އެވޯޑުތައް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ.
މުޅި އެކު، 30 މުވައްޒަފަކަށް މި އެވޯޑު ލިބުނު އިރު، 35 އަހަރު ބީއެމްއެލް އަށް ޚިދުމަތް ކޮށްދީފައިވާ ފާތިމަތު ރަޝީދާ، ހެޑް އޮފް ރިކަވަރީސް އަށް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ.
މީގެ އިތުރުން، އެ ބޭންކަށް 30 އަހަރު ޚިދުމަތް ކޮށްދީފައިވާ އަމްސޫދާ ނައީމާއި އާމިނަތު ނަސީމާއި އައިޝަތު ސަދްނާ އާއި އަބްދުﷲ ޝަމީމަށް ވެސް ހާއްސަ އެވޯޑެއް ދިނެވެ.
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ރޭގެ ހަފްލާގައި ވިދާޅުވީ، އެ ބޭންކަށް މިދިޔަ އަހަރުތަކުގައި މުވައްޒަފުން ކޮށްދީފައިވާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވައި، އެކަން ފާހަގަ ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ބޭންކް އޮފް މޯލްޑިވްސް ގައި ހީވާގިކަމާ އެކު ދިގު މުއްދަތަކަށް މަސައްކަތް ކުރާ މުވައްޒަފުން ދެމެހެއްޓި، މުވައްޒަފުންގެ އަގުވަޒަން ކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ފަޚުރެއް. ތިޔަ ބޭފުޅުން ވަނީ ބޭންކުގައި ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމް ކޮށްދެއްވާފައި،" ބީއެމްއެލްގެ އާ ސީއީއޯ ޓިމް ސޯޔާ ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ ކުންފުންޏެވެ. ބޭންކުގެ 99 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނެވެ. އަދި އެ ތަނުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގު ވަޒަންކޮށް، އެ މީހުންގެ އިޚުލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.
ބީއެމްއެލުން ގެންގުޅޭ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގު ވަޒަން ކުރުމުގެ ގޮތުން "އޭޝިއާސް ބެސްޓް އެމްޕްލޯޔާސް ބްރޭންޑް އެވޯޑް" މި އަހަރުގެ ކުރީކޮޅު އެ ކުންފުންޏަށް ތިން ވަނަ ފަހަރަށް ލިބިފައިވެ އެވެ.
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ލިކުއިޑިޓީ ހަމަޖައްސަން 90 މިލިއަން ހޯދިން: ޓިމް
ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް
ބީއެމްއެލްގެ ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި
ބީއެމްއެލްގެ ޑައިރެކްޓަރަކަށް އިނގިރޭސި ރައްޔިތެއް
މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި
ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާކުރާނަން: ބީއެމްއެލް
ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުމާލޭގައި ހުޅުވައިފި