13 ޖެނުއަރީ 2023
ކިޔަވާ ކުދިންނަށް ބޭރަށް ފައިސާ ފޮނުވުމުގައި ގެނައި ބަދަލުތަކާ ގުޅިގެން ގިނަ ބެލެނިވެރިންގެ ޝަކުވާތައް އެބަހުރި ކަމަށާއި އެހެންވެ އެކަން ހައްލުކޮށްދޭން އެމްއެމްއޭ އާއި ބީއެމްއެލްއާ ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އެދިވަޑައިގަނެފި އެވެ.
ކިޔަވާ ކުދިންނަށް ބޭރަށް ފައިސާ ފޮނުވުމުގައި ގެނައި ބަދަލުތަކާ ގުޅިގެން ގިނަ ބެލެނިވެރިންގެ ޝަކުވާތައް އެބަހުރި ކަމަށާއި އެހެންވެ އެކަން ހައްލުކޮށްދޭން އެމްއެމްއޭ އާއި ބީއެމްއެލްއާ ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އެދިވަޑައިގަނެފި އެވެ.
ބީއެމްއެލްގެ 40 އަހަރީ ދުވަސް ފާހަގަކުރަން ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ބޭންކުން އަބަދުވެސް މަސައްކަތް ކުރަން ވާނީ އާންމުންނަށް ދޭ ހިދުމަތްތައް ލުއި ކޮށްދިނުމަށް ކަމަށެވެ.
"ދާދި ފަހުން ތިޔަބޭފުޅުން އިއުލާނު ކުރެއްވި، ރާއްޖެއިން ބޭރުގައި ކިޔަވާ ސްޓޫޑެންޓުންނަށް ފޮނުވާ ޓީޓީ ލިމިޓް ކުރުމުގައި ކަންބޮޑުވުންތަކެއް ބެލެނިވެރިންގެ އެބައޮތް. އެހެންކަމުން، ސެންޓްރަލް ބޭންކް، އެމްއެމްއޭ އަދި ބޭންކް އޮފް މޯލްޑިވްސް މި ކަމާ ދޭތެރޭގައި ވިސްނަވައި، މި ދެންނެވި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަކީ، ބޭންކުގެ ހިއްސާދާރުންނާއި، ބޭންކުން ހިދުމަތް ހޯއްދަވާ ބޭފުޅުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް،" ބީއެމްއެލްގެ އެންމެ އިސްވެރިން ތިއްބެވި ހަފުލާގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ވަނީ އޭ ލެވެލުން ދަށުގެ ކިޔަވާ ކުދިންގެ ކަންކަން ހަމަޖެއްސުމަށް ދިވެހި ފައިސާ މެދުވެރިކޮށް ބޭރަށް ފައިސާ ނުފޮނުވޭނެ ގޮތް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަދައިފަ އެވެ. އެ ގޮތަށް ނިންމީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އެގޮތަށް ކަނޑައެޅުމުންނެވެ. އެހެންވެ، މިހާރު ޓީޓީ ފޮނުވޭނީ އޭ ލެވެލުން މަތިން ކިޔަވާ ކުދިންނަށެވެ.
އެ ބަދަލާ ގުޅިގެން، ދަށް ގްރޭޑްތަކުގައި ކިޔަވާ ކުދިންނަށް ފައިސާ ފޮނުވަން ޖެހޭނީ ޑޮލަރުންނެވެ. ދަށް ގްރޭޑްތަކުގައި ކިޔަވާ ކުދިންގެ ސްކޫލުތަކުގެ ފީ އާއި ޓިއުޝަން ފީ އާއި ސްކޫލުގެ އެހެނިގެން ހަރަދަށް ބޭނުންވާ ފައިސާ ރާއްޖެ އިން ފޮނުވަން ޖެހޭނީ ވެސް ޑޮލަރުންނެވެ.
ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަނީ
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
"ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ"
ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް
ބީއެމްއެލްގެ ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި
ބީއެމްއެލްގެ ޑައިރެކްޓަރަކަށް އިނގިރޭސި ރައްޔިތެއް
މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި
ބީއެމްއެލަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުމާލޭގައި ހުޅުވައިފި