21 ޑިސެމްބަރ 2020
ކުލިން އާމްދަނީ ލިބޭ އާންމު ފަރުދުންނަށް ދޫކުރާ ލައިފްސްޓައިލް ފައިނޭންސިން އަށް ބީއެލްއެލް އިސްލާމިކުން ހޮޔެ ބަދަލުތަކެއް ގެނެސްފި އެވެ.
ކުލިން އާމްދަނީ ލިބޭ އާންމު ފަރުދުންނަށް ދޫކުރާ ލައިފްސްޓައިލް ފައިނޭންސިން އަށް ބީއެލްއެލް އިސްލާމިކުން ހޮޔެ ބަދަލުތަކެއް ގެނެސްފި އެވެ.
މިއީ ޝަރުއީ ހަމަތަކަށް ފުރިހަމަ އަށް ފެތޭ ގޮތަށް މުރާބަހާ، މުޝާރަކާ، ވަކާލާ އަދި އިޖާރާގެ ދަށުން އެކުލަވައިލާފައިވާ ފެސިލިޓީއެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
މި ބަދަލާ އެކު، ބީއެމްއެލް ލައިފްސްޓައިލް ފައިނޭންސިން އެއްވެސް ރަހުނަކާ ނުލައި 15ރ. ގެ ރޭޓުގައި 25،000ރ. އިން ފެށިގެން 300،000ރ. އާ ހަމައަށް ދޫކާނެ އެވެ. އަދި 300،000ރ. އިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ބޭނުންވާ މީހުންނަށް ރަހުނާ އެކު 12 ޕަސެންޓުގެ ރޭޓަކަށް ކުޑަކޮށްފައިވާ ކަމަށް ބީއެމްއެލް އިސްލާމިކުން ބުނެ އެވެ.
ބީއެމްއެލްގެ ޑިރެކްޓާ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުހައްމަދު ވިދާޅުވީ ކުލީގެ ގޮތުގައި އާމްދަނީ ލިބޭ މީހުންނަށް ހާއްސަކޮށް ދޫކުރާ މި ފެސިލިޓީއަށް ހެޔޮ ބަދަލެއް ގެނެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.
ބީއެމްއެލް އިސްލާމިކްގެ ފައިނޭސިންނަށް އެދެވޭނީ ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް އިން--ފޮޓޯ:ބީއެމްއެލް
"އަޅުގަނޑުމެން މިދަނީ ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯ ރަނގަޅުކޮށް އަދި ޝަރުއީ ހަމަތަކާ އެއްގޮތްވާ ފެސިލިޓީ ބޭނުންވާ ކަސްޓަމަރުން އިތުުރުވަމުންދިޔުމާއެކު، އެންމެ ރަނގަޅު ގޮތްތައް ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ
ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކޮށްފައި ވަނީ އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމަ އަށް ފެތޭ ގޮތުގެ މަތިންނެވެ.
ލައިފްސްޓައިލް ފައިނޭންސިން އަށް އެދެވޭނީ ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗުންނެވެ. އަތޮޅު ތެރެއިން ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެ އެވެ. ބީއެމްއެލް އިސްލާމިކް ލައިފްސްޓައިލް ފައިނޭންސިންއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެ އެވެ.
ބީއެމްއެލްގެ ފުރަތަމަ އިސްލާމިކް ފައިނޭންސް ގެދޮރަށް
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ބީއެމްއެލް އިސްލާމިކުން ވިޔަފާރިތަކަށް ޑެބިޓް ކާޑެއް
ބީއެމްއެލްގެ ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި
ބީއެމްއެލްގެ ޑައިރެކްޓަރަކަށް އިނގިރޭސި ރައްޔިތެއް
ބީއެމްއެލަށް އާ ޗީފް ރިސްކް އޮފިސަރަކާއި ޑައިރެކްޓަރެއް
މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި
ބީއެމްއެލަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި