ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ފުރަތަމަ ފަހަރަށް ރާއްޖެ އިން ބޭރުގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ މިއަދު ވިދާޅުވެއްޖެ އެވެ.
25 ޖެނުއަރީ 2018
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ފުރަތަމަ ފަހަރަށް ރާއްޖެ އިން ބޭރުގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ މިއަދު ވިދާޅުވެއްޖެ އެވެ.
ހޮޓެލް ޖެންގައި ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ ރާއްޖެ އިން ބޭރަށް އެ ބޭންކުގެ ހިދުމަތް ފުޅާކުރުމަކީ ގިނަ ފައިދާތަކެއް ހޯދައި، ރާއްޖޭގައި އިންވެސްޓްކުރަން އިތުރު އާމްދަނީ ވެސް ލިބޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މި ވަގުތު ތައްޔާރުވަމުން މި އަންނަނީ އޭޝިއާގެ ގައުމެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭންކިން ލައިސަންސް އަށް އެދި ހުށަހެޅުމަށް. އަޅުގަނޑުމެންގެ އުއްމީދަކީ މި އަހަރު ނިމުމުގެ ކުރިން ހިދުމަތް ދޭން ފެށުން،" އެންޑްރޫ ވިދާޅުވި އެވެ.
ރާއްޖެ އިން ބޭރުގައި ހުޅުވާ އެ ބްރާންޗާ ބެހޭ އިތުރު ތަފުސީލް ނުދެއްވި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ބީއެމްއެލް އިން ރާއްޖޭން ބޭރުގެ ހުޅުވާ ފުރަތަމަ ބްރާންޗު ހުޅުވާނީ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިހާރު ވެސް ރާއްޖޭގެ 20 އަތޮޅުގައި 34 ބްރާންޗް އަދި 34 ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމުކޮށްފައިވެ އެވެ.
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
"ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ"
ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް
ބީއެމްއެލްގެ ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި
ބީއެމްއެލްގެ ޑައިރެކްޓަރަކަށް އިނގިރޭސި ރައްޔިތެއް
މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި
ބީއެމްއެލަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުމާލޭގައި ހުޅުވައިފި