ބޭންކުން އެއްވެސް ކާޑެއްގެ މައުލޫމާތު ލީކުވެފައި ނުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޭ ބުނެފި އެވެ.
14 ޖޫން 2020
ބޭންކުން އެއްވެސް ކާޑެއްގެ މައުލޫމާތު ލީކުވެފައި ނުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޭ ބުނެފި އެވެ.
ރާއްޖޭގެ ގައުމީ ބޭނުންކުން މިހެން ބުނީ، އެ ބޭންކުގެ ގިނަ އދަދެއްގެ ކާޑުގެ މައުލޫމާތު "ޑާކްވެބް" ގައި ލީކުވެފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ނެރުނު އިއުލާނެއްގަ އެވެ.
ބީއެމްއެލް އިން މައުލޫމާތު ލީކު ނުވި ނަމަވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ތިބި "އީ-ކޮމާސް މާޗެންޓުން" ގެ ފަރާތުން ބައެއް ފަހަރު އެފަދަ މައުލޫމާތު ލީކުވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހު ކާޑުތަކެއްގެ މައުލޫމާތު ހާމަވެފައި ވެދާނެ ކަމަށް ބީއެމްއެލްގެ ކާޑު ޕާޓްނަރަކު، ބޭންކަށް އަންގާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. މީގެ ތެރޭގައި ބޭންކުން ދޫކޮށްފައިވާ ގާތްގަނޑަކަށް 350 ކާޑު ހިމެނެ އެވެ.
މިފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެ އަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް މީގެ އަސަރުކުރެ އެވެ. ނަމަވެސް ބީއެމްއެލް ކަސްޓަމަރުންނަށް މީގެ ސަބަބުން ގެއްލުން ވިޔަ ނުދޭން އެ ބޭންކުން ވަނީ އެ ކާޑުތައް ބްލޮކްކޮށްފަ އެވެ. އާ ކާޑު ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ބީއެމްއެލުން ބުނެ އެވެ.
މާޗެންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ބީއެމްއެލުން ދެ އެވެ.
ބީއެމްއެލް އިން 280،000 ކާޑު ދޫކޮށްފި
ބީއެމްއެލްގެ ކާޑު މެޝިން 4،000 ތަނަކަށް
އޭބީއޭގެ ކޮންފަރެންސް އަންނަ އަހަރު ބާއްވާނީ ރާއްޖޭގައި
މާލީ ދާއިރާ ހަރުދަނާކުރަން ބީއެމްއެލްއިން އެއްބަސްވުމެއް
ހަ މަހުން ބީއެމްއެލް އަށް އެއް ބިލިއަންގެ ފައިދާ
ބީއެމްއެލް ކާޑުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
ވިޔަފާރިތަކުގެ ޓީޓީއަށް ޑޮލަރުދޭ ވަރު އިތުރުކޮށްފި
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ބީއެމްއެލްގެ ކާޑުތަކުން ވިޔަފާރިކުރުމުން ޑިސްކައުންޓްދެނީ
ބީއެމްއެލްއަށް 497 މިލިއަންގެ ފައިދާ