Roadha Mihaaru

ބީއެމްއެލްގެ ކާޑުތަކުން ވިޔަފާރިކުރުމުން ޑިސްކައުންޓް ދެނީ

ވިިޔަފާރި ކުރުމަށް ފަހު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް ބޭނުންކޮށްގެން ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކުމުން ހާއްސަ ޑިސްކައުންޓެއް ލިބޭ ގޮތް ހަދައިފި އެވެ.

ބީއެމްއެލްގެ ކާޑުތަކުން ވިޔަފާރިކުރުމުން ޑިސްކައުންޓްދެނީ

ވިިޔަފާރި ކުރުމަށް ފަހު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް ބޭނުންކޮށްގެން ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކުމުން ހާއްސަ ޑިސްކައުންޓެއް ލިބޭ ގޮތް ހަދައިފި އެވެ.

ބީއެމްއެލުން މިއަދު ބުނީ އެ ބޭންކުގެ "އޯފާ ޕޯޓަލް" ގައި ހިމެނޭ ތަފާތު އެކި ތަންތަނުން ވިޔަފާރި ކުރުމަށް ފަހު، ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން 45 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ބީއެމްއެލުން ބުނި ގޮތުގައި ޑިސްކައުންޓް ލިބޭ ތަންތަނުގެ ތެރޭގައި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކް ފިހާރަތަކާއި ފަރުނީޗަރު ވިއްކާ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ހިމެނެ އެވެ. އެތަންތަނުގެ މައުލޫމާތު https://offers.merchants.bankofmaldives.com.mv/ އިން ލިބޭނެ އެވެ.

ބީއެމްއެލްގެ ޕޯޓަލްގައިވާ ގޮތުން 40 އަށް ވުރެ ގިނަ ތަންތަނުން އެ ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭނެ އެވެ.