ބީއެމްއެލްގެ ކްރެޑިޓް ކާޑުތައް ބޭނުން ކޮށްގެން ރާއްޖެ އިން ބޭރުގެ މުއާމަލާތުތައް ހިންގޭ ލިމިޓު މިއަދުން ފެށިގެން 500 ޑޮލަރަށް ބޮޑުކޮށްފި އެވެ.
17 ޖުލައި 2021
ބީއެމްއެލްގެ ކްރެޑިޓް ކާޑުތައް ބޭނުން ކޮށްގެން ރާއްޖެ އިން ބޭރުގެ މުއާމަލާތުތައް ހިންގޭ ލިމިޓު މިއަދުން ފެށިގެން 500 ޑޮލަރަށް ބޮޑުކޮށްފި އެވެ.
އެ ބޭންކުން ވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރާއްޖެ އިން ބޭރުގައި ކްރެޑިޓް ކާޑުގެ ލިމިޓު މަހަކު 200 ޑޮލަރަށް ކުޑަކޮށްފަ އެވެ. މިއީ ރާއްޖެ އިން ބޭރުވާ ޑޮލަރުގެ އަދަދު މަދުކުރުނަށް ބީއެމްއެލުން އެޅި ފިޔަވަޅެކެވެ.
މިއަދު ގެނައި ބަދަލާއެކު، ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ބޭރުގެ މުއާމާލާތުތައް ހިންގަން ކޮންމެ މަހަކު 500 ޑޮލަރު ބޭނުން ކުރެވޭނެ އެވެ.
ބީއެމްއެލުން ބުނީ، އެ ބޭންކުގެ ކާޑުގެ ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރު ވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެ ކަމަށެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާ ނަމަ ކަސްޓަމަރުންނަށް ދުވާލަކު 3،000 ޑޮލަރާ ހަމައަށް ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ބީއެމްއެލްގެ ކަސްޓަމަރުންނަށް މިހާރެކޭ ވެސް އެއްގޮތަށް ކޮންމެ ކާޑަކުން، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެވެ. އަދި ބޭސްފަރުވާ އާއި ތައުލީމާ ގުޅުން ހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާއިރު، ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅޭނެ އެވެ.
ބޭންކުން ބުނިގޮތުގައި، ހާލަތަށް އަންނަމުންދާ ބަދަލުތައް ބަލައި ކުރިމަގުގައި ވެސް އިތުރު ބަދަލުތައް ގެންނާނެ އެވެ.
ބީއެމްއެލްގެ އާ ކާޑު: ދައްކުވައިދެނީ ރާއްޖޭގެ ރީތިކަން
ބީއެމްއެލުން އެމެކްސްގެ ޕްލެޓިނަމް ކާޑު ތައާރަފްކޮށްފި
ބީއެމްއެލް އިން 280،000 ކާޑު ދޫކޮށްފި
ބީއެމްއެލް: މަތީ ފަންތީގެ ބޭންކުތަކާ އެއްހަމައެއްގައި
ހއ. އާއި ދ.ގެ އޭޓީއެމުން 25 މިލިއަން ޖަމާކުރި
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް
ބީއެމްއެލްގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެނީ
ބީއެމްއެލް މާސްޓަކާޑު ބޭނުންކޮށްގެން ލަންކާ ފެޝަން ވީކަށް
އަންގާރައިން ފެށިގެން 5 ދުވަހަށް ބީއެމްއެލް ބަންދު
އެމެކްސްއާ އެކު އޮތީ ބަދަހި ގުޅުމެއް: ޝަރީފު