Roadha Mihaaru
ބީއެމްއެލްގެ އާ ކާޑު: ދައްކުވައިދެނީ ރާއްޖޭގެ ރީތިކަން

ބީއެމްއެލްގެ އާ ކާޑުތައް: ދައްކުވައިދެނީ ރެދަނާއި މުރަކައިގެ ރީތިކަން

18 އޮކްޓޯބަރ 2023

ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް އަދި ރީސައިކަލްކޮށްފައިވާ މެޓީރިއަލްގައި ޕްރިންޓް ކޮށްފައިވާ އާ ކާޑުތަކެއް ބީއެމްއެލް އިން މިއަދު ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް އަދި ރީސައިކަލްކޮށްފައިވާ މެޓީރިއަލްގައި ޕްރިންޓް ކޮށްފައިވާ އާ ކާޑުތަކެއް ބީއެމްއެލް އިން މިއަދު ތައާރަފްކޮށްފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނަ މި ކާޑުތަކުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކަސްޓަމަރުން ހޭލުންތެރިކޮށް އަތި ތިމާވެށި ހިމާޔަތް ކުރުމަށް ހިތްވަރު ދެވޭނެ ކަމަށެވެ.

ރެދަން ފެންނަ ވިސާ ކާޑުތަކެއް. އާ ކާޑުތަކުން ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނާނެ-- ފޮޓޯ: ބީއެމްއެލް

ރެދަން ފެންނަ ވިސާ ކާޑުތަކެއް. އާ ކާޑުތަކުން ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނާނެ-- ފޮޓޯ: ބީއެމްއެލް

"އަލަށް ތައާރަފްކުރި ކާޑުތައް އުފައްދާފައި ވަނީ ރީސައިކަލް ޕްލާސްޓިކްގައި. މިއީ ވިޔަފާރީގައި ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ކާޑުތަކަކީ ހަމައެކަނި ބަލާލަން ރީތިކާޑުތަކެއް ނޫން. މިއީ ދުނިޔޭގެ ތިމާވެއްޓަށް ރައްކާތެރި ކާޑުތަކެއް." އޭނާ ވިދާޅުވި އެވެ.

އަލަށް ތައާރަފްކުރި ކާޑުތަކުގައި، ރާއްޖޭގެ ފޮޓޯގްރާފަރުން ނަގާފައިވާ ފޮޓޯތަކުން ދައްކުވައިދެނީ ރާއްޖޭގެ ރަށްތަކުން ފެންނަ ރެދަނާއި މުރަކައިގެ ތަފާތު ރީތި މަންޒަރުތައް ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ރާއްޖޭގެ ގޮނޑުދޮށަށް ބީއްސާލާ ރާޅާއި މޫދު މަންޒަރުތައް ވެސް ކާޑުގައި ހިމަނާފައިވެ އެވެ.

އާ ޑިޒައިންތަކަކީ ބޭންކުގެ ވިސާ އަދި މާސްޓަކާޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑަށް ތައާރަފްކުރި ޑިޒައިންތަކެކެވެ. ބީއެމްއެލްގެ ވިސާ ކްރެޑިޓް ގޯލްޑް ކާޑާއެކު އަލަށް ތައާރަފްކުރި މި ކާޑުތައް މިއަދުން ފެށިގެން ދޫކުރާނެ އެވެ.