އަލް ފަތުހު ހައްޖު ގްރޫޕްގެ ހަވާލުގައި ހައްޖަށް ދިއުމަށް ދެއްކި ފައިސާ އަނބުރާ ނުލިބި، އާއިލާއެއް ގޮތް ހުސްވެއްޖެ އެވެ.
20 ނޮވެމްބަރ 2022
އަލް ފަތުހު ހައްޖު ގްރޫޕްގެ ހަވާލުގައި ހައްޖަށް ދިއުމަށް ދެއްކި ފައިސާ އަނބުރާ ނުލިބި، އާއިލާއެއް ގޮތް ހުސްވެއްޖެ އެވެ.
ތ. އޮމަދޫ ޒާކިރާ އަބްދުލް ރަހުމާނާއި އޭނާގެ ފިރިމީހާ، އަހުމަދު ރިޒާ އާދަމް ހައްޖަށް ދިއުމަށް ކޮންމެ މީހެއްގެ މައްޗަށް 75،000ރ. އާއެކު އެއް ފަހަރާ 150،000ރ. ދެއްކީ 2014 ވަނަ އަހަރެވެ. ނަމަވެސް، ފަތުހު ގްރޫޕްގެ ހަވާލުގައި ހައްޖަށް ދިއުމަށް ދެއްކި ފައިސާ ވެސް އަނބުރާ ނުލިބި އަދި އެ މައްސަލައިގައި ކުރިއެރުމެއް ނުލިބެ އެވެ.
އެކަމާ ގުޅިގެން ރިޒާގެ ގެ ދަރިފުޅު، ސުއާދު އަހުމަދު "މިހާރު" އަށް މިއަދު ބުނީ ހައްޖަށް ދާން ފައިސާ އެއްކުރެވުނީ ބައްޕަ 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކޮންސްޓްރަކްޝަން މަސައްކަތް ކޮށްގެން ކަމަށެވެ.
އެހާ ބުރަ މަސައްކަތުން އެއްކުރެވުނު ފައިސާ، ބައެއްގެ މަކަރުން ގެއްލިގެން ދިއުމަކީ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށް އޭނާ ބުންޏެވެ. އެކަމަކު، އާއިލާގެ އެހީތެރިކަމާއެކު އެ ދެމަފިރިން ވަނީ 2016 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ.
އެ މައްސަލައިގައި ދައުލަތުން ވަނީ ފަތުހު ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް މަކަރާ ހީލަތުގެ ދައުވާ ކޮށްފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން 2018 ވަނަ އަހަރު ހުކުމްކުރި އެވެ.
އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ފަހުން އެންގި އެވެ.
ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ފެށިފައި އޮތީ. އެކަމަކު، އޭގައި ވެސް އަދި އެއްވެސް ގޮތަކަށް ނުނިމޭ. -- ސުއާދު ބުންޏެވެ.
އެ މައްސަލައިގައި އިންސާފު ހޯދުމަށް ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ގެ އެހީގައި އެ އާއިލާއިން ވަނީ 2019 ވަނަ އަހަރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ޖެހިގެން އައި އަހަރު އެ ކޯޓުން ވަނީ އެއް މަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ދެއްކުމަށް އެ ކުންފުނީގެ މައްޗަށް އަމުރުކޮށްފަ އެވެ. ފަތުހު ގްރޫޕުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއިދުކޮށްފަ އެވެ.
އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިއިރު ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަނާޅަ އެވެ.
ފަތުހު ޖަމާއަތުގެ ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވީ؛
- މުސްތަފާ މުހައްމަދު ދީދީ
- މަރިޔަމް ރަޝީދާ އިބްރާހިމް
- މުހައްމަދު އަސްލަމް
- އިސްމާއިލް ސުވެއިދު
އެ އަހަރު އެ ޖަމާއަތަށް 197 މީހަކު ވަނީ ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކައިފަ އެވެ. އޭގެ ތެރެއިން އެ އަހަރު ސަރުކާރުން ވަނީ 125 މީހަކު ހައްޖަށް ފޮނުވައިފަ އެވެ. ނަމަވެސް ބާކީ ތިބި 73 މީހުން ހައްޖަށް ފޮނުވޭ ގޮތެއް ނުވި އެވެ.
ސުއާދު ބުނީ އެ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ވެސް ހުށަހެޅި ކަމަށެވެ. އެކަމަކު، އެ އޮފީހަށް ހުށަހަޅައިގެން ވެސް އިންސާފު ލިބޭނެ ކަމުގެ އަލި މަގެއް ނުފެންނަ ކަމަށް ބުންޏެވެ.
"އިނީޝިއަލް މީޓިން އެއް ބާއްވާފައި އެއްވެސް ގޮތަކަށް ކުރިއަށް ދާ ގޮތަކަށް ނޫން އޮތީ. އިންސާފު ހޯދައިދޭ ގޮތަކަށް ނޫން ދަނީކީ،" ސުއާދު ބުންޏެވެ.
އެ ފައިސާ ހޯދުމަށް މަންމަ އާއި ބައްޕަ އެދޭތީ، ފަތުހު ގްރޫޕުގެ އޮފީހަށް ވަރަށް ގިނައިން ގުޅި އެވެ. މާދަމާ ނޫނީ ވަރަށް އަވަހަށް އެ ފައިސާ ދޭނެ ކަމަށް ބުންޏަސް އެކަމެއް ނުވި އެވެ.
"ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ފެށިފައި އޮތީ. އެކަމަކު، އޭގައި ވެސް އަދި އެއްވެސް ގޮތަކަށް ނުނިމޭ،" މާޔޫސްވެ ހުރެ، ސުއާދު ބުންޏެވެ.
ގަވާއިދާ ހިލާފަށް ހައްޖުގެ ފުރުސަތެއް ނުދެން: ޝަހީމް
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދެނީ
ހައްޖު ކޯޓާގެ ބާކީ 130 ޖާގައި ތަފުސީލެއް ނުދިން!
ހައްޖު ކޯޓާގެ 870 ޖާގަ ކޯޕަރޭޝަނާއި ގުރޫޕުތަކަށް
އެނގި ތިބެ އުސޫލާ ހިލާފުވާން މަގުފަހި ކުރަނީ!
ހައްޖު ކޯޓާ 2،500 އަށް އިތުރުކޮށްދޭން އެދިއްޖެ
ހައްޖަށް ގެންދިއުމަށް އިތުރު ކޯޓާ އަދި ހަމައެއްނުޖެހޭ
މިއަހަރު ރާއްޖެ އަށް ލިބެނީ 453 ހައްޖު ކޯޓާ