ސައުދީ ސަރުކާރުން މި އަހަރު ރާއްޖެ އަށް ދިން ހައްޖު ކޯޓާގެ 1،000 ޖާގައިގެ ތެރެއިން ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކަށް ކޯޓާ ކަނޑައެޅުމަށް ފަހު ބާކީވާ 130 ޖާގާ ބޭނުންކުރާނެ ގޮތުގެ ތަފްސީލު ދޭން އިސްލާމިކް މިނިސްޓްރީން މިއަދު އިންކާރުކޮށްފި އެވެ.
10 މެއި 2023
ސައުދީ ސަރުކާރުން މި އަހަރު ރާއްޖެ އަށް ދިން ހައްޖު ކޯޓާގެ 1،000 ޖާގައިގެ ތެރެއިން ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކަށް ކޯޓާ ކަނޑައެޅުމަށް ފަހު ބާކީވާ 130 ޖާގާ ބޭނުންކުރާނެ ގޮތުގެ ތަފްސީލު ދޭން އިސްލާމިކް މިނިސްޓްރީން މިއަދު އިންކާރުކޮށްފި އެވެ.
ރާއްޖެ އަށް ލިބުނު ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ތިން ގުރޫޕަށް 870 ޖާގަ ވަނީ ދީފަ އެވެ. އެންމެ ގިނައިން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އެއީ 600 ޖާގަ އެވެ.
މި އަހަރު ހައްޖަށް މީހުން ގެންދަން ސަރުކާރުން ހުއްދަ ދިން އަމިއްލަ ތިން ކުންފުންޏަކީ އަލް މަނާސިކް، ސިސިލްފަރު އަދި އަލް ހަރަމައިން އަށެވެ. އެ އިން ކޮންމެ ގްރޫޕަކަށް ދިނީ 90 ކޯޓާ އެވެ. މި ތިން ކުންފުންޏަށް ޖުމްލަ 270 ޖާގަ ދިނީ ޑޮކްޓަރުންނާއި އެހީތެރިން ވެސް ހިމެނޭ ގޮތަށެވެ. މި ކޯޓާތައް ކަނޑައެޅުމަށް ފަހު ބާކީވާ 130 ޖާގަ ބޭނުންކުރާނީ ކޮން ގޮތަކަށްތޯ އެހުމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެކަމުގެ ތަފްސީލެއް އަދި ނެތް ކަމަށެވެ. އެ 130 ކޯޓާ އާ މެދު ގޮތެއް ކަނޑައެޅި ކަމެއް ވެސް އޮފިޝަލް ވިދާޅެއް ނުވި އެވެ.
ހައްޖުގެ އަޅުކަމަށް، މީގެ ކުރިން ރާއްޖޭގެ ހައްޖުވެރިން ކުރި ދަތުރެއްގެ ތެރެއިން: ހައްޖު ކޯޓާގެ 870 ޖާގަ ބެހީ ހައްޖު ކޯޕަރޭޝަނާއި ޕްރައިވެޓް ތިން ކުންފުންޏަށް --- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދަން އަމިއްލަ ތިން ގުރޫޕެއް ހޮވީ އިސްލާމިކް މިނިސްޓްރީން ބޭނުންވި ގޮތަށް އެންމެ ކުޑަ އަގެއް ހުށަހެޅީ ތިން ކުންފުންޏަށް ވާތީ އެވެ.
- ލިބުނީ 1،000 ކޯޓާ. - ހައްޖު ކޯޕަރޭޝަނަށް 600 ކޯޓާ.
- އަމިއްލަ ތިން ކުންފުންޏަށް 270 ކޯޓާ (ކޮންމެ ކުންފުންޏަކަށް 90)
- ބާކީ 130 ޖާގަ ބަހާ ގޮތެއް އަދި ނޭނގޭ.
ހައްޖުގެ އަޅުކަމަށް، މީގެ ކުރިން ރާއްޖޭގެ ހައްޖުވެރިން ކުރި ދަތުރެއްގެ ތެރެއިން: ބިޑް ކާމިޔާބު ކުރުމަށް ކުޑަ އަގެއް ހުށަހެޅި ނަމަވެސް ކުންފުނިތަކުން ދަނީ ބޮޑު އަގެއް ހުށަހަޅައިގެން --- ފޮޓޯ: ހައްޖު ކޯޕަރޭޝަން
- އަލްހަރަމައިން 75،250ރ
- ސިސިލްފަރު 75،465ރ.
- އަލްމަނާސިކް 75،000ރ.
ނަމަވެސް، ހުށަހެޅި އަގަށް ވުރެ ބޮޑު އަގެއް ބައެއް ގުރޫޕުން ނަގާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ކޮންމެ ބޮލަކަށް 123،360ރ އެ ގުރޫޕްތަކުން ކިޔާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. ބައެއް މީހުންގެ އަތުން އެ އަށް ވުރެ ބޮޑު އަގެއް ވެސް ނަގާ ކަމަށް ވެ އެވެ.
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދެނީ
ހައްޖު ކޯޓާގެ 870 ޖާގަ ކޯޕަރޭޝަނާއި ގުރޫޕުތަކަށް
އެނގި ތިބެ އުސޫލާ ހިލާފުވާން މަގުފަހި ކުރަނީ!
ހައްޖަށް ގެންދިއުމަށް އިތުރު ކޯޓާ އަދި ހަމައެއްނުޖެހޭ
ދެ ވަނަ ކޯޓާއިން ހައްޖު ކޯޕަރޭޝަނަށް 500 ޖާގަ
ހައްޖު ކޯޓާ ރިޒާވްކުރީ އޭސީސީގެ އެންގުމާ ޚިލާފަށް!
މިދިއަ އަހަރުގެ 1000 ހައްޖު ކޯޓާ ޕީޕީއެމަށް ބަހާލި
ހައްޖަށް ގެންދާ އަގު ހަމަޔަކަށް އަޅުވާނަން: ފައިސަލް
މައްކާގައި ހާލުގައި ޖެހުނު ދިވެހިންގެ މައްސަލަ ހުށަނާޅާ