01 ޖުލައި 2019
އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ނަގާ ހައްޖު ކޯޓާތަކާ މެދު އަމަލުކުރާނެ އުސޫލެއް އާންމުނުކޮށް ޖާގަތައް ނުނަގަން އޭސީސީން އަންގާފައިވަނިކޮށް، އެ އުސޫލު އާއްމު ނުކޮށް މި އަހަރު ވެސް 80 ޖާގަ ރިޒާވްކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ނަގާ ހައްޖު ކޯޓާތަކާ މެދު އަމަލުކުރާނެ އުސޫލެއް އާންމުނުކޮށް ޖާގަތައް ނުނަގަން އޭސީސީން އަންގާފައިވަނިކޮށް، އެ އުސޫލު އާއްމު ނުކޮށް މި އަހަރު ވެސް 80 ޖާގަ ރިޒާވްކޮށްފި އެވެ.
ހައްޖަށް މީހުން ގެންދިއުމާ ގުޅޭ އުސޫލުގައި އޮންނަ ގޮތުން ރާއްޖެ އަށް ކަނޑައަޅާ ކޯޓާގެ ތެރެއިން 50 ޕަސެންޓް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދޭން ޖެހޭ އިރު އޭގެ ތެރެއިން އިސްލާމިކް މިނިސްޓަރު ބޭނުންވާ އަދަދަކަށް ޖާގަ ރިޒާވްކުރެ އެވެ. މިއީ، ކޮރަޕްޝަނަށް މަގުފަހިވާ އަދި ހައްޖުގެ އަޅުކަން އަދާކުރަން ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައި ދިގު އިންތިޒާރުގައި ތިބޭ ގިނަ ބައެއްގެ ހައްގު ގެއްލޭ ކަމަކަށް ވާތީ ޖާގަ ރިޒާވްކުރާ ގޮތުގެ އުސޫލެއް އެކުލަވާލައި އާއްމުކުރަން އޭސީސީން އޮތީ އަންގައިފަ އެވެ.
އެކަމަކު މި އަހަރު ވެސް އިސްލާމިކް މިނިސްޓްރީން 80 ޖާގަ ރިޒާވްކުރީ އެ އުސޫލު އާއްމު ނުކޮށެވެ. ހައްޖު ކޯޕަރޭޝަނަށް މި އަހަރު ކަނޑައެޅި 580 ޖާގައިގެ ތެރެއިން 80 ޖާގަ މިނިސްޓްރީން ރިޒާވްކުރީ ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުންނެވެ.
އެ އުސޫލުގައި އޮންނަނީ ރާއްޖެ އަށް ލިބޭ ކޯޓާގެ 50 ޕަސެންޓް ހައްޖު ކޯޕަރޭޝަނަށް ދޭން ވާނެ ކަމަށެވެ. އެއީ މިނިސްޓްރީގެ ބޭނުމަށް ރިޒާވްކުރާ ކޯޓާ ވެސް ހިމަނައިގެންނެވެ. ހައްޖު ކޯޕަރޭޝަނަށް ދޭނެ މިންވަރު ކަނޑައަޅާނީ އެ އުސޫލުގައިވާ ގޮތުން މިނިސްޓަރެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ މިއަދު ވިދާޅުވީ އޭސީސީން އެންގި ގޮތަށް އެ މިނިސްޓްރީން މިހާރު ވަނީ ޖާގަ ރިޒާވްކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައިފަ އެވެ. އެ އުސޫލު ލިބިދާނެތޯ ދެންނެވުމުން ވިދާޅުވީ އަދި އާއްމު ނުކުރާ ކަމަށެވެ.
"މިނިސްޓްރީގެ އެތެރޭގައި އެ އުސޫލު ޑޮކިއުމެންޓް ކުރެވި އެ އަށް އަމަލުކުރަމުން އަންނަނީ،" ޝާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 80 ޖާގަ މިނިސްޓްރީން ރިޒާވްކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭނުމަށެވެ. އެ ކުންފުނިތަކުން ހައްޖަށް ފޮނުވާ މީހުންނަށް ޖާގަ ހަމަަޖައްސައިދޭން ރަސްމީކޮށް އެދިފައި އޮތުމުން ކަމަށް ވިދާޅުވި އެވެ.
"އެއީ ޒަމާނުއްސުރެން އަމަލުކުރަމުން އަންނަ ގޮތެއް، ކުންފުނިތަކުގެ މުވައްޒަފުން ހައްޖަށް ފޮނުވުމަކީ. އެ ޖާގަތައް މިނިސްޓްރީން ރިޒާވްކުރީ،" ޝާފިއު ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވީ މިނިސްޓްރީން ރިޒާވްކުރާ އަދަދު މަދުކުރަން އޭސީސީގެ އެންގުމާ އެއްގޮތަށް އެ މިނިސްޓްރީން އޮތީ އަމަލުކޮށްފައި ކަަމަށެވެ. އެހެން ސަރުކާރުތަކަށް ވުރެ މި ފަހަރު އިސްލާމިކް މިނިސްޓްރީން ރިޒާވްކުރި އަދަދު މަދު ކަން އޭނާ ފާހަގަކުރެއްވި އެވެ.
ކުރީގެ ސަރުކާރުތަކުގައި ރިޒާވްކުރި ކޯޓާ ދޫކޮށްފައި ވަނީ ސަރުކާރުގެ ނުފޫޒުގަދަ މީހުންނަށެވެ. އޭގެތެރޭގައި ގިނައީ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުންފުނިތަކުގެ އިސް ބޭފުޅުންނެވެ.
މިކަމަށް ހައްލެއް ހޯދެން އޮތީ އޭސީސީގެ ރިޕޯޓުގައިވާ ގޮތުން މިނިސްޓްރީން ރިޒާވްކުރާ ޖާގަ އިން ހައްޖަށް ފޮނުވަނީ ކޮން ބައެއް ކަމާއި އެ ކޯޓާއާ މެދު އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލައިގެންނެވެ.
އޭސީސީން ލަފާ ދީފައި އޮތީ މިނިސްޓްރީގެ ބޭނުމަށް ކޯޓާ ރިޒާވްކުރާ ނަމަ އެ އަދަދަކީ ހައްޖު ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ ތެރެއަށް އިތުރުކޮށްދެވޭ އަދަދެއް ކަމުގައި ހަމަޖެއްސުމަށެވެ. ދައުލަތުގެ ބޭނުމަށް ރިޒާވްކުރާ ކޯޓާ އަށް ބޭނުންވާނެ މިންވަރެއް ދުރާލައި ކަނޑައެޅުމާއި އެ ކޯޓާ އިން ފުރުސަތު ދެވޭނެ ފަރާތްތަކާއި ދޭނެ ގޮތްތައް ކަނޑައެޅުމަށް ހަރުދަނާ އުސޫލެއް އެކުލަވާލައި އާއްމުކުރަން ވެސް އޭސީސީން އޮތީ ލަފާ ދީފަ އެވެ.
ހައްޖު ކޯޓާ ދިން ގޮތުން އޭސީސީ އަނެއްކާ ކަންބޮޑުވެއްޖެ
ހައްޖު ކޯޓާގެ 870 ޖާގަ ކޯޕަރޭޝަނާއި ގުރޫޕުތަކަށް
ދެ ވަނަ ކޯޓާއިން ހައްޖު ކޯޕަރޭޝަނަށް 500 ޖާގަ
ހައްޖަށް ގެންދާ އަގު ހަމަޔަކަށް އަޅުވާނަން: ފައިސަލް
މިފަހަރު ވެސް އޮޅުވާލުން، މިއީ ދެން ބޮޑުވަރު!
"ހައްޖުގެ ކަންކަން ކުރިއަށްގެންދާނީ ތަހުގީގަށް ފަހު"
ހައްޖަށް ގެންދިޔުމަށް ހަ ކުންފުންޏަކަށް ހުއްދަ ދީފި
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދެނީ
ދިވެހި ހައްޖުވެރިން ފުރަންފަށާނީ އަންނަ މަހު 12 ގައި