Roadha Mihaaru
ހައްޖަށް ގެންދިޔުމަށް ހަ ކުންފުންޏަކަށް ހުއްދަ ދީފި

ހައްޖަށް ގެންދިޔުމަށް ހަ ކުންފުންޏަކަށް ހުއްދަ ދީފި

18 މެއި 2017

މި އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމަށް ހަ ކުންފުންޏަކަށް ހުއްދަ ދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމަށް ހަ ކުންފުންޏަކަށް ހުއްދަ ދީފި އެވެ.

އިސްލާމިކް މިނިސްޓްރީން ގެޒެޓުކޮށްފައިވާ ގޮތުގައި ހުއްދަ ދީފައިވާ ހުއްދަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނުގެ އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕް، ޒައީ ހައްޖު ގުރޫޕް، ދަރުމަ ލިލް ހައްޖި، އަލް ހަރަމައިން އަދި ކިސްވާ ގުރޫޕަށެވެ.

ހައްޖަށް މީހުން ގެންދިޔުމަށް ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން 50 ޕަސެންޓް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި އަނެއް ފަސް ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންނަކަށް ވެސް ދީފައިވަނީ 100 ޖާގަ އެވެ.

ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި 16 ކުންފުންޏަކުން ހުށަހެޅި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ކުންފުނިތަކަށް ހުއްދަ ދީފައިވަނީ އެ ކަމަށް ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ފަހު، އެންމެ މަތިން މާކްސް ލިބުނު ކުންފުނިތަކަށެވެ.

މިދިޔަ އަހަރު ފަސް ކުންފުންޏަކަށް ހުއްދަ ދިން އިރު ކޮންމެ ކުންފުންޏަކަށް ދިނީ 200 ޖާގަ އެވެ.

ސައޫދީ ސަރުކާރުން ރަސްމީކޮށް ރާއްޖެއަށް ދެނީ އަހަރަކަށް 1،000 މީހުންގެ ކޯޓާ އެވެ. އެކަމަކު ސައުދީ ރަސްގެފާނުގެ ހާއްސަ އިނާޔަތުގެ ދަށުން ދެއްވާ އިތުރު 1،000 ކޯޓާއާ އެކު އަހަރަކު ޖުމްލަ 2،000 ކޯޓާ ރާއްޖެއަށް ދެމުން އަންނަތާ ފަސް އަހަރު ވެއްޖެ އެވެ.