މި އަހަރު ދިވެހިން ހައްޖަށް ގެންދިޔުމަށް ރާއްޖެ އަށް 453 ކޯޓާ ސައުދީ އަރަބިއްޔާއިން ދީފި އެވެ.
22 އެޕްރީލް 2022
މި އަހަރު ދިވެހިން ހައްޖަށް ގެންދިޔުމަށް ރާއްޖެ އަށް 453 ކޯޓާ ސައުދީ އަރަބިއްޔާއިން ދީފި އެވެ.
މަސްޖިދުލް ހަރަމްގެ ޓުވިޓާ އެކައުންޓްގައި މިއަދު ވަނީ މި އަހަރު އެކި ގައުމުތަކުން ހައްޖަށް މީހުން ގެންދިއުމަށް ކަނޑައަޅާފައިވާ ކޯޓާގެ ލިސްޓެއް އާންމުކޮށްފަ އެވެ. މި އަހަރު ހައްޖަށް ގެންދާ މީހުންގެ 85 ޕަސެންޓަކީ ބޭރު ގައުމުތަކުގެ މީހުން ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ހައްޖަށް މީހުން ގެންދިއުމަށް މިއީ ރާއްޖެ އަށް އެހާ މަދުން ކޯޓާ ލިބުނު ފުރަތަމަ ފަހަރެވެ.
ކޮވިޑުން ރައްކާތެރިވުމަށް ސައުދީ ސަރުކާރުން އެޅި ފިޔަވަޅުތައް އުވާލުމަށް ފަހު، މި އަހަރުގެ ހައްޖުގައި ބައިވެރިކުރާނެ މީހުންގެ އަދަދަކީ އެއް މިލިއަން ކަމަށް ވެސް އެ ގައުމުން ވަނީ އިއުލާންކޮށްފަ އެވެ. ރާއްޖެ އާއި އެހެން ގައުމުތަކަށް ވެސް މިފަހަރު ކޯޓާ މަދުން ލިބުނީ އެހެންވެ ކަމަށް ބެލެވެ އެވެ.
Hajj quota for each country! pic.twitter.com/CudutGQjK7
— The Holy Mosque's (@theholymosques) April 22, 2022
އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް މިރޭ "މިހާރު" އަށް ވިދާޅުވީ، މި އަހަރު ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާގެ އަދަދު ރަސްމީކޮށް ސައުދީން ދިވެހި ސަރުކާރަށް އަދި އަންގާފައި ނުވާ ކަމަށެވެ.
"ރަސްމީކޮށް އެކަން ސާފުވީހާ އަވަހަކަށް ހާމަކުރާނަން،" އޮފިޝަލް ވިދާޅުވި އެވެ.
ކޯވިޑްގެ ކުރިން ސައުދީން އާންމުކޮށް ރާއްޖެ އަށް ދެމުން އައީ އަހަރަކު 1000 ކޯޓާ އެވެ. އަދި ބައެއް ފަހަރު އެ އަދަދަށް ވުރެ އިތުރަށް ވެސް ކޯޓާ ދީފައިވެ އެވެ.
އެ ލިސްޓުގައިވާ ގޮތުން މި އަހަރު އެންމެ ގިނައިން ކޯޓާ ދެނީ އިންޑޮނޭޝިއާ އަށެވެ. އެ ގައުމަށް 10،0051 ކޯޓާ ދޭނެ އެވެ. ޕާކިސްތާނަށް 81،132 ކޯޓާ ދޭއިރު، އިންޑިއާ އަށް 79،237 ކޯޓާ ދޭނެ އެވެ. އަދި ބަންގްލަދޭޝް އަށް 57،585 ކޯޓާ ދޭން ނިންމާފައިވެ އެވެ.
މި އަހަރުގެ ހައްޖަށް ދެވެނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ 65 އަހަރުން ދަށުގެ މީހުންނަށް އެކަންޏެވެ. އަދި ބޭރު ގައުމުތަކުން ހައްޖަށް ދާ މީހުން ނެގެޓިވް ޕީސީއާރު ޓެސްޓެއް ވެސް ހުށަހަޅަން ޖެހެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ ޖުލައި ހަތެކެވެ.
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
އެނގި ތިބެ އުސޫލާ ހިލާފުވާން މަގުފަހި ކުރަނީ!
ހައްޖަށް ގެންދިއުމަށް އިތުރު ކޯޓާ އަދި ހަމައެއްނުޖެހޭ
ވަގުތު ނެތިގެން 500 ހައްޖު ކޯޓާ ބާކީވެއްޖެ!
500 ހައްޖު ކޯޓާ އަށް ހަދާ ގޮތެއް އަދިވެސް ނޭނގެ!
500 ހައްޖު ކޯޓާ ކޯޕަރޭޝަަނަށް، ބާކީ ރައީސް އޮފީހަށް
ހައްޖަށް ދާ ބައެއް މީހުން ވިސާ ދައްކަން ޖެހޭނެ
މިފަހަރު ވެސް އޮޅުވާލުން، މިއީ ދެން ބޮޑުވަރު!
ހަރަމައިން ކުންފުނިން ވެސް އިތުރަށް ފައިސާ ނަގަނީ!